Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއަރޕަރސަން އިންތިޚާބު

ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް މީކާއީލްގެ ޓީމުން ގޮވާލައިފި

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގެ ކަންކަން ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް މީކާއީލް އަހުމަދު ނަސީމްގެ ފަރާތުން ވަނީ ގޮވާލާފައި. އޭނާގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި، ވޯޓު ލިސްޓުން ނަން އުނިކުރުމާއި، މަންދޫބުންނަށް ފާސް ދޫކުރުން ލަސްކުރުމުގެ އިތުރުން ވޯޓު ފޮށިތަކަށް ގެއްލުންދޭ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފައި. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކޮށް، އިންތިޚާބީ އުސޫލުތަކާ އެއްގޮތަށް ކަންކަން ތަރުތީބުކުރުމަށް ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށް އެ ޓީމުން ވަނީ އިލްތިމާސްކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2026 | ހުކުރު 13:51
މީކާއީލް އަހުމަދު ނަސީމް

މީކާއީލް އަހުމަދު ނަސީމް | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ފަރާތުން އިންތިޚާބީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

އިންތިޚާބީ ކަންބޮޑުވުންތައް ފާޅުކޮށް މީކާއީލްގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބުގެ ކަންކަން ވީހާވެސް އޮމާންކަމާއި، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ޕާޓީ އޮފީހުން ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އިދިކޮޅު ކެންޑިޑޭޓްގެ ފަރާތުން ރޭވިގެން އެފަރާތައް އުއްމީދުކުރެވޭ ނަތީޖާ ނުނެރެވޭ ކަމަށް ފެންނަ ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ފާސްދިނުން ލަސްކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ފ. ފީއަލީ ލިސްޓުގައި ހިމެނޭ މީކާއީލްއަށް ތާއިދުކުރާ ބައެއް މީހުންގެ ނަން ލިސްޓުން އުނިކުރެވިފައިވާ ކަން ފާހަގަވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ފޮށި ބެހެއްޓިފައިވާ ތަނުން ފޮށި ނަގައިގެން ގެންދިޔަކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގދ. ފިޔޯރީ ވޯޓު ފޮށި ފަޅާލައި، އެކަން ރަނގަޅު ނުކޮށް، ވޯޓު ލާ މައްސަލައެއް ވެސް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު، ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔުމަށް، ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަށާ ޕާޓީގެ އެންމެހާ ފަރާތްތަކަށް، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ ޓީމުން ވަނީ ގޮވާލާފައެވެ.

 

އެމްޑީޕީމީކާއިލް އަހުމަދު ނަސީމްފީއަލިގދ. ފިޔޯރީގަލޮޅު ދެކުނު ދާއިރާ

އިތުރަށް ކިޔާލަން

12 ޖޫން 2026

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ

12 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ
12 ޖޫން 2026

އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލެވިއްޖެ، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލުކުރާނަން: ރައީސް ނަޝީދު

12 ޖޫން 2026
އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލެވިއްޖެ، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލުކުރާނަން: ރައީސް ނަޝީދު
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
11 ޖޫން 2026

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

11 ޖޫން 2026
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި
11 ޖޫން 2026

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

11 ޖޫން 2026
ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު