Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީ7ގެ ބައްދަލުވުން

ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

ޖީ7 ގެ ބައްދަލުވުމަށް ޓްރަމްޕް ވަޑައިގެންނެވިއިރު، އެ ތަނުގައި ޤައުމު ތަކުގެ ލީޑަރުން ވަޑައިގެން ތިއްބެވި. ހިންގަވާފައި ވަޑައި ގެންނެވި ވަގުތު، އިރުކޮޅަކަށް ހުއްޓިވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، "އަހަރެންނަކީ ބޮސް" ކަމަށް. އެވަގުތު އެ ތަނުގައި ތިއްބެވި ޤައުމު ތަކުގެ ލީޑަރުން ހިނިފުޅުވަޑުވާ އަޑު ވެސް އިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 07:54
ޖީ7 ގެ ބައްދަލުވުމަށް ވަޑައިގެންނެވި ޤައުމު ތަކުގެ ލީޑަރުން ފޮޓޯ އަކަށް ހުއްޓިވަޑައިގެން.

ޖީ7 ގެ ބައްދަލުވުމަށް ވަޑައިގެންނެވި ޤައުމު ތަކުގެ ލީޑަރުން ފޮޓޯ އަކަށް ހުއްޓިވަޑައިގެން. | ގެޓީ އިމޭޖަސް

ފްރާންސްގައި ކުރިއަށް ދިޔަ ޖީ7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން، އޭނާ އަކީ ބޮސް ކަމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޖީ7 ގެ ބައްދަލުވުމަށް ޓްރަމްޕް ވަޑައިގެންނެވިއިރު، އެ ތަނުގައި ޤައުމު ތަކުގެ ލީޑަރުން ވަޑައިގެން ތިއްބެވި އެވެ. ހިންގަވާފައި ވަޑައި ގެންނެވި ވަގުތު، އިރުކޮޅަކަށް ހުއްޓިވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، "އަހަރެންނަކީ ބޮސް" ކަމަށެވެ. އެވަގުތު އެ ތަނުގައި ތިއްބެވި ޤައުމު ތަކުގެ ލީޑަރުން ހިނިފުޅުވަޑުވާ އަޑު ވެސް އިވެ އެވެ. 

Your browser does not support the video tag.
ޖީ7 ގެ ލީޑަރުންނާ މުޚާތަބު ކުރައްވައި، އަހަރެންނަކީ ބޮސް ކަމަށް ޓްރަމްޕް ވިދާޅުވާ ވީޑިއޯ.

އެއަށް ފަހު ވަޑައިގެން ގޮނޑީގައި އިށީންނެވުމުގެ ކުރިން ޓްރަމްޕް ވަނީ، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ސަލާމް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް އިށީންނެވުމާ އެކު، ފްރާންސްގެ ރައީސް މެކްރޮން ވަނީ ބައްދަލުވުން ފައްޓަވައިފަ އެވެ.

ފްރާންސްގެ އީވިއަން ލެ ބެއިންސްގައި ޖީ7 ގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ، ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަށް ވެސް ބާރު އަޅުއްވައިފަ އެވެ. އަދި ރަޝިޔާއާ ދެކޮޅަށް ތެލުގެ ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.

ޖީ7 ގެ ބައްދަލުވުމުގެ ހަވާސާގައި ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެއަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ޒެލެންސްކީއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، ޔޫކްރެއިން އާއެކު ސުލްޙައިގެ އެއްބަސްވުމަކަށް އައުމަކީ ރަޝިޔާ އިން ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

މި ބައްދަލުވުމުގައި ޖީ7 ގެ ޤައުމު ތަކުގެ ލީޑަރުންގެ އިތުރުން، ގަލްފު ސަރަހައްދުގެ ޤައުމު ތަކުގެ ލީޑަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ފްރާންސްޖީ-7 ސަމިޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

18 ޖޫން 2026

ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް

18 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ފަސޭހަ ކަމެއް ނޫން: ޓްރަމްޕް
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
18 ޖޫން 2026

އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް

18 ޖޫން 2026
އީރާން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭތީ، ޓްރަމްޕްގެ ޝުކުރު ޗައިނާ އާއި ރަޝިޔާ އަށް
18 ޖޫން 2026

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި

18 ޖޫން 2026
އީރާނާ އެކު އެއްބަސްވުމަކަށް ނާދެވުނު ނަމަ 4 ހަފްތާގެ ތެރޭގައި ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންފި
18 ޖޫން 2026

އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

18 ޖޫން 2026
އެމެރިކާއާއި އީރާނުގެ ވެރިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު