Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ފިނި މޫސުމުގައި ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްޓަކައި، ޓްރެވަލް އޭޖެންސީތަކުން ނަގާ ޓެކްސް ފަސްކުރިކަން މުއިއްޒު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދޭން ޖެހޭ: ރިޕޯޓު

5 އޮކްޓޯބަރު 2026 | ހޯމަ 11:52

ބޭރުގެ ޓްރެވަލް އެޖެންސީތަކުން ނަގާ 17 އިންސައްތައިގެ ޓީ.ޖީ.އެސް.ޓީ 2027 ވަނަ އަހަރަށް ފަސްކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެކަން ރަސްމީކޮށް ކަށަވަރުނުވާތީ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ޓެކްސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އަގުތައް އުފުލި، ޔޫރަޕްގެ މާކެޓަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު ޓުއާ އޮޕަރޭޓަރުން ވަނީ ދީފައި

ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2026 | ހޯމަ 11:52
މޯލްޑިވްސް ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ދެމަފިރިއަކު ގޮނޑުދޮށުގައި ހަނދާނީ ފޮޓޯއެއް ނަގަނީ

މޯލްޑިވްސް ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ދެމަފިރިއަކު ގޮނޑުދޮށުގައި ހަނދާނީ ފޮޓޯއެއް ނަގަނީ | ގެޓީ އިމޭޖަސް

ފިނި މޫސުމުގައި ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްޓަކައި، ޓްރެވަލް އޭޖެންސީތަކުން ނަގާ ޓެކްސް ފަސްކުރިކަން މުއިއްޒު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާ ފިނި މޫސުމާ ދިމާކޮށް، ރާއްޖެއިން ބޭރުގެ ޓްރެވަލް ކުންފުނިތަކުން ނަގަން ނިންމި 17 އިންސައްތައިގެ ޓެކުހާ މެދު އުފެދުނު ނުތަނަވަސްކަމާއެކު، ސަރުކާރުން އެ ނިންމުން ފަސްކުރަން އުޅޭ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

ޚަބަރުތައް ބުނާގޮތުން، ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންސީތަކާއި، ޓުއާ އޮޕަރޭޓަރުން އަދި ބުކިންގް ޕްލެޓްފޯމްތަކުން ނަގަން ނިންމި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ) ފެށުން، 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަސްކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ދާއިމީ އޮފީހެއް ނުވަތަ ވިޔަފާރިއެއް ގާއިމުކޮށްފައި ނުވާ ބޭރުގެ ކުންފުނިތަކުން ވިއްކާ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން، މިހާރުވެސް ރާއްޖޭގައި ނަގަމުންދާ ޖީ.އެސް.ޓީ ނެގުމަށް ދިވެހި ސަރުކާރުން ވަނީ ރާވާފަ އެވެ.

މި ނިންމުން ބަދަލުކުރަން ސަރުކާރަށް މަޖުބޫރުވީ، އޮކްޓޫބަރު 1 އިން ފެށިގެން މި ޓެކްސް ނަގަން ފަށައިފިނަމަ ރާއްޖޭގެ ޗުއްޓީތަކުގެ އަގު އިންތިހާއަށް ބޮޑުވެދާނެ ކަމަށް ބުނެ ޔޫރަޕްގެ ފަތުރުވެރިކަމުގެ ސިނާއަތުން ދިން އިންޒާރުތަކާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބްރިޓިޝް ޓްރެވަލް އެޖެންޓްސް (އޭ.ބީ.ޓީ.އޭ) އާއި، ފްރާންސްގެ އެސް.އީ.ޓީ.އޯ އަދި ޖަރުމަނުގެ ޓްރެވަލް އެސޯސިއޭޝަން (ޑީ.އާރް.ވީ) އިން ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިލްތިމާސްއެއް ހުށަހަޅާފަ އެވެ. އެ ޖަމިއްޔާތަކުން ބުނެފައިވަނީ މި ފިޔަވަޅަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ އެކަށީގެންވާ މަޝްވަރާއެއް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާތަކުން މިހެން ބުނެފައިވާއިރު، ޚުދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މި ޓެކްސް ތައާރަފް ކުރީ ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށްގެން ކަމުގަ އެވެ.

ދިވެހި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓެކްސް ނެގުން ފަސްކުރިކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު މިނިސްޓަރު މުޙައްމަދު އަމީން އިއުލާން ކުރެއްވީ ސިނާއަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ގައުމީ ފެންވަރުގެ ފަތުރުވެރިކަމުގެ ހަރަކާތެއްގަ އެވެ.

ނަމަވެސް، މިކަމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ޓެކްސް ނެގުން ފަސްކުރިކަން ސަރުކާރުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވުމެވެ.

މީގެ ސަބަބުން ބޭރުގެ ޓްރެވަލް ކުންފުނިތައް ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ މި ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ގާނޫނަށް އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާތީ އެވެ.

އޭ.ބީ.ޓީ.އޭ ގެ ޑައިރެކްޓަރ އޮފް އިންޑަސްޓްރީ ރިލޭޝަންސް ސޫޒަން ޑިއަރ، އޮންލައިން ނޫސް ޓްރެވަލް މޯލްއަށް ވިދާޅުވީ، ބޭރުގެ ޓްރެވަލް ކުންފުނިތަކުން ނަގާ އާ ޓެކްސް ފަސްކޮށްފައިވާ ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ޖަމިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ މިކަމުގެ ރަސްމީ ކަށަވަރުކަމެއް ހޯދުމަށާއި، ދެން ކަންތައް ވާނެ ގޮތުގެ ސާފު މައުލޫމާތު ހޯދުމަށެވެ.

ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުން ހަމައެކަނި ޓެކްސްގެ ބޮޑުމިނަކަށް ނޫނެވެ. އެ ފަރާތްތަކުން ވަނީ ބައިނަލްއަގުވާމީ ކުންފުނިތަކަށް މިހާ ކުޑަ ދުވަސްކޮޅެއްގެ ނޯޓިސްއެއް ދިނީ ކީއްވެގެންތޯ ސުވާލު އުފައްދައި، މި ފިޔަވަޅުގެ ސަބަބުން އެޖެންޓުންނަށް ކުރާނެ އަސަރު ސާފުކޮށްދިނުމަށް އެދިފަ އެވެ.

ރާއްޖެއަކީ މިހާރުވެސް މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަތުން ހުރުމާއި، ދަތުރުފަތުރުގެ ޚަރަދުތަކަށް އެތައް ހާސް ޑޮލަރެއް ހޭދަވެ އެވެ. މީގެ އިތުރަށް 17 އިންސައްތައިގެ ޓެކުހެއް އިތުރުވުމުން، ބޭރުގެ ކުންފުނިތަކަށް މަޖުބޫރުވާނީ އަގުތައް އުފުލުމަށް ނުވަތަ ރާއްޖެ އިޝްތިހާރު ކުރުމާ މެދު އަލުން ވިސްނުމަށެވެ.

މި ނުރައްކާ އެންމެ ބޮޑީ އިންޑިއާ ކަނޑުގެ ގައުމުތަކަށް ފަތުރުވެރިންގެ ޑިމާންޑް އެންމެ ބޮޑުވާ ފިނި މޫސުމުގެ ދުވަސްވަރުގަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރު ރާއްޖެއަށް ރެކޯޑް އަދަދެއް ކަމަށްވާ 2.25 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް އެއް މިލިއަން ފަތުރުވެރިން ވަނީ އުންމީދު ކުރި ވަރަށް ވުރެ އަވަހަށް ރާއްޖެ އައިސްފަ އެވެ.

ނަމަވެސް، އަގުތައް ބޮޑުވުމުގެ ސަބަބުން ފަތުރުވެރިން އައުން މަދުވާން ފަށައިފިނަމަ، މިފަދަ ޓެކުހެއް ނެގުމުގެ ބޭނުމެއް ނޯންނާނެ އެވެ. ހާއްސަކޮށް، "ވިޒިޓް މޯލްޑިވްސް އިޔަރ 2027" އަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މިއީ މުއިއްޒު ސަރުކާރުން ދުނިޔެއަށް ދެވޭ ވަރަށް ފުށުއަރާ މެސެޖެކެވެ.

ފަތުރުވެރިކަންޓީޖީއެސްޓީޓުއަރ އޮޕަރޭޓަރުން

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
02 އޮކްޓޯބަރު 2026

ޓެކްސް ނެގުމުގެ އައު އުސޫލާ ގުޅިގެން އިޓަލީގެ މަގުބޫލު ޓުއަރ އޮޕަރޭޓަރަކު ރާއްޖެއަށް އައު ބުކިންތައް ނެގުމާއި ދަތުރުތައް ވިއްކުން މެދުކަނޑާލައިފި

02 އޮކްޓޯބަރު 2026
ޓެކްސް ނެގުމުގެ އައު އުސޫލާ ގުޅިގެން އިޓަލީގެ މަގުބޫލު ޓުއަރ އޮޕަރޭޓަރަކު ރާއްޖެއަށް އައު ބުކިންތައް ނެގުމާއި ދަތުރުތައް ވިއްކުން މެދުކަނޑާލައިފި
21 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުން ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށް، ގައުމު ދަނީ ބަނގުރޫޓުކުރަމުން: ފައްޔާޒު

21 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުން ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށް، ގައުމު ދަނީ ބަނގުރޫޓުކުރަމުން: ފައްޔާޒު
21 ސެޕްޓެމްބަރު 2026

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!

21 ސެޕްޓެމްބަރު 2026
ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!
18 ސެޕްޓެމްބަރު 2026

މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!

18 ސެޕްޓެމްބަރު 2026
މީރާގެ އާމްދަނީ އިތުރުވި ނަމަވެސް، ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ޑޮލަރު ލިބުނު މިންވަރު ދަށަށް!
18 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ބޭރުގެ އޭޖެންޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ބޭރުގެ އޭޖެންޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި
17 ސެޕްޓެމްބަރު 2026

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

17 ސެޕްޓެމްބަރު 2026
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި
17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

16 ސެޕްޓެމްބަރު 2026
ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!
16 ސެޕްޓެމްބަރު 2026

ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ

16 ސެޕްޓެމްބަރު 2026
ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް