Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާ

ސީޝެލްސްގެ ސަލާމަތީ ބާރުތަކުން ސްރީލަންކާގެ މަސްބޯޓެއް އަންދާލައި، އޭގައި ތިބި ހަ މަސްވެރިން ހައްޔަރުކުރި މައްސަލަ ހޫނުވެއްޖެ

ބޯޓުގެ ވެރިފަރާތުން ބުނީ ކަނޑުމެދުގައި ބޯޓު އަންދާލައިގެން ނުވާނެ ކަމަށާއި، މީގެ ކުރިން އިންޑިއާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް އެމީހުންގެ ބޯޓުފަހަރު ހިފަހައްޓައި މަސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ބޯޓެއް މިގޮތަށް އަންދާލާފައެއް ނުވާ ކަމަށް.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 19:00
ސީޝެލްސްގެ ސަލާމަތީ ބާރުތަކުން ސްރީލަންކާގެ މަސްބޯޓެއް އަންދާލި ކަމަށް ލަންކާގެ މަސްވެރިންގެ ޖަމްއިއްޔާ އަކުން ވަނީ ބުނެފައި

ސީޝެލްސްގެ ސަލާމަތީ ބާރުތަކުން ސްރީލަންކާގެ މަސްބޯޓެއް އަންދާލި ކަމަށް ލަންކާގެ މަސްވެރިންގެ ޖަމްއިއްޔާ އަކުން ވަނީ ބުނެފައި | ޑެއިލީ މިރަރ

ސީޝެލްސްގެ ސަލާމަތީ ބާރުތަކުން ސްރީލަންކާގެ މަސްބޯޓެއް އަންދާލައި، އޭގައި ތިބި ހަ މަސްވެރިން ހައްޔަރުކުރި މައްސަލަ ހޫނުވެ ރަސްމީކޮށް ތަހުގީގުކޮށްދިނުމަށް "އޯލް ސިލޯން މަލްޓި-ޑޭ ޓްރޯލަރ އޯނާސް އެސޯސިއޭޝަން" އިން ބައިނަލްއަގުވާމީ އިދާރާތަކަށާއި ލަންކާ ސަރުކާރަށް ގޮވާލައިފިއެވެ.

މި ޖަމިއްޔާގެ ސެކްރެޓަރީ ރުވަން ފެނާންޑޯ އާ ހަވާލާދީ ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ވެންނަޕުވަގެ ވެލަމަންކަރަ ބަނދަރުން ހަ މީހުންނާއެކު ފުރި މި މަސްބޯޓު ސީޝެލްސްގެ ސަލާމަތީ ބާރުތަކުން ހިފަހައްޓާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ފާހަގަކުރި ގޮތުގައި، މަސްވެރިން ހައްޔަރުކުރުމަށްފަހު އެ ބޯޓުގައި ވަނީ އަލިފާން ރޯކޮށް އަންދާލާފައެވެ. އެހެންކަމުން، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ލަންކާ ސަރުކާރާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރިއަށް ގެންދަންޖެހޭނެ އެވެ.

ބޯޓު ހިފެހެއްޓިކަމާއި، ހައްޔަރުކުރި ހަ މަސްވެރިންނާމެދު އަޅާނެ ފިޔަވަޅަކާ ބެހޭގޮތުން ސީޝެލްސްގެ ކަމާބެހޭ ފަރާތްތަކުން އަދި ލަންކާ ސަރުކާރަށް ރަސްމީކޮށް އަންގާފައެއް ނުވޭ. އެކަމަކު މިހާރުވެސް ބޯޓު އެވަނީ ނައްތާލާފައި. މިފަދަ ފިޔަވަޅެއް އަޅަންވާނީ ލަންކާ ސަރުކާރަށް އެކަން އެންގުމަށްފަހު." 
ފެނާންޑޯ

މީގެ އިތުރުން، ބޯޓުގައި ހުރި 10،000 ލީޓަރުގެ ޑީސަލާއި، އިންޖީނު ތެލާއި، ފައިބަރު ފަދަ ތަކެތި ކަނޑަށް އެޅުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ. 

ބޯޓުގެ ވެރިފަރާތް ކަމަށްވާ ސުސިލް ފެނާންޑޯ ބުނި ގޮތުގައި، ޑިސެމްބަރު 24 ހިސާބުގައި މޮރިޝަސް ކައިރީގައި އުޅެނިކޮށް މަގު އޮޅިގެން ބޯޓަށް ސީޝެލްސްގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީއެވެ.

އަހަރެންގެ މަސްވެރިންގެ ދިފާއުގައި ވާހަކައެއް ނުދައްކާނަން. ގަވާއިދާ ހިލާފުވެފައިވާނަމަ އެމީހުންނަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ. ނަމަވެސް، ކަނޑުމެދުގައި ބޯޓު އަންދާލައިގެން ނުވާނެ. މީގެ ކުރިން އިންޑިއާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް އަހަރެމެންގެ ބޯޓުފަހަރު ހިފަހައްޓައި މަސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާފައިވޭ. އެކަމަކު ދުވަހަކުވެސް ބޯޓެއް މިގޮތަށް އަންދާލާފައެއް ނުވޭ. ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަންނަ އިންޑިއާގެ ބޯޓުފަހަރާމެދު ވެސް ލަންކާ ސަރުކާރުން އަމަލުކުރަނީ މިފަދަ ގޮތަކަށް ނޫން،" 
ބޯޓުގެ ވެރިފަރާތް

ޖަމިއްޔާގެ ސެކްރެޓަރީ ރުވަން ފެނާންޑޯ އިތުރަށް ބުނީ، ކަނޑުމެދުގައި ބޯޓު އަންދާލުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ތިމާވެށި ޖަމިއްޔާތަކުން ވަކި ތަހުގީގެއް ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި ސީޝެލްސްގެ ސަރުކާރާ އެކު ލަންކާ ސަރުކާރުން މަޝްވަރާކޮށް ހައްލެއް ހޯދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސްދަރު: ޑެއިލީ މިރަރ

ސީޝެލްސް-ސްރީލަންކާމަސްވެރިކަންގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

07 ޑިސެމްބަރު 2025
ދިއްފުށި ކައިރި މަސްވެރިކަން ކުރަނިކޮށް ލަންކާ މަސްބޯޓެއް އަތުލައިގެންފި

ދިއްފުށި ކައިރި މަސްވެރިކަން ކުރަނިކޮށް ލަންކާ މަސްބޯޓެއް އަތުލައިގެންފި

20 އޯގަސްޓު 2025
 އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ފެށުމަށް ސާމާނު ގެންގޮސްފި

އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ފެށުމަށް ސާމާނު ގެންގޮސްފި

02 ޖުލައި 2025
މަސް ހިފަން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަސް ހިފަން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

04 ޖޫން 2025
މިހާރު 48 ގަޑި އިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭތީ މަސްވެރިކަމަށް އަނބުރާ ދާ ދިވެހިން ގިނަ – ރައީސް

މިހާރު 48 ގަޑި އިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭތީ މަސްވެރިކަމަށް އަނބުރާ ދާ ދިވެހިން ގިނަ – ރައީސް

17 އެޕްރީލު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު