Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއަރޕާސަންގެ އިންތިހާބު

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ

އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް އަހުމަދު ނަސީމް. މިއަދު މެންދުރުފަހު 2:30 އިން ރޭގަނޑު 8:30 އަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލުމުގެ ފުރުސަތު އޮތީ މިދިޔަ އޭޕްރީލް މަހުގެ 22 އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމާންކަމާއެކު ވޯޓުލުން ކުރިއަށްދާއިރު، މިއީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިހާބެއް.

މަޚްތޫމް
މަޚްތޫމް | 12 ޖޫން 2026 | ހުކުރު 11:13
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުމަށް މަރުކަޒުތައް ތައްޔާރުކުރެވިފައި.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުމަށް މަރުކަޒުތައް ތައްޔާރުކުރެވިފައި. | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ. 

މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8:30 އަށެވެ. މި އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

Advertisement - newsAdvertisement

ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 

ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވޯޓުލުން ފެށިފައިވާ އިރު، މިހާތަނަށް އެއްވެސްތަނެއްގައި މައްސަލައެއް ޖެހިފައި ނުވެ އެވެ. 

ވޯޓުލާން ދާ ފަރާތްތަކުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ގެންދަން ޖެހެ އެވެ. ރަސްމީ ލިޔުމުގެ ގޮތުގައި ބަލައިގަންނަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު)، ޕާސްޕޯޓް، ލައިސަންސް ކާޑް އަދި ޕާސްޕޯޓް ކާޑެވެ. 

މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ. 

އެމްޑީޕީމުހައްމަދު ނަޝީދުމީކާއިލް އަހުމަދު ނަސީމްއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

އިތުރަށް ކިޔާލަން

12 ޖޫން 2026

އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލެވިއްޖެ، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލުކުރާނަން: ރައީސް ނަޝީދު

12 ޖޫން 2026
އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލެވިއްޖެ، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލުކުރާނަން: ރައީސް ނަޝީދު
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
11 ޖޫން 2026

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

11 ޖޫން 2026
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި
11 ޖޫން 2026

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

11 ޖޫން 2026
ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު
11 ޖޫން 2026

ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

11 ޖޫން 2026
ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު