Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރުން ޒިންމާއިން ރެކިވަޑައިގަންނަވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ވަކިން ޚާއްސަކޮށް، ކޫއްޑޫއިން ތެޔޮ ހުސްވުމާއި ގަސްކާނާގެ އަގު އުފުލުމުގެ މައްސަލައިގައި ވަޒީރު ޝިޔާމް ވަނީ ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވާފައި. އެހެންކަމުން، ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގެ ބަހަނާ ދެއްކުމުގެ ބަދަލުގައި، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާ ގުޅިގެން މިކަންކަމަށް އަމަލީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުން ދަނީ ގޮވާލަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 12:19
19 އޭޕްރީލް 2026 ގައި ބޭއްވި ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ.

19 އޭޕްރީލް 2026 ގައި ބޭއްވި ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ސީދާ ސުވާލަށް ޖަވާބު ނުދެއްވާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. ގިނަ ފަހަރަށް ބޮޑެތި މައްސަލަތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސުވާލު ކުރާއިރު، އެކަން ސަމާލުކަމަށް ވެސް އައިސްފައިނުވެ އެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމުގެ ބަދަލުގައި، ހުރިހާ ކަމެއް ބައިނަލްއަގުވާމީ ހަމަނުޖެހުންތަކާ ގުޅުވައި، ޒިންމާއިން ރެކުމުގެ ސަގާފަތެއް ވަނީ އުފެދިފަ އެވެ. 

19 އޭޕްރީލް 2026 ގައި ބޭއްވި ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުން ވެސް ފެނިގެންދިޔައީ  އެ މަންޒަރެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމަށް، ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ އެންމެ އަސާސީ މައުލޫމާތު ވެސް އެނގިވަޑައި ނު ގަންނަވާކަން އެ ދުވަހު ވަނީ ހާމަވެފަ އެވެ. އެގޮތުން، ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ދެ ދުވަސް ވަންދެން ހުސްވިކަން މިނިސްޓަރަށް އެނގިވަޑައިގެންފައި ނެތުމަކީ ސިނާއަތުގެ ހިންގުން ބޮއްސުންލާފައި އޮތް މިންވަރު ހާމަކޮށްދޭ ކަމެއްނޫންތޯ އެވެ. 

މީގެ އިތުރުން ދަނޑުވެރިންގެ ޝަކުވާތަކާ ގުޅިގެން ވަޒީރު ޝިޔާމް ދެއްވި ޖަވާބުތަކުން ވެސް މި ސިނާއަތް ވެސް އޮތީ މިފަދަ ހާލަތެއްގައިކަން ހާމަވެ އެވެ.

ދަނޑުވެރިންނަށް އެންމެ ބޭނުންވާ ގަސްކާނާ ނުލިބޭ މައްސަލަ އާއި، އަގު އިންތިހާއަށް އުފުލެމުންދާ މައްސަލައިގައި ވަޒީރު ދެއްކެވީ ވަޒީރެއްގެ ފެންވަރުގެ ވާހަކަތަކެއް ނޫނެވެ. ދަނޑުވެރިން ބޭނުންވަނީ ޔޫރިއާ ފަދަ ތަކެތި ހެޔޮ އަގުގައި ލިބޭނެ ގޮތްތަކާއި، މިހާރު ހުރި ދަތިތަކަށް އޮތް ސީދާ ހައްލެކެވެ. ނަމަވެސް، ވަޒީރުގެ ވާހަކަފުޅުތައް ހުރީ އާދައިގެ މީހަކު މަގުމަތީގައި ދައްކާ ފަދަ، އެއްވެސް އިލްމީ ބުރަދަނެއް ނެތް ގޮތަކަށެވެ.

ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރާ ބާވަތެއް. އެންމެ ގިނައިން ބޭނުންކުރެވޭ ބާވަތް ކަމުގައި ޔޫރިއާ. ޔޫރިއާ މި ވަގުތު ލިބުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް އެބަހުރި. އެއީ އިރާނަކީ ޔޫރިއާ އުފައްދާ 5 ވަނައަށް އެންމެ ގިނައިން ޔޫރިއާ އުފައްދާ ގައުމު ކަމުގައި ވާތީއާއި އެކީގައި މިޑްލްއީސްޓަކީ މީގެ 31 ޕަސެންޓް ހިއްސާކުރާ، ނޫނީ މި އުފައްދަނީ މެޑްލްއީސްޓުން ކަމަށްވާތީއާ އެކީގައި. ދެން ބައެއް އެހެން އަޅުގަނޑުމެން މި ދަންނަވަން، ދިވެހިރާއްޖެއަށް މި ޔޫރިއާ އެތެރެކުރާ ގައުމުތަކުން ކޮންމެވެސް އެކި ހިސާބުތަކުގައި މި ޔޫރިއާ އުފެއްދުން. ނޫނިއްޔާ އެކްސްޕޯޓުކުރުން މަނާކުރެވިފައިވާތީއާއެކު ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް އެބަހުރި ގަސްކާނާ ވަކިން ޚާއްސަކޮށް ޔޫރިއާ ލިބުމުގައި އިނގޭތޯ. އެހެންނޫނިއްޔާ ދެން މާ ބޮޑު، މާ ބޮޑު ދެން ހުންނަ އާއްމުކޮށް މި ހުރި ކަންތައްތައް އެއީ. ދަނޑުވެރިކަމުގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަތައް ދެއްތޯ. ކަރަންޓު ބޭނުންކޮށްގެން ކުރަންޖެހޭ ހޭދަތަކުގައި އެބަހުރި ގޮންޖެހުންތައް. 
ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

މިފަދަ ހުރިހާ މައްސަލައެއް ނުވަތަ ރާއްޖޭގައި ދިމާވާ އިގްތިސާދީ ކޮންމެ ދަތިކަމެއް އެމެރިކާ، އިޒްރޭލު އަދި އިރާނުގެ މަސްރަހާ ގުޅުވި ނަމަވެސް މިއީ އޮޅުވާލުމަށް ސަރުކާރުން ކުރާ ކަމެއްކަން ރައްޔިތުންނަށް އެނގެ އެވެ. މި ހަނގުރާމަ ފެށުމުގެ މާ ކުރިން ވެސް ރާއްޖޭގައި ގަސްކާނާގެ އަގުބޮޑުވެ، ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ބުނެ ދަނޑުވެރިން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ. އަދި ގަސްކާނާ ޕެކެޓަކުން 30 ރުފިޔާ ބޮޑުވެ ވަރަށް ދަތިވެފައިވާ ކަމަށް ބުނަމުންދިޔައީ ދަނޑުވެރިންނެވެ. ނަމަވެސް މިކަންކަން އޮޅުވާލުމަށްޓަކައި ވަޒީރު ޝިޔާމް ހަނގުރާމައާ ގުޅުވި ނަމަވެސް މިއީ މިސަރުކާރުގެ ހިންގުމުގެ ނިޒާމުގައި ހުރި ބަލިކަށި ކަމެއް ނޫންތޯ އެވެ. 

ވަޒީރު ޝިޔާމް ވިދާޅުވާ ގޮތުގައި ޔޫރިއާ ލިބުމަށް ދަތި ވަނީ އިރާނަކީ އެންމެ ގިނައިން ޔޫރިއާ އުފައްދާ ގައުމަށް ވާތީ އެވެ. ނަމަވެސް، މިއީ ފުރިހަމަ މައުލޫމާތެއް ނޫނެވެ. ދުނިޔޭގައި އެންމެ ގިނައިން ޔޫރިއާ އުފައްދަނީ ރަޝިޔާ، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުންނެވެ. 

އެހެންކަމުން ރާއްޖޭއާއި ހުރިހާ ގޮތަކުން ވެސް ގާތްގުޅުމެއް އޮންނަ އިންޑިއާ ނުވަތަ ރައީސް މުއިއްޒުއާ ގާތްގުޅުމެއް އޮންނަ ކަމަށް ބުނާ ޗައިނާ ފަދަ ގައުމަކުން ރާއްޖޭގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިއްޖެ ނަމަ އެހީވާނެ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ރައްޔިތުން އުންމީދު ކުރަނީ މިފަދަ ބޮޑެތި ގައުމުތަކާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތަކެތި ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ޝިޔާމްގެ ފަރާތުން ފެންނަނީ މައުލޫމާތުގެ ނުބައިކަމާއި، ޒިންމާއިން ރެކުމުގެ ސިފަ އެވެ. ރައްޔިތުން ބޭނުންވަނީ ބައިނަލްއަގުވާމީ ހަނގުރާމަތަކުގެ ބަހަނާ ދެއްކުމުގެ ބަދަލުގައި، ދިވެހި އާއިލާތަކުގެ އާމްދަނީއާ ގުޅިފައިވާ މި ދެ ސިނާއަތް ކުރިއެރުވުމަށް އަމަލީ މަސައްކަތްތަކެއް ކޮށްދިނުމެވެ.

އަޙްމަދު ޝިޔާމްދަނޑުވެރިކަންމަސްވެރިކަންރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

2 ދުވަސް ވަންދެން ކޫއްޑޫއިން މަސްވެރިންނަށް ވިއްކާ ތެޔޮ ހުސްވިކަމެއް މިނިސްޓަރ ޝިޔާމަކަށް އެނގިވަޑައިނުގަންނަވާ

19 އެޕްރީލު 2026
އިންތިޚާބުގެ ނަތީޖާއާއެކު ރައީސް މުއިއްޒު މިހާރުން މިހާރަށް އިސްލާހުވެވަޑައިގެން، މައިކްރޯ މެނޭޖްކުރުން ހުއްޓާލަން ޖެހޭ: މެންބަރު މީކާއީލް

އިންތިޚާބުގެ ނަތީޖާއާއެކު ރައީސް މުއިއްޒު މިހާރުން މިހާރަށް އިސްލާހުވެވަޑައިގެން، މައިކްރޯ މެނޭޖްކުރުން ހުއްޓާލަން ޖެހޭ: މެންބަރު މީކާއީލް

19 އެޕްރީލު 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

16 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު