Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026 | ހޮނިހިރު 07:00

އެމެރިކާގެ އެއާ ފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސްގެ ދަތުރުފުޅުތަކުގައި ބޭނުން ކުރަން ފެށުމުގެ ކުރިން، ބޯޓަށް ގެނައި ބަދަލުތައް ޓެސްޓު ކުރުމުގެ ގޮތުން "ފައިނަލް އެގްޒާމް" ފްލައިޓް ތަކެއް ކުރިއަށް ގެންދާނެ ކަމަށް. މި ބޯޓަށް ގެނައި ބަދަލު ތަކުގެ ތެރޭގައި ސަލާމަތީ ކަންކަމާއި، މުވާސަލާތީ ނިޒާމާއި، ލޮޖިސްޓިކް ސަޕޯޓުގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 07:00
ޤަތަރުން ހަދިޔާ ކުރި ބޯޓު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ބޯޓުން ފައިބައި ވަޑައިގަންނަވަނީ.

ޤަތަރުން ހަދިޔާ ކުރި ބޯޓު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ބޯޓުން ފައިބައި ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ދަތުރުފުޅު ތަކުގައި ބޭނުންކުރާ "އެއާ ފޯސް ވަން" ފްލީޓަށް ގަތަރު ސަރުކާރުން ހަދިޔާ ކުރި ބޮއިންގް 747-8 މަރުކާގެ ލަގްޒަރީ ޖެޓު ދައްކާލައިފި އެވެ.

މި ބޯޓަކީ މިދިޔަ އަހަރުގެ ތެރޭގައި އެއްވެސް ޝަރުތަކާ ނުލައި ގަތަރުން އެމެރިކާ އަށް ދިން ހަދިޔާ އެކެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން މިހާރު ވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު، ނުވަތަ 300 މިލިއަން ޕައުންޑުގެ އަގުހުރި މި ޖަމްބޯ ޖެޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިންމާފައި އެވެ. ހުކުރު ދުވަހު ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބޯޓު ބަދަލު ކޮށްލާފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ މަތީ ފެންވަރުގެ ލަގްޒަރީ "ފްލައިންގް ވައިޓް ހައުސް" އަކަށް ކަމަށެވެ.

އެމެރިކާގެ އެއާ ފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސްގެ ދަތުރުފުޅު ތަކުގައި ބޭނުން ކުރަން ފެށުމުގެ ކުރިން، ބޯޓަށް ގެނައި ބަދަލުތައް ޓެސްޓު ކުރުމުގެ ގޮތުން "ފައިނަލް އެގްޒާމް" ފްލައިޓް ތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މި ބޯޓަށް ގެނައި ބަދަލު ތަކުގެ ތެރޭގައި ސަލާމަތީ ކަންކަމާއި، މުވާސަލާތީ ނިޒާމާއި، ލޮޖިސްޓިކް ސަޕޯޓުގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނެ އެވެ. އަދި މިއީ ކުރިން އަމިއްލަ ފަރާތަކުން ބޭނުން ކޮށްފައިވާ ބޯޓަކަށް ވާތީ، އޭގެ ސަބަބުން ކުރިމަތި ވެދާނެ އެންމެހާ ނުރައްކާތައް ނައްތާލާފައިވާ ކަމަށް ވެސް އެއާ ފޯސް އިން ބުނެ އެވެ.

ޤަތަރުން އެމެރިކާ އަށް ހަދިޔާ ކުރި ބޯޓު، އެއާ ފޯސް ވަންގެ ފްލީޓަށް އިތުރު ކުރުމަށް ފަހު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ޤަތަރުން އެމެރިކާ އަށް ހަދިޔާ ކުރި ބޯޓު، އެއާ ފޯސް ވަންގެ ފްލީޓަށް އިތުރު ކުރުމަށް ފަހު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ބޯޓުގެ އެތެރޭގެ ފަރުމާ އަށް މާ ބޮޑު ބަދަލެއް ގެނެސްފައި ނުވި ނަމަވެސް، ބޯޓުގެ ބޭރުގައި ވަނީ ރަތް، ހުދު، ނޫ އަދި ރަން ކުލައިގެ އައު ފަރުމާއެއް ކުރަހާފައި އެވެ. ޤަތަރުގެ ޝާހީ އާއިލާ އިން މި ބޯޓު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް އަށް ހަދިޔާ ކުރީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެވެ.

މި ބޯޓު ހަދިޔާއެއްގެ ގޮތުގައި ގަބޫލުކުރުމާ ގުޅިގެން މިދިޔަ އަހަރު އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑެތި ފާޑުކިޔުން ތަކެއް ޓްރަމްޕް އަށް އަމާޒުވި އެވެ. މީގެ ތެރޭގައި ޓްރަމްޕްގެ ބައެއް ބައިވެރިން ވެސް ހިމެނެ އެވެ. ފާޑުކިޔާ ފަރާތް ތަކުން ބުނަމުން ދިޔައީ މިފަދަ އަގު ބޮޑު ހަދިޔާއެއް ގަބޫލު ކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި، އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އެމެރިކާގެ ފެޑަރަލް ގާނޫނު ބުނާ ގޮތުން އޮފިޝަލުންނަށް ގަބޫލު ކުރެވޭނީ 480 ޑޮލަރަށް ވުރެ ކުޑަ ހަދިޔާ އެވެ. ނަމަވެސް ވައިޓް ހައުސް އިން ބުނަނީ ބޯޓު ގަބޫލު ކުރުމަކީ ގާނޫނީ ގޮތުން މައްސަލައެއް ނޫން ކަމަށާއި، ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން އެ ބޯޓު އޭނާގެ ރިޔާސީ ލައިބްރަރީ އަށް ހަދިޔާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕްގެ ވާހަކަފުޅުގައި ބޯޓުގެ މަސައްކަތް ތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ބޯޓުގައި ބޭނުން ކޮށްފައިވާ ލަކުޑި އާއި، އެހެނިހެން ސާމާނުގެ ފެންވަރު ރަނގަޅުކަން ފާހަގަ ކުރައްވައި، ބޯޓުގައި ވަނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އިންޖީނުތައް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި މިއީ ލިބުނު ޝަރަފެއް ކަމަށް ސިފަ ކުރައްވައި، ޤަތަރުގެ އަމީރަށް ޝުކުރު އަދާ ކުރެއްވި އެވެ.

މި އައު ބޯޓު އިތުރުވުމުގެ ކުރިން "އެއާ ފޯސް ވަން" ފްލީޓުގައި ބޭނުން ކުރަމުން ދިޔައީ 1990 އިން ފެށިގެން ބޭނުން ކުރަމުން އައި 747-200B މަރުކާގެ ދެ ބޯޓެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވަން ޗަންގް ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން އެއް ބޯޓު މިހާރު ވަނީ ބޭނުން ކުރުން ހުއްޓާލާފައި އެވެ.

އެއާ ފޯސް އިން ބުނި ގޮތުގައި ގަތަރުން ދިން މި ބޯޓު ރައީސް ބޭނުން ކުރައްވާނީ ވަގުތީ ގޮތުންނެވެ. އެއީ ބޮއިންގް ކުންފުނިން އުފައްދަމުންދާ، ދާއިމީކޮށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ދެ VC-25B ޖެޓު ލިބެން ދެނެވެ. އެ ބޯޓުތައް އުފެއްދުމުގައި މިހާރު ވަނީ ބޮޑެތި ލަސް ތަކެއް ކުރިމަތިވެފައި އެވެ.

މަސްދަރު: ބީބީސީ

އެމެރިކާވައިޓް ހައުސްއެއަރ ފޯސް ވަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖޫން 2026

އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް

20 ޖޫން 2026
އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް
20 ޖޫން 2026

އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި

20 ޖޫން 2026
އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި
20 ޖޫން 2026

އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް

20 ޖޫން 2026
އީރާން ހަނގުރާމަ އަކީ ވޭންސްގެ ސިޔާސީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް
18 ޖޫން 2026

ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން

18 ޖޫން 2026
ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން
18 ޖޫން 2026

ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

18 ޖޫން 2026
ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"
18 ޖޫން 2026

ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް

18 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް
18 ޖޫން 2026

އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް

18 ޖޫން 2026
އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
16 ޖޫން 2026

އީރާންގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ އަށް ތައްޔާރު: ޓްރަމްޕް

16 ޖޫން 2026
އީރާންގެ އެއްބަސްވުމުގެ ދެ ވަނަ މަރުޙަލާ އަށް ތައްޔާރު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް