Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

ސަރުކާރުން ޓެކްސީގެ ޚިދުމަތްދޭން ފެށީ ރައްޔިތުންނަށް ޓެކްސީ ލިބުން ދަތިވުން ހައްލު ކުރުމުގެ ނަމުގަ. ނަމަވެސް ފެންނަމުންދަނީ އެމަންޒަރެއް ނޫނެވެ. އުފެދެނީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސިއްރުތަކެއް ވާކަމުގެ ސުވާލު.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 12:44
އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީތައް 03.04.2026

އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީތައް 03.04.2026 | އެމްޓީސީސީ

ދިވެހި އެފްއެފްއިން ގެނެސްދެމުންދިޔަ ރޭޑިޔޯ އިންޓަރވިއުއެއް އަޑުއެހީމެވެ. އިންޓަރވިއު ކުރަމުން ދިޔައީ އެމްޓީސީސީގެ އިސް ބޭފުޅަކާއެވެ. އިންޓަވިއުގައި ދައްކަމުންދިޔައީ ސަރުކާރުން އެކުލަވާލި ޓެކްސީ ލައިންގެ ވާހަކައެވެ. އެމްޓީސީސީން ދެމުންދާ ޓެކްސީ ޚިދުމަތާ ގުޅޭ ގޮތުންނެވެ. އިންޓަވިއު އަޑު އަހާފައި ހިތަށް އެރިއެވެ. މިޖެހުނީ ކޮންތާކު ހެއްޔެވެ. މިވެރިން މިދައްކަނީ އަނެއްކާ ކޮން ވާހަކައެއް ބާވައެވެ.

އެމްޓީސީގެ ބޭފުޅާ ވިދާޅުވަމުން ގެންދެވިއެވެ. މާލެ ތެރޭގެ މަގުތައް ހުންނަ ގޮތުންނާއި ޓްރެފިކްގެ ކަންކަން ހުންނަ ގޮތަކީ ޚިދުމަތް ދިނުމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުން ކަމުގައެވެ. ދެންވެސް ވިދާޅުވި އަނެއް ވާހަކައެއްވެސް ވަރަށް ފާހަގަ ކުރެވުނެވެ. ޓެކްސީއަށް އެދުމުން ކަސްޓަމަރު ހުންނަ ތަނަށް ޓެކްސީއަށް ދެވޭއިރު، ކަސްޓަމަރަށް ބައެއް ފަހަރަށް ނުނުކުމެވޭތީ ދިމާވާ ދަތިކަމުގެ ވާހަކައެވެ.

ހިތަށް އެރިއެވެ. ޓެކްސީ ޑްރައިވަރުންވެސް ދައްކަނީ ހަމަ އެވާހަކައެވެ. އެވެރިންވެސް ބުނެއެވެ. ޓެކްސީ ލިބުމުގައި މައިގަނޑު ދަތިވާ ސަބަބަކީ އެއީއެވެ. މަގުތައް ހުންނަ ގޮތުން ޓެކްސީ ބޭނުންވާ މީހާއާ ހަމައަށް ވާސިލްވުމުގައި ދިމާވާ ދަތިކަމެވެ. މަގުތަކުގެ ތޮއްޖެހުމާއެކު ދުއްވާ ނުލެވޭ ވާހަކައެވެ. މަގުގެ ދެފަރާތުގައާއި ގޯޅިގޯޅި ކަންކަން މަތީގައި ޕާކްކޮށްފައި ހުންނަ ސައިކަލްތަކުގެ ސަބަބުން ޓެކްސީއަށް ދުއްވާލަން ދަތިވުމެވެ. އެ ދައްޗާއެކު މާލޭގެ އެތެރޭގެ ދަތުރުތައް ކުރުމަށް އުނދަގޫވުމެވެ. ދަތުރު ނަގައިގެން އެއުނދަގޫ ތަހައްމަލްކޮށް ކަސްޓަމަރު ހުންނަ ހިސާބަކަށް ދެވޭއިރު ބައެއް ފަހަރަށް ޓެކްސީ ހޯދަން އުޅުނު ކަސްޓަމަރަށް ތައްޔާރު ނުވެވުމެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް އާދެވެންދެން އެތާ މަޑުކުރަން ޖެހުމުން އެހެންމީހުން އަޅާ ބަރުގޮނާ ހެދި އެތަނުން ނައްޓާލަން ޖެހޭ ވާހަކައެވެ. ނޫންނަމަ އެހާ ހިސާބަށް ދެވޭއިރަށް އެހެން ކާރަކަށް އަރައިގެން ކަސްޓަމަރު ނައްޓާލުމެވެ. ދަތުރު ނަގައިގެން ދުއްވި ޓެކްސީއަށް ލިބޭ ކޮޅުކެއްސެވެ.

ދެން ދިމާވަނީ އެންމެން އެއް ފަހަރާ ޓެކްސީއަށް ބޭނުންވުމުގެ މައްސަލައެވެ. ވިހިއަހަރުކުރިން ފެށިގެން ޓެކްސީ ދުއްވަމުން އަންނަ ޑްރައިވަރަކު މިސާލު ދައްކަމުން ކިޔައިދިނެވެ. ހުޅުމާލެއިން ހެނދުނު އޮފީހަށް މާލެއިން އަންނަ މީހުންގެ ވާހަކައިން އޭނާ ފެށިއެވެ. ޓެކްސީ ބޭނުންވަނީ އެއްފަހަރާ އެއް ވަގުތެއްގައެވެ. ދުއްވަން ޖެހެނީ އެންމެ ބުރިޖަކުންނެވެ. ކިތައްމެ ގިނަ ޓެކްސީއެއް އޮތަސް ކިއޫގައި ނޯވެ ދެވޭނެ ގޮތެއް ނޯވެއެވެ. ގަޑި ނުޖައްސާ ކަސްޓަމަރު އޮފީހަށް ގެންދަން ބޭނުންވިއަސް ކުރެވޭނެ ކަމެއް ނެތެވެ. އޮފީސް ނިމޭ ގަޑިތަކާ ސްކޫލްތަކަށް މަގުތައް ބަންދުކުރުމުން ދެން އެއަންނަ ޓްރެފިކާއެކު ކާރެއް މާލޭ މަގުމަތީގައި ދުއްވާލުމަކީ އިތުރަކަށް ކިޔައިދޭން ޖެހޭވަރުގެ ވާހަކައެއް ނޫނޭ އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުންނަމަ ދެން އަންނަނީ ހުކުރު ދުވަސްފަދަ ބަންދު ދުވަސްތަކެވެ. ނޫންނަމަ ހުޅުމާލޭގައި ހަރަކާތެއް އޮންނަ ދުވަސްތަކެވެ. އެންމެން އެއްފަހަރާ ޓެކްސީ ބޭނުންވެ އެގަޑީގައި އެހާގިނަ ޓެކްސީތައް ދުއްވަން މަގުމައްޗަށް ނުކުތީމާ ދެން ބޮޑުވާ ބާރުބޮޑުވުމެވެ.

އޭނާ ބުނީ ޓެކްސީ ލިބުން ދަތިވާ މިއީ ބައެއް ސަބަބު ކަމަށެވެ. އެކަމަކު އެވާހަކަތައް ކިޔައިދެމުން އޭނާ އެހެން ވާހަކަތަކެއްވެސް ކިޔައިދިނެވެ. އޭނާ ބުނީ ގިނަ މީހުން ދުއްވަނީ މީހުންގެ ކާރެވެ. ދުވިއަސް ނުދުވިއަސް ވެރިމީހާއަށް ދުވާލަކު 300 ރުފިޔާ ނުވަތަ 350 ރުފިޔާ ދޭން ޖެހޭނެއެވެ. އޮޅިގެންވެސް ގަވާއިދާ ޚިލާފް ކަމެއް ޑްރައިވަރަކަށް ކުރެވިއްޖެ ނަމަ މަދުވެގެން 700 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. އެވަރުން އުޅެނިކޮށް ކާރަށް ކަމެއް ދިމާވެއްޖެނަމަ އެދެން ކަންތަކާ ޖެހުނީއެވެ. އެއެއްޗެއް ހޯދުމުގައި ހުރި ދަތިކަމާއި އެއެއްޗެއް ލިބޭ ބޮޑު އަގެވެ. އެކަން ހައްލުނުވެ ކާރު ނުދުއްވި ބޭއްވޭ ކޮންމެ ދުވަހަކީ ފޫނުބެއްދޭވަރުގެ ދަތިކަމަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. އަސަރާއެކު އެވާހަކަތައް އެހެން ކިޔައިދިނުމަށްފަހު އޭނާ ކުރީ ސުވާލެކެވެ. މިކަންކަމާ ހުރެ އެއްވެސް ޑްރައިވަރަކު ދަތުރު ނުކޮށް ކާރު ބާއްވާލައިގެން އޮންނާނެ ހެއްޔޭއެވެ. ނޫންނަމަ އޭނާގެ ދިރިއުޅުމުގެ ޚަރަދުތަކަށް ފުދޭވަރު އަވަހަށް ހޯދައިގެން އަނބިދަރިން ގާތައް ގެއަށް ދާން ބޭނުން ނުވާނެ މީހަކު ހުންނާނެ ހެއްޔޭއެވެ.

ނިންމާލަމުން ކަސްޓަމަރުންނަށްވެސް އޭނާ ސުވާލެއް ކުރިއެވެ. ޓެކްސީ ނުލިބުން ހައްލު ކުރުމަށް ގެނައި ކާރުތަކުން އެކަން ހައްލު ވެއްޖެހެއްޔޭވެ. މިހާރު ކާރު ފަސޭހައިން ލިބޭ ހެއްޔޭއެވެ. ސުވާލު ނިންމާލަމުން ޖަވާބެއްވެސް އޭނާ ދިނެވެ. ޖަވާބުގައި އޭނާވެސް ބުނީ ސޯޝަލް މީޑިޔާގައި އާއްމުން ކޮމެންޓްތަކުގައިވެސް ދައްކާފައި ހުންނަ ވާހަކަތަކެވެ. ސަރުކާރު ޓެކްސީ ގެނަޔަސް އެކަމަށް ހައްލެއް ނާންނަ ވާހަކައެވެ. ކާރު ލިބުމުގައި ދަތިވާހަކައެވެ. ޑްރައިވަރުވެސް ބުނީ ހަމަ އެވާހަކައެވެ. އޭނާގެ ކާރަށް އަރާ އެންމެންވެސް ބުނަނީ ހަމަ އެހެން ކަމަށެވެ. ސަރުކާރު ޓެކްސީވެސް ނުލިބޭ ވާހަކަ ކަމަށެވެ.

އޭނާގެ މިވާހަކަތަކާއި ގުޅުވާލެވެނީ ހުރިހާ ޚަރަދެއް ކޮށްގެން ޑްރައިވަރުންނަށް މުސާރަވެސް ދީގެން ސަރުކާރުގެ ޓެކްސީ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީ ބޭފުޅާވެސް އެވިދާޅުވާ ގޮތައް އެދަތިތައް ހުރެއްޖެނަމަ ޓެކްސީ ދުއްވަން ދަތިވާނެ ކަމެވެ. ކާރު ނުދުއްވޭނަމަ ކަސްޓަމަރު ބޭނުންވާ ވަގުތަކު ބޭނުންވާ އަވަހަކަށް ކާރެއް ލިބުމަކީ މުސްތަހީލް ކަމެކެވެ. ރައްޔިތުންނަށްވެސް ސާފުވީ އެކަމެވެ. ޓެކްސީ ނުލިބެނީ އެހެންވެގެން ކަމެވެ.

ކޮންމެއަކަސް ކިތަންމެ ކާރެއް އަދި ސަރުކާރުން ގެނެޔަސް އެކާރުތައް ދުއްވޭނޭފަދަ ގޮތަކަށް މާލޭ މަގުތައް ބަދަލު ނުވާނަމަ ނޫނީ އެވަރުގެ ބޮޑު ޓްރެފިކަކާއެކު އެއީ އަދި ހައްލުވާނެ ކަމެއް ނޫނެވެ. ދިމާވެގެން އުޅެނީ އެމައްސަލައެވެ. ސަރުކާރުން އަދި ކާރުތަކެއް ގެނެސް މަގުމައްޗައް އަޅާލުމަކުން އެމީހުން އެހީކުރި ގޮތަކަށް އެކަމެއް ނުވިއެވެ. އެވާހަކަ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ކެނޑިނޭޅި ދައްކަމުންދިޔައެވެ. ސަރުކާރުގައި އާދޭސް ކުރަމުން ދިޔައެވެ. އެކަމަކު އެވާހަކަތަކަށް ބީރު ކަންފަތެއްދީ ގަދަ ބަސްބުނެފައި ގެނައި ކާރުތައް ގެނައުމުގައި ފޮރުވިފައިވާ އެހެން ކަމެއް އޮތުމަކީ ކައިރި ކަމެކެވެ. އެވާހަކަ އެތައް ބަޔަކު އެތައް ގޮތަކަށް އެދަނީ ޔޯލަ ކޮށްލާފައި ދައްކަމުންނެވެ. އަދި ކޮންމެވެސް ދުވަހަކުން ހަގީގަތް ހާމަވާނެ ކަމަށް ބުނަމުންނެވެ. އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ސަރުކާރު ޓެކްސީ އެޕްގެ ވާހަކައިން އެކަނިވެސް އެކަމަށް ބާރު ލިބިދެއެވެ.

އެމްޓީސީސީމާލެހުޅުމާލެ ޓެކްސީ ޚިދުމަތްޓްރެފިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި

ތޭރަ މިލިއަންގެ ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި

03 ޖޫން 2026
ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު