Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބުޅާތަކަށް ގޯނާކުރުން

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

މި ދުނިޔެއަކީ ޖަނަވާރަށް ރައްކާތެރި ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އަޅާކަމަށް ބުނެފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ޑިސެމްބަރު 2024 | ބުދަ 03:58
ބުޅާ މަރައިގެންނާއި އެތަކެއްޗަށް ގޯނާ ކުރިކަމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވި

ބުޅާ މަރައިގެންނާއި އެތަކެއްޗަށް ގޯނާ ކުރިކަމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވި

ބުޅާތަކަށް ގޯނާކުރުން ހުއްޓާލަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ރާާއްޖޭގެ ބައެއް ރަށްރަށުގައި ވީއްލިގެން މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކޮށް ހާނީއްކަ ކުރުމާއި މެރުމުގެ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި މިއީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މިންގަނޑާ ހިލާފު އަމަލަކަށްވާތީ އެކަން ނުކުރަން ވަރަށް ބޮޑަށް އިލްތިމާސްކުރާކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދަނޑުވެރިކަމަށާއި މުނިފޫހިފިލުވުމަށާއި އިލްމީ ދިރާާސާކުރުމަށާއި އެ ނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.

މިނިސްޓްރީން ބުނީ ޖަނަވާރަށް ރަހުމްކޮށް އަޅާލައި އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާމްދީންވެސް ބާރު އަޅާ ކަމަށެވެ.

އެހެންކަމުން އެއްވެސް ޖަނަވާރަކަށް އަނިޔާވެރިނުވެ ޖަނަވާރުންނަށް އަޅާލައި އޯގާތެރިވުމަށް އެ މިނިސްޓަރީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ބުޅާ ފަދަ ޖަނަވާރުތަކަށް ގޯނާކުރުމާއި މެރުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން ކުށެކެވެ.

ބުޅާ މަރައިގެންނާއި އެތަކެއްޗަށް ގޯނާ ކުރިކަމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެ، ފުލުހުން ވަނީ އެ މައްސަލަތައް ބަލާފަ އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރދަނޑުވެރިކަންމިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
05 ސެޕްޓެމްބަރު 2025

ދ އަތޮޅު ކައުންސިލުން 50 މިލިއަން ރުފިޔާއަށް އެއަތޮޅު މިނިމަސްގަލި ކުއްޔަށްދީފި

05 ސެޕްޓެމްބަރު 2025
ދ އަތޮޅު ކައުންސިލުން 50 މިލިއަން ރުފިޔާއަށް އެއަތޮޅު މިނިމަސްގަލި ކުއްޔަށްދީފި
20 އޯގަސްޓު 2025

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

20 އޯގަސްޓު 2025
2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން
15 މެއި 2025

މަގުމަތީގައި އުޅޭ ބުޅާތަކަށް ވުރެ މި ސަރުކާގެ ސިޔާސީ މުވައްޒަފުން ގިނަ: މޭޔަރ އާޒިމް

15 މެއި 2025
މަގުމަތީގައި އުޅޭ ބުޅާތަކަށް ވުރެ މި ސަރުކާގެ ސިޔާސީ މުވައްޒަފުން ގިނަ: މޭޔަރ އާޒިމް
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު