Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ އޮނިގަނޑު

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

ފުލުހުންގެ ޚިދުމަތް ދިނުމުގައި ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމަށްޓަކައި އެކުލަވާލި އައު އޮނިގަނޑަށް 1 ޖޫން 2026 އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މި ބަދަލާއެކު މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މި އޮނިގަނޑުގެ ދަށުން ތަހުގީގީ ދާއިރާއާއި އޮޕަރޭޝަނަލް ސަޕޯޓް ފަދަ މުހިންމު ޚިދުމަތްތައް ވަކިވަކި ކޮމާންޑްތަކަކަށް ބަހާލާފައިވާއިރު، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި މާލެއާއި އަތޮޅުތެރޭގެ ސަރަހައްދުތަކަށް ޚާއްސަ ކޮމާންޑްތަކެއް ވެސް ވަނީ ކަނޑައަޅާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖޫން 2026 | އަންގާރަ 06:26
ފުލުހުން ވޯޓުލާ މަގުމަތީގައި ހަރަކާތްތެރިވަނީ

ފުލުހުން ވޯޓުލާ މަގުމަތީގައި ހަރަކާތްތެރިވަނީ | މޯލްޑިވްސް ޕޮލިސް ސާރވިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ މުއައްސަސާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، 2026 ޖޫން 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އައު އޮނިގަނޑަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށެވެ.

މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ފެށިގެން ކުރިއަށްދާކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.

އައު އޮނިގަނޑު ތަރުތީބުކޮށްފައިވަނީ ފުލުހުންގެ މައިގަނޑު ހިދުމަތްތައް ވަކިވަކި ކޮމާންޑްތަކެއްގެ ދަށުން ހިންގާ ގޮތަށެވެ. މީގެ ތެރޭގައި ތަހުގީގީ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މުހިންމު ހުރިހާ ދާއިރާތަކެއް ވަނީ ހިމަނާފައެވެ.

މި އޮނިގަނޑުގެ ދަށުން ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކުގެ ތެރޭގައި އޮފީސް އޮފް ދަ ކޮމިޝަނަރާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި، ޕްރޮފެޝަނަލް ސްޓެންޑަރޑްސް އަދި ނޭޝަނަލް އިންޓެލިޖެންސް ސަރވިސް ހިމެނެއެވެ.

މީގެ އިތުރުން އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓާއި، ފޮރެންސިކް ސަރވިސަސް، ސެންޓްރަލް އިންވެސްޓިގޭޝަންސް، ސަރވިސް ޑިވެލޮޕްމަންޓް، ސަރވިސް ސަޕޯޓް އަދި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ ބައިތައް ވެސް ވަނީ ކޮމާންޑް ލެވެލްގައި ހިމަނާފައެވެ.

ސަރަހައްދީ ގޮތުން ހިދުމަތްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ނޮދަރން ޕޮލިސް އަދި ސަދަރން ޕޮލިސްގެ ނަމުގައި ވަކި ކޮމާންޑްތަކެއް ވަނީ ކަނޑައަޅާފައެވެ. މިއީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

މި އައު އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ. އަދި ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ ވެސް މި ބަދަލުގެ މައިގަނޑު އެއް މަގުސަދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްނޭޝަނަލް އިންޓެލިޖެންސް ސަރވިސްމާލެހުޅުމާލެ

އިތުރަށް ކިޔާލަން

02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
30 މެއި 2026

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

30 މެއި 2026
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ
30 މެއި 2026

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު