Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތޮއްޑޫގެ ތަރައްގީ

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

2024 ޑިސެމްބަރުގައި ވަޑައިގެން ވެވަޑައިގެންނެވި އެއްވެސް ވައުދުފުޅެއް ނުފުއްދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 14:04
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ - 20 އޮގަސްޓް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ - 20 އޮގަސްޓް 2025

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އއ. ތޮއްޑޫގައި އިމާރާތްކުރަން ފެށި 30 އެނދުގެ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ޞިއްހީ ވުޒާރާގެ، ކަމުގެ ފަންނީ ބޭފުޅުން ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ.

މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ. މިއީ ކުވައިތު ފަންޑުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 30 އެނދުގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒު ގާއިމްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަވާލުކުރި މަސައްކަތެކެވެ. ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖަައްސައިދިނެވެ.

ނަމަވެސް ސަރުކާރު ބަދަލުވެ އެ ފަންޑަކީ މި ސަރުކާރުން ހޯދި ފަންޑެއްކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުން ވަނީ އެ ފަންޑު އަނބުރާ ގެންދިޔަކަމަށް ވިދާޅުވެފައެވެ. މަޖިލީހުގައި ހެލްތް މިނިސްޓަރުކަމުގައި ހުންނެވި އިރު ޑރ. އަބްދުﷲ ހަލީލު ދެއްކެވި ވާހަކަ ދޮގުކޮށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެ އެހީ އަނބުރާ ނުގެންދާ ކަމަށެވެ.

ތޮއްޑޫގައި އިމާރާތްކުރަން ނިންމި 30 އެނދުގެ ސިއްހީ މަރުކަޒުގެ ބިޑަށް ހުޅުވާލީ އެޕްރީލް 6 2023 ގައެވެ.

ތޮއްޑޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ގައު އަތުރައިގެން ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ހުރިހާކަމެއް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ތޮއްޑޫއަކީ ދަޑުވެރިކަމަށް ޚާއްޞަ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް، އުފައްދަވައި އެ ފެކަލްޓީ ގެ އިމާރާތް ޤާއިމްކުރުމުގެ މަޝްރޫޢުވެސް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ އިގްތިޞާދީ ތަރައްޤީއަށް ސަރުކާރުން އިތުރަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން، ތޮއްޑޫއަށް ޚާއްޞަ ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށްދެއްވައި އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށާނެކަން ރައީސުލްމުޖްހޫރިއްޔާ މިއަދު އިއުލާންކުރެއްވިއެވެ.

ރައީސް މުއިއްޒުއިބްރާހިމް މުހައްމަދު ސާލިހުއއ. ތޮއްޑޫކުވައިތު ފަންޑުޞިއްޙީ މަރުކަޒުދަނޑުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު