Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެލަވަންސް ލިބުމުގައި ލަސްވުން

ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތް ޖަމާކުރުމުގައި ލަސްތަކެއް އުޅޭކަމަށް އެންސްޕާއިން އެއްބަސްވެފައިވާއިރު، އެ އިދާރާއިން ބުނަނީ ފައިސާ ފޮނުވުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 1 ޖޫން 2026 | ހޯމަ 12:18
އެންސްޕާގެ ނަން ބޯޑު ފެންނަ ފޮޓޯ އެއް

އެންސްޕާގެ ނަން ބޯޑު ފެންނަ ފޮޓޯ އެއް | ސޯޝަލް މީޑިއާ

އެންސްޕާގެ ފަރާތުން ޚާއްޞަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭކަން ހާމަވެއްޖެ އެވެ.

އާއްމުކޮށް މަސް ނިމުމުގެ ކުރިން އެ ފައިސާ ޖަމާވި ނަމަ ވެސް މޭއި މަސް ނިމުނު އިރު ވެސް އެ މަހުގެ އެލަވަންސް ދީފައި ނުވާތީ އާއްމުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންވެ. 

މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެންސްޕާ އަށް ގުޅުމުން ވިދާޅުވީ އެލަވަންސް ޖަމާކުރުމަށް އެ އިދާރާ އިން ވަނީ ފޮނުވާފައި ކަމަށެވެ. އެހެންނަމަވެސް ލަސްތަކެއް އުޅޭކަމަށް ބެލެވޭ ކަމަށް އެ އިދާރާ އިން ވަނީ ފާހަގަކުރައްވާފަ އެވެ. އެންްސްޕާ އިން އެލަވަންސްގެ ފައިސާ ފޮނުވި ކަމަށް ބުނަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން އެ އިދާރާ އިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވީ އެކަން ޖެހޭނީ ކަމާއި ގުޅުން ހުރި ސެކްޝަން އަށް ގުޅުމަށް ފަހު ޖަވާބުދޭނެ ކަމަށެވެ. 

"ޑީލޭ އެއް އައި. އަޅުގަނޑުމެން ފިނޭންސް އަށް ފޮނުވާފަ ވީ. ލިބޭނެ ކަމަށް ވިދާޅުވި." އޭނާ ވިދާޅުވި އެވެ.

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ހޯމަ ދުވަހު ދީފައިވާ ކަމަށް އެ އިދާރާ އިން ބުނި ނަމަވެސް ހޯމަ ދުވަހު މެންދުރާއި ހަމައަށް ދިޔަ އިރު ވެސް ބައެއް ފަރާތްތަކަށް އެ ފައިސާ ލިބިފައި ނުވާތީ ބައެއް ބެލެނިވެރިން ވަނީ އެ މައުލޫމާތު ރާއްޖެއެމްވީ އާއި ހިއްސާކޮށްފަ އެވެ. 

އެންސްޕާގެ ފަރާތުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އިނާޔަތް ފޯރުކޮށް ނުދީ ލަސްވާތީ އެ ކަންބޮޑުވުން ބައެއް އާއްމުން ދަނީ ދޭތެރެ ދޭތެރެއިން މި ނޫހާއި ވެސް ހިއްސާކުރަމުންނެވެ. އެންސްޕާ އިން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިނާޔަތް ނުދީ ލަސް ކުރި އިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުން ވެސް ނިމިދިޔަ މަހު ވަރަށް ބޮޑަށް ލަސްވެފައިވެ އެވެ.

އެންސްޕާޚާއްސަ އެހީއެލަވަންސް ރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
28 މެއި 2026

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

28 މެއި 2026
ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
26 މެއި 2026

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

26 މެއި 2026
ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި
23 މެއި 2026

އަދުލު އިންސާފުގެ ނިޒާމަކީ ރައްޔިތުންގެ އެއްޗެއް، އެ ނިޒާމު ހަތިޔާރަކަށް ހަދައި ރައްޔިތުންނަށް އަދަބު ދިނުން ވާނީ ހަމަނުޖެހޭ ކަމަކަށް: ކުރީގެ އުއްތަމަފަނޑިޔާރު

23 މެއި 2026
އަދުލު އިންސާފުގެ ނިޒާމަކީ ރައްޔިތުންގެ އެއްޗެއް، އެ ނިޒާމު ހަތިޔާރަކަށް ހަދައި ރައްޔިތުންނަށް އަދަބު ދިނުން ވާނީ ހަމަނުޖެހޭ ކަމަކަށް: ކުރީގެ އުއްތަމަފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު