Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިލެކްޓްރިކް ބޯޓު

ރާއްޖެއަށް 'އުދުހޭ' ވޯޓާ ޓެކްސީ ތައާރަފުކުރަނީ

އެމެރިކާގެ ނޭވިއާ ކުންފުންޏާއި ޖޭއައިއެޗް ގްލޯބަލް ގުޅިގެން ރާއްޖޭގައި ކަރަންޓުން ދުއްވާ 100 ހައިޑްރޯފޮއިލް ވޯޓާ ޓެކްސީގެ ނެޓްވޯކެއް ގާއިމުކުރުމަށް ވަނީ ނިންމާފައި. ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން 2026 ވަނަ އަހަރު ފުރަތަމަ ފަސް އުޅަނދު ގެނައުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއިން ކަނޑައަޅާފައިވާ ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ދެމެހެއްޓެނިވި ނިޒާމެއް ކަމަށް އެ ފަރާތުން ބުނޭ. ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި އުޅަނދުތަކުގެ ސަބަބުން އެއާޕޯޓާއި ރިސޯޓުތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް ގުޅުވާލައި، ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ.

ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 08:10
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ލަގްޒަރީ ރިސޯޓުތަކާއި، އަމިއްލަ ރަށްތަކާއި، މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފަތުރުވެރިން އުފުލުމަށްޓަކައި، ކަރަންޓުން ދުވާ "ހައިޑްރޯފޮއިލް" މަރުކާގެ 100 އުޅަނދުގެ އައު ފްލީޓެއް ބޭނުންކުރަން ފަށާނެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ލަގްޒަރީ ރިސޯޓުތަކާއި، އަމިއްލަ ރަށްތަކާއި، މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފަތުރުވެރިން އުފުލުމަށްޓަކައި، ކަރަންޓުން ދުވާ "ހައިޑްރޯފޮއިލް" މަރުކާގެ 100 އުޅަނދުގެ އައު ފްލީޓެއް ބޭނުންކުރަން ފަށާނެ. | ނޭވިއާ

ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުރާ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުން ދުއްވާ 100 ވޯޓާ ޓެކްސީ ރާއްޖެއަށް ގެނައުމަށް ބޭރުގެ ކުންފުންޏަކުން ނިންމައިފިއެވެ.

މިއީ މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ރާއްޖެއިން 2030 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ މަޝްރޫއެއް ކަމަށް، އެމެރިކާގެ މެރިޓައިމް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ 'ނޭވިއާ' އިން ބުނެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޔޫއޭއީގެ 'ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް' އާ ގުޅިގެންނެވެ.

ޖޫން މަހުގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި 'ނޭވިއާ ނެޓްވޯކް' ގާއިމުކުރެވޭނެ ކަމަށެވެ. މިއީ އެއާޕޯޓްތަކާއި، ރިސޯޓްތަކާއި، ޕްރައިވެޓް ވިލާތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް ގުޅުވާލުމަށް ފަރުމާކޮށްފައިވާ، ސޮފްޓްވެއާގެ އެހީގައި ހިންގާ ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރުގެ ނިޒާމެކެވެ. މި މަޝްރޫއުގެ ދަށުން ގެންނަ ހައި-ޕާފޯމަންސް ހައިޑްރޯފޮއިލް އުޅަނދުތަކުގެ އަގު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ ދަށުން 2026 ވަނަ އަހަރު 'ނޭވިއާ އެން30' މޮޑެލްގެ ފަސް އުޅަނދު ފުރަތަމަ މަރުހަލާގައި ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު 95 އުޅަނދު ރާއްޖޭގައި ބޭނުންކުރަން ފަށާނެއެވެ.

ނޭވިއާ ކުންފުނީގެ ބާނީ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިޔާ ވިދާޅުވީ، ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއަކާއި، ކޮންމެ މުވައްޒަފަކާއި، ކޮންމެ ރިސޯޓެއް އަދި ކޮންމެ ރަށެއް ބަރޯސާވަނީ ކަނޑު ބޯޓުފަހަރަށް ނުވަތަ ސީޕްލޭންތަކަށް ކަމަށެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރުގެ ނިޒާމަކީ ސާފު، އަޑުމަޑު، އެއް މިންގަނޑަކުން ހިންގޭ، ސޮފްޓްވެއާގެ އެހީގައި މަސައްކަތްކުރާ އަދި ފަތުރުވެރިންގެ ތަޖުރިބާ އިންތިހާއަށް ރަނގަޅުކޮށްދޭ ނިޒާމަކަށް ހެދިދާނެކަން ސާބިތުކޮށްދިނުމަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ ގައުމު ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިޑްރޯފޮއިލް އުޅަނދުފަހަރަކީ އޭގެ ބަނޑުފިލާ ފެނުން މައްޗަށް އުފުލާލައިގެން ދަތުރުކުރާ އުޅަނދުތަކަކަށް ވުމާއެކު، އާދައިގެ ބޯޓުފަހަރާ އަޅާބަލާއިރު މިފަދަ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދޭ. މީގެ އިތުރުން، މި އުޅަނދުތަކުގެ ސަބަބުން އުފެދޭ ރާޅު މަދުވުމާއި، އަޑުމަޑުވުމުގެ އިތުރުން، ތެލުގެ ވަހުން ފަސިންޖަރުންނަށް ކުރިމަތިވާ އުނދަގޫތައް ވެސް މި އުޅަނދުތަކުގެ ސަބަބުން ނެތިގެންދޭ.

ހައިޑްރޯފޮއިލް އުޅަނދުފަހަރަކީ އޭގެ ބަނޑުފިލާ ފެނުން މައްޗަށް އުފުލާލައިގެން ދަތުރުކުރާ އުޅަނދުތަކަކަށް ވުމާއެކު، އާދައިގެ ބޯޓުފަހަރާ އަޅާބަލާއިރު މިފަދަ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ހަކަތައިގެ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދޭ. މީގެ އިތުރުން، މި އުޅަނދުތަކުގެ ސަބަބުން އުފެދޭ ރާޅު މަދުވުމާއި، އަޑުމަޑުވުމުގެ އިތުރުން، ތެލުގެ ވަހުން ފަސިންޖަރުންނަށް ކުރިމަތިވާ އުނދަގޫތައް ވެސް މި އުޅަނދުތަކުގެ ސަބަބުން ނެތިގެންދޭ.

ކުރިން ނާސާގެ އެއަރޯސްޕޭސް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބަޓަޗާރިޔާ އިތުރަށް ވިދާޅުވީ، އެ ކުންފުނިން ހަމައެކަނި ބޯޓުތަކެއް ތައާރަފުކުރަނީ ނޫން ކަމަށާއި، އެއީ ކަނޑުމަތީގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ދަތުރުފަތުރުގެ ނެޓްވޯކް ބިނާކުރުން ކަމަށެވެ.

ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް މަތީ ފަންތީގެ ފަތުރުވެރިކަމުގައި އެންމެ ކުރީގައި އުޅޭ ގައުމެއް ކަމަށެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ޖަޒީރާ ގައުމަކަށް ވުމާއެކު، މުސްތަގުބަލުގައި ކަނޑުދަތުރުފަތުރުގެ ނިޒާމު އޮންނާނެ ގޮތް ދުނިޔެއަށް ދައްކުވައިދިނުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މި ގާއިމުކުރާ ނިޒާމު ވެގެންދާނީ އެހެން ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ މާކެޓްތަކުގައި ޒަމާނީ ކަނޑުދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ބޭނުންކުރާނެ ނަމޫނާއަކަށެވެ.

މި ދެ ކުންފުނިން ބުނާ ގޮތުގައި، މި އުޅަނދުތަކާއެކު ދުނިޔޭގެ ފުރަތަމަ ފުލް-އިލެކްޓްރިކް ހައިޑްރޯފޮއިލް ޓްރާންސްޕޯޓް ނެޓްވޯކް އުފެދިގެންދާނެއެވެ. މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ލަގްޒަރީ ރިސޯޓްތަކާއި، ޕްރައިވެޓް ރަށްތަކާއި، މީހުން ދިރިއުޅޭ ރަށްތައް އަދި ވިލާތައް މުޅި ރާއްޖޭގައި ގުޅުވާލެވޭނެއެވެ.

މަތީ ފަންތީގެ ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ކޮންމެ އުޅަނދަކީ ކަރަންޓުން 75 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މީގެ އިތުރުން، މި އުޅަނދުތަކުގައި އެއާކޮންޑިޝަން ކޮށްފައިވާ ކެބިންތަކާއި، ލައުންޖް ފެންވަރުގެ ގޮނޑިތަކާއި، ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ އިތުރުން، ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ބެލެހެއްޓޭނެ ސޮފްޓްވެއާ ހިމެނެއެވެ.

ނޭވިއާޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްސަމްޕްރިތީ ބަޓަޗާރިޔާމުހައްމަދު އަލީ ޖަނާހުކާބަން ނިޔުޓްރަލްދަތުރުފަތުރުގެ ނިޒާމް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
29 އޯގަސްޓު 2023

"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"

29 އޯގަސްޓު 2023
"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"
12 އޯގަސްޓު 2021

މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުންނަށް އެއް މުއްދަތެއް ދީގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ: ޖަނާހު

12 އޯގަސްޓު 2021
މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުންނަށް އެއް މުއްދަތެއް ދީގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ: ޖަނާހު
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު