Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތް

މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުންނަށް އެއް މުއްދަތެއް ދީގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ: ޖަނާހު

މަސައްކަތް ނިންމަން ކޮންޓްރެކްޓަރުންނަށް އިތުރު ވަގުތު ބޭނުންވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 އޯގަސްޓު 2021 | ބުރާސްފަތި 08:14
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހު

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހު

ކޮވިޑާއި ގުޅިގެން ހުއްޓިފައި އޮތް އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްތައް އަލުން ނިންމުމަށް ހުރިހާ އިންވެސްޓަރުންނަށް ވެސް އެއް މުއްދަތެއް ދޭންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖަނާހު ވިދާޅުވީ ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި ތިބެންޖެހުމުގެ ސަބަބުން ހުރިހާ ކޮންޓްރެކްޓަރުންނަށް ވެސް މަސައްކަތްތައް ނިންމުމުގައި ވަރަށް ބޮޑު ލަސްތަކެއް ދިމާވެފައިވާކަމަށެވެ. ކޮންޓްރެކްޓެއްގައި ސޮއިކޮށްގެން ވަކި މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަން އޮންނައިރު، މަސައްކަތް ނުކުރެވި ދާ ކޮންމެ ދުވަހަކީ ވެސް މަސައްކަތް ނިންމުމަށް މަދުވާ ދުވަހެއް ކަމަށް ޖަނާހު ވިދާޅުވިއެވެ.

އެހެންކަމުން މަސައްކަތް ކުރިއަށްނުގޮސް ގެއްލިގެންދިޔަ ވަގުތަށް އިތުރު ވަގުތު ދެއްވުމަށް ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއެކު މަޝްވަރާކޮށްފައިވާނެ ކަމަށް ޖަނާހު ވިދާޅުވިއެވެ. މިކަމުގައި ބޭނުންވަނީ ފައިސާއެއް ނޫން ކަމަށާއި، ބޭނުންވަނީ މި މަސައްކަތް ނިންމަން އޮތް މުއްދަތުން ގެއްލުނު ވަގުތު ކަމަށް ޖަނާހު ވިދާޅުވިއެވެ.

މެލޭޝިއާ ފަދަ ބޮޑެތި ގައުމުތަކުން ވެސް އަމަލުކުރަމުންދަނީ މިފަދައިން ކަމަށާއި، ގެއްލުނު ވަގުތަށް ހުރިހާ ކޮންޓްރެކްޓަރުންނަށް ވެސް ހަ މަސް ދުވަސް ދިނުމަށް އެދިފައިވާނެ ކަމަށް ޖަނާހު ވިދާޅުވިއެވެ.

ސަރުކާރުން މިކަމުގައި ނިންމީ މަސައްކަތް ނިންމަން އޮތް މުއްދަތަށް ނުވަތަ މަސައްކަތް ނިންމިފައި އޮތް އިންސައްތައަށް ބަލައި، އެކި ކޮންޓްރެކްޓަރުންނަށް އެކި ވަގުތު ދިނުމަށް ކަމަށް ޖަނާހު ވިދާޅުވިއެވެ. އެހެންނަމަވެސް ހުރިހާ ކޮންޓްރެކްޓަރުންނަށް އެކި ވަގުތު ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށާއި، މިގޮތަށް މިކަން ކުރާނަމަ އެކި ޑީލްތައް ހަދައި، ކޮރަޕްޝަނަށް މަގުފަހިވާފަދަ އެތައް ކަމެއް ހިނގާނެ ކަމަށް ޖަނާހު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތު ދިމާވިއިރު، ރާއްޖޭގެ އިމާރަތްކުރުމުގެ ސިނާއަތް އޮތީ ވަރަށް ރަނގަޅު ފައްތަރެއްގައި ކަމަށާއި، 2020 ވަނަ އަހަރަށް ވެސް މި ސިނާއަތް އޮތީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށް ޖަނާހު ވިދާޅުވިއެވެ. އެހެންނަމަވެސް މި ސިނާއަތް ނުހުއްޓި ކުރިއަށްދިޔައީ ހުރިހަ ކަމެއްގައި ވެސް ސަރުކާރާއި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކުރިއަށްދިޔައީމާ ކަމަށް ޖަނާހު ވިދާޅުވިއެވެ.

މުހައްމަދު އަލީ ޖަނާހުކޮންސްޓްރަކްޝަން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
17 ފެބުރުއަރީ 2025

މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު

17 ފެބުރުއަރީ 2025
މި ސަރުކާރުން މިހާރު ވަނީ ކޮންސްޓްރަކްޝަން ސިނާއަތް ހަލާކުކޮށްލުމުގެ މަސައްކަތް ފަށާފައި: މެމްބަރު ޝަމްހީދު
31 ޖެނުއަރީ 2025

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޮޑުތަނުން ފުނޑިއްޖެ

31 ޖެނުއަރީ 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޮޑުތަނުން ފުނޑިއްޖެ
30 އޮކްޓޯބަރު 2023

ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނަން: އިންތިޚާބީ ރައީސް

30 އޮކްޓޯބަރު 2023
ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަ ވުޒާރާއެއް ގާއިމްކުރާނަން: އިންތިޚާބީ ރައީސް
28 އޮކްޓޯބަރު 2023

ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ގިނަވެ، އިމާރަތް ކުރުމުގެ ދާއިރާގެ ވަޒީފާތަކަށް ކުރިއެރުމެއް ނުލިބޭ

28 އޮކްޓޯބަރު 2023
ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތައް ގިނަވެ، އިމާރަތް ކުރުމުގެ ދާއިރާގެ ވަޒީފާތަކަށް ކުރިއެރުމެއް ނުލިބޭ
29 އޯގަސްޓު 2023

"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"

29 އޯގަސްޓު 2023
"އުންމީދަކީ ރާއްޖޭގައި ކޮންޓްރެކްޓް ކުރުމުގެ ފޯމެޓް ފިޑިކްގެ ކޮންޓްރެކްޓިންއާ އެއްގޮތްވުން"
02 އޯގަސްޓު 2022

ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރާފައެއް ނުވޭ: އެމްއެމްއޭ

02 އޯގަސްޓު 2022
ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރާފައެއް ނުވޭ: އެމްއެމްއޭ
27 މެއި 2021

ގެއްލުން ކުޑަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި އިމާރާތްކުރުމާގުޅޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފި

27 މެއި 2021
ގެއްލުން ކުޑަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި އިމާރާތްކުރުމާގުޅޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު