Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ދެ ގައުމުގެ ވެރިންނަށް ޝުކުރު އަދާ ކުރަން ބޭނުންފުޅުވާ ކަމަށާއި، އެ ބޭފުޅުންގެ ސަބަބުން މަސްރަހު ވަރަށް ބޮޑަށް ރަނގަޅު ވެގެން ދިޔަ ކަމަށް. އަދި ހަނގުރާމައިގެ ދަނޑިވަޅުގައި ދެ ގައުމުން ވެސް އަމަލު ކޮށްފައި ވަނީ ވަކި ފަރާތަކަށް ނުޖެހި، މަސްރަހު އިތުރަށް ގޯސް ނުވާނެ ފަދަ ގޮތަކަށް ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 03:56
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ރަޝިޔާގެ ރައީސް ޕުޓިން.

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި ރަޝިޔާގެ ރައީސް ޕުޓިން. | ރޮއިޓާސް

އީރާން އާއެކު ކުރި ހަނގުރާމައިގައި ޗައިނާ އާއި ރަޝިޔާ އިން ގެންގުޅުނު "ނިއުޓްރަލް" ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތަށްޓަކައި އެ ދެ ގައުމުގެ ވެރިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝުކުރު އަދާ ކުރައްވައިފި އެވެ.

ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި ކުރިއަށް ދިޔަ ގްރޫޕް އޮފް ސެވަން (ޖީ7) ސަމިޓްގެ ހަވާސާގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން  ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި އެވެ. ޓްރަމްޕް ވިދާޅުވީ އީރާންއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެ ދެ ބޭފުޅުން ގެންގުޅުއްވި ހަމަހަމަ ސިޔާސަތުގެ ސަބަބުން ކަންކަން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔަ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ދެ ގައުމުގެ ވެރިންނަށް ޝުކުރު އަދާ ކުރަން ބޭނުންފުޅުވާ ކަމަށާއި، އެ ބޭފުޅުންގެ ސަބަބުން މަސްރަހު ވަރަށް ބޮޑަށް ރަނގަޅު ވެގެން ދިޔަ ކަމަށެވެ. އަދި ހަނގުރާމައިގެ ދަނޑިވަޅުގައި ދެ ގައުމުން ވެސް އަމަލު ކޮށްފައި ވަނީ ވަކި ފަރާތަކަށް ނުޖެހި، މަސްރަހު އިތުރަށް ގޯސް ނުވާނެ ފަދަ ގޮތަކަށް ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ބޮޑެތި ބާރު ތަކުގެ މެދުގައި އޮންނަ ނުތަނަވަސް ކަމުގެ ތެރެއިން، އީރާންގެ މައްސަލައިގައި ޗައިނާ އާއި ރަޝިޔާ އިން ގެންގުޅުނު މި ސިޔާސަތަކީ އެމެރިކާ އިން ބޭނުންވި ގޮތް ކަމަށް ޓްރަމްޕްގެ ވާހަކަފުޅުން ދޭހަވެ އެވެ. ޚާއްސަކޮށް ބައިނަލްއަގުވާމީ ބޮޑެތި މައްސަލަ ތަކުގައި މި ދެ ގައުމުގެ ދައުރު ބޮޑު ވެފައިވާ އިރު، އީރާން ހަނގުރާމައިގައި އެ ގައުމު ތަކުން ސީދާ ގޮތުން ބައިވެރި ނުވުމަކީ އެމެރިކާ އަށް ލިބުނު ލުޔެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޗައިނާ އާއި ރަޝިޔާގެ ލީޑަރުންނަކީ "ނިއުޓްރަލް" ބައެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާފަ އެވެ. މިއީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ހަތް ގައުމު ހިމެނޭ ޖީ7 ސަމިޓްގެ ތެރެއިން ޓްރަމްޕް ދެއްވި މުހިންމު ބަޔާން އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގްރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން

އިތުރަށް ކިޔާލަން

18 ޖޫން 2026

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

18 ޖޫން 2026
އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި
17 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި
17 ޖޫން 2026

ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް

17 ޖޫން 2026
ޒެލެންސްކީއާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް
17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
17 ޖޫން 2026

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓު ބައްދަލުވުމުން، އީރާން އާއި އެމެރިކާގެ އެއްބަސްވުމަށް މަރުޙަބާ ކިޔައިފި

17 ޖޫން 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓު ބައްދަލުވުމުން، އީރާން އާއި އެމެރިކާގެ އެއްބަސްވުމަށް މަރުޙަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު