Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޑިކް އޮންލައިން ޓްރެއިނިން

"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"

(ފިޑިކް) އާއި އެކު އެމްއެންއޭސީއައި އިން ހިންގި ޓްރެއިނިންގެ ސެޓްފިކެޓް ދިނުމަށް ރަސްމިއްޔާތު ބޭއްވީ ހޯމަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އޯގަސްޓު 2023 | އަންގާރަ 06:37
މަސީގެ ރައީސް ޖަނާހު

މަސީގެ ރައީސް ޖަނާހު

ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފެޑްރޭޝަން އޮފް އިންޓަރނޭޝަނަލް ކޮންސަލްޓިން އިންޖިނިއަރސް (ފިޑިކް)ގެ ކޮންޓްރެކްޓިން ފޯމެޓާއި އެއްގޮތް ކުރުން މުހިންމު ކަމަށާއި ކޮންޓްރެކްޓިން ފޯމެޓް ބަދަލުވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ(މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ފެޑްރޭޝަން އޮފް އިންޓަރނޭޝަނަލް ކޮންސަލްޓިން އިންޖިނިއަރސް (ފިޑިކް) އާއެކު އެމްއެންއޭސީއައި އިން ހިންގި ޓްރެއިނިންގެ ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަނާހު ވަނީ ފެޑްރޭޝަން އޮފް އިންޓަރނޭޝަނަލް ކޮންސަލްޓިން އިންޖިނިއަރސް އަކީ ދުނިޔޭގެ އެކި ހިސާބުތަކުން މިލިއަނަކަށް ވުރެ ގިނަ އިންޖިނިއަރުން ހިމެނޭ ފެޑްރޭޝަނެއްކަން ފާހަގަކުރައްވާފައެވެ. އެެހެންނަމަވެސް މިހާތަނަށް އައި އިރު ރާއްޖޭގައި ފިޑިކްގެ ފޯމެޓާއި އެއްގޮތަށް ކޮންޓްރެކްޓްކުރުން އެންޑޯސްކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފިޑިކްގެ ކޮންޓްރެކްޓިންގެ ތެރޭގައި އެކި ކަހަލަ ފޯމެޓްތަކުގެ ކޮންޓްރެކްޓްތައް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ޔެލޯ ބުކް، ރެޑް ބުކް، ގްރީން ބުކް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިވިލް ކޮންޓްރެކްޓާއި، މެކޭނިކަލް އިންޖިނިއަރިން ފަދަ ކޮންޓްރެކްޓިން އުސޫލުތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގައި މިހާރު އޮތް ކޮންޓްރެކްޓިން ނިޒާމްގެ އެއްބަޔަކީ ފިޑިކްގެ ކޮންޓްރެކްޓިން އުސޫލުތަކާއި އެހެން އުސޫލުތަކާއި މަސްހުނިވެފައިވާ އެއްޗެއް ކަމަށް ޖަނާހު ވިދާޅުވިއެވެ.

ފިޑިކްގަ ވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕޭމެންޓް ނުލިބި ލަސްވުމުން ކްލައިންޓުންނާއި މެދު އަމަލުކުރާ ގޮތް ފިޑިކް ކޮންޓްރެކްޓިންގައި ވެސް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި އޮތް ނިޒާމުގައި ޕޭމެންޓް ނުލިބިގެން ކްލައިންޓާއި މެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ޖަނާހު ވިދާޅުވިއެވެ. އެއާއި ޚިލާފަށް މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ފަރާތުން މަސައްކަތް ލަސްވާ ނަމަ ވަރަށް ބޮޑު އަދަދުތަކުން ކޮންޓްރެކްޓަރުން ޖޫރިމަނާކުރުމުގެ ފުރުސަތު ކްލައިންޓަށް އޮންނަކަމަށް ޖަނާހު ވިދާޅުވިއެވެ.

އެހެންކަމުން އެއީ ހަމަހަމަ އުސޫލެއް ނޫން ކަަމަށް ޖަނާހު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މަސައްކަތް ކުރައްވަނީ އެކަމާ މެދު ބާކައުންސިލްގެ އެހީތެރިކަމާއެކު ރާއްޖޭގެ ވަކީލުން ތަމްރީނުކޮށް ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ތަމްރީން ލިބިފައިވާ ގިނަ ވަކީލުންނާއެކު ހަމަހަމަ ކޮންޓްރެކްޓިން ނިޒާމެއް ރާއްޖެ އަށް ގެނައުމަށް ވަކާލާތުކުރުމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފިޑިކްގެ އިންޓަރނޭޝަނަލް ކޮންފަރެންސް އަށް ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ޖަނާހު އަށް ވަނީ ދައުވަތު ލިބިވަޑައިގަންނަވާފައެވެ. އެކަމާއި ގުޅޭ ގޮތުން ޖަނާހު ވިދާޅުވީ، އެ ކޮންފަރެންސްގައި ވާހަކަދައްކަވާ މައުޟޫޢަކީ ކޮންޓްރެކްޓްތައް ދިނުމުގައި ސިޔާސީ މީހުން ޒިންމާދާރުކުރުވާނީ ކިހިނެތްތޯ ކަމަށާއި އެއީ ޝައުގުވެރި މައުޟޫއެއް ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ޓްރެއިނިންގައި 80 ދަރިވަރުން ތަމްރީންކޮށްފައިވާ ކަމަށާއި މިއީ މި އަހަރުގެ ޓްރެއިނިންގެ ދެ ވަނަ ބެޗްކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު މިފަދަ އިތުރު ޓްރެއިނިން އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޖަނާހު ވަނީ ވިދާޅުވެފައެވެ.

މުހައްމަދު އަލީ ޖަނާހުމޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)

އިތުރަށް ކިޔާލަން

02 ޖުލައި 2024

ކޮށްފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދޭތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަންބޮޑުވެއްޖެ

02 ޖުލައި 2024
ކޮށްފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުދޭތީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ކަންބޮޑުވެއްޖެ
25 ޑިސެމްބަރު 2023

މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް 6 ފަރާތަކަށް ދީފި

25 ޑިސެމްބަރު 2023
މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑްސް 6 ފަރާތަކަށް ދީފި
25 ޑިސެމްބަރު 2023

ދުނިޔޭގައިވާ 25000 ވޯޓާ ބަނގަލޯގެ 80% ހުރީ ރާއްޖޭގައި - ޖަނާހު

25 ޑިސެމްބަރު 2023
ދުނިޔޭގައިވާ 25000 ވޯޓާ ބަނގަލޯގެ 80% ހުރީ ރާއްޖޭގައި - ޖަނާހު
12 އޯގަސްޓު 2021

މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުންނަށް އެއް މުއްދަތެއް ދީގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ: ޖަނާހު

12 އޯގަސްޓު 2021
މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުންނަށް އެއް މުއްދަތެއް ދީގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ: ޖަނާހު
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު