Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކ. ކާށިދޫ

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރާނަމަ ފިޔަވަޅު އަޅާނަން: ކާށިދޫ ކައުންސިލް

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް ކެމިކަލް ބޭސް ބޭނުންކުރާ ކަމުގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ސަރަހައްދުތައް މޮނިޓަރުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކާށިދޫ ކައުންސިލުން ވަނީ ދީފައި. ބިދޭސީން ކުރާ މިފަދަ އަމަލުތަކުގެ ޒިންމާ އެ މީހުން ގެންގުޅޭ ފަރާތްތަކުން އުފުލަންޖެހޭނެ ކަމަށާއި، މިއީ އާންމުންގެ ސިއްހަތަށް ހުރި ނުރައްކަލެއް ކަމަށް ކައުންސިލުން ފާހަގަކުރޭ. އެހެންކަމުން ކުޑަކުދިންނާއި ބަލިމީހުންނަށް ލިބިދާނެ ގެއްލުމަކަށް ބަލައި، މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2026 | ބުރާސްފަތި 08:44
ކ.ކާށިދޫ، މިއީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް.

ކ.ކާށިދޫ، މިއީ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް. | ސޯޝަލްމީޑިއާ

ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ބޭނުން ކޮށްގެން ދަނޑުވެރކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. 

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް އަނެއްކާ ވެސް އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައިވާ ގޯތިތަކާއި ދަނޑުތަކުގައި ކެމިކަލް ބޭސް ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

ކައުންސިލުން ބުނީ، ކެމިކަލް ބޭސް ބޭނުންކުރުމުގެ އާއްމު މިންގަނޑުތަކާއި ހިލާފަށް އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތް ކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުންކުރާ ނަމަ އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން ނަގަން ޖެހޭ ކަމަށެވެ. 

ކައުންސިލުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގޯތިތަކާއި އަވަށާއި ކައިރީގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތައް ބަލައި، މޮނިޓަރކުރާނެ ކަމަށެވެ. އަދި ކެމިކަލް ބޭސް ބޭނުންކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ކައުންސިލުން ވަނީ މިފަދަ އަމަލުތަކަކީ ބަލި މީހުންނާއި ކުޑަ ކުދިން، ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު އަމަލުތަކަކަށްވާތީ މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކޮށްފަ އެވެ.

ކ. ކާށިދޫކެމިކަލް ބޭސްދަނޑުވެރިކަން

އިތުރަށް ކިޔާލަން

18 މެއި 2026

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

18 މެއި 2026
މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި
20 އެޕްރީލު 2026

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

20 އެޕްރީލު 2026
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟
02 އެޕްރީލު 2026

ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

02 އެޕްރީލު 2026
 ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން
21 ފެބުރުއަރީ 2026

އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟

21 ފެބުރުއަރީ 2026
އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު