Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ޝައްމާން

ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލި މައްސަލައިގައި މުންދުއާ ސުވާލު ކުރުމުން ވިދާޅުވީ ''ނަތިން ޓު ސޭ އެބައުޓް ވަޓްސްސޯއެވަރ''

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރޝަމްއާން ބަހައްޓާފައި ހުރި ގޮޅީގެ އޭސީ ނައްޓާލައި، އޭނާއަށް ލިބޭ ބައެއް އިނާޔަތްތައް ކަނޑާލި ކަމަށް ބުނާ މައްސަލައިގައި މުންދު ޖަވާބު ދެއްވަން ވަނީ އިންކާރު ކުރައްވާފައި. މުންދު ވިދާޅުވީ ވަކިވަކި ގައިދީންގެ މައުލޫމާތު ހާމަނުކުރާނެ ކަމަށާއި، މިއީ ސަރުކާރުގެ ތަރުޖަމާނާ ކުރަންޖެހޭ ފަދަ ސުވާލެއް ނޫން ކަމަށް. މި ސަރުކާރުން ހުރިހާ މައުލޫމާތެއް ދެފުށް ފެންނަ ގޮތަށް ހާމަކުރާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، މި މައްސަލައިގައި އިތުރު ތަފްސީލެއް ހޯދުމަށް މުންދު އެދިވަޑައިގަތީ އެޗްއާރްސީއެމްގެ ބަހެއް ހޯދުމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2026 | ބުރާސްފަތި 08:18
ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލި މައްސަލައިގައި ޖަވާބު ދިނުމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ދެކޮޅު ހައްދަވައިފި އެވެ. 

ރާއްޖެއެމްވީން ވަނީ ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލި މައްސަލަައިގައި މުންދުއާ ވަޓްސްއަޕް މެދުވެރިކޮށް ސުވާލު ކޮށްފަ އެވެ. އަދި ޝަމްއާން ބަހައްޓާފައި ހުރި ގޮޅީގެ އޭސީ ނައްޓާލާފައިވާ ކަމާއި، އެއީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ތިބޭ މީހުންނަށް ލިބޭ އިނާއަތެއްކަން ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

ނަމަވެސް މިސުވާލާ ގުޅިގެން މުންދު ވިދާޅުވީ، އޮއްޓަރު ހުރި އެއްޗެއް އަހާފިނަމަ ޖަވާބު ދޭނެ ކަމަށާއި، މިއީ ޚަބަރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއީ ސަރުކާރުގެ ތަރުޖަމާނު ގާތު އަހާ ވަރުގެ ސުވާލެއް ނޫން ކަމަށެވެ.

މި މައުލޫމާތު ދީފައިވަނީ ކަރެކްޝަންސްގައި މަސައްކަތް ކުރާ އޮފިސަރެއްކަން ފާހަގަކުރުމުން މުންދު ވިދާޅުވީ މިކަހަލަ ކިތައް އަޑެއް އިވޭނެ ކަމަށާއި، ނިދީގައި ހުވަފެނުން ވެސް ފެންނާނެ ކަމަށެވެ. 

ތިއީ ކޮންކަހަލަ ސުވާލެއް. ''ނަތިން ޓު ސޭ އެބައުޓް ވަޓްސްސޯއެވަރ'' 
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

މީގެ އިތުރުން މުންދު ވިދާޅުވީ ވަކިވަކި ގައިދީންގެ މައުލޫމާތު މީޑިއާއަށް ނުދޭނެ ކަމަށާއި، ވަކި ސްޓޭންޑަޑްތަކެއް ހުންނާނެ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ކަރެކްޝަންސްގެ ޖަވާބެއް އަދި ނުލިބޭކަން ފާހަގަކުރުމުން މުންދު ވިދާޅުވީ އެ މައުލޫމާތު ނުދޭކަން ޚަބަރުގައި ޖެހުމަށް އެދޭ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އެޗްއާރްސީއެމްގެ ބަހެއް ހޯދުމަށް މުންދު އެދިވަޑައިގެންނެވި އެވެ. 

މުންދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، މިސަރުކާރުން ހުރިހާ މައުލޫމާތެއް ދެފުށް ފެންނަ ހަރުދަނާ ސިޔާސަތެއްގެ ދަށުން ހާމަ ކުރަމުންދާ ކަމަށް މުންދުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ. 

މުހައްމަދު ޝައްމާންރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިތުރަށް ކިޔާލަން

10 ޖޫން 2026

ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި

10 ޖޫން 2026
ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި
23 މެއި 2026

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

23 މެއި 2026
އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ
22 މެއި 2026

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި
14 މެއި 2026

ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ

14 މެއި 2026
ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ
14 މެއި 2026

އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން

14 މެއި 2026
އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު