Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ހުސައިން ޝަރީފް (މުންދު)

ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުން އެއީ އެއީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު މައްސަލައެއް ދިމާވި ސަބަބު ތަރުޖަމާނަކަށް ވިދާޅެއް ނުވެވުނު

8 މެއި 2026 | ހުކުރު 14:47

ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މާލެ ކައިރީގައި ބަނދަރުކުރި ދެ އުޅަނދުގެ މައްސަލަ ސަރުކާރުން ސެކިއުރިޓީ ބްރީޗެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ވަސީލަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް. މިހާރު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ މި ތަހުގީގާ ގުޅޭ އިތުރު ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން ހާމަކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 މެއި 2026 | ހުކުރު 14:47
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) | ރައީސް އޮފީސް

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ދެ އުޅަނދު ބަނދަރު ކުރި މައްސަލައަކީ ސެކިއުރިީޓީ ބްރީޗެއް ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ބޮޑު ކަމެއް ހިނގި ސަބަބު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަކަށް ވިދާޅެއް ނުވެވުނެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމާބެހޭ އެއްވެސް އިދާރާއަކަށް ކުރިން އެންގުމަކާ ނުލައި ރާއްޖެ ސަރަހައްދަށް ވަދެ، ބަނދަރު ކުރި މި ދެ އުޅަނދާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފަ އެވެ.  

Advertisement - newsAdvertisement

އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ މި ދެ އުޅަނދު ރާއްޖެ ސަރަހައްދަށް ވަދެ ބަނދަރު ކުރިތާ ހަފުތާއެއް ފަހުން މި މައުލޫމާތު އެނގިފައިވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވާއިރު މިކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް މުންދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް އުޅަނދު ވަނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އެއީ ސެކިއުރިޓީ ބްރީޗެއް ކަމަށް މުންދު ވިދާޅުވި އެވެ. 

މިފަދަ ކަމެއް ހިނގަދިޔައިރު ކަމާ ބެހޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އެނގިފައިނުވާ ސަބަބު މުންދު ވިދާޅުވެފައި ނުވާއިރު މިފަދަ ކަންކަން ހައްލު ކޯށް، މަދު ކުރުމަށްޓަކައި ވަސީލަތްތައް ގާއިމް ކުރުމަށް އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރި ކަމަށާ މިހާރު ވެސް ކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

އެބޭފުޅުން ވެސް އެންމެ ފުރަތަމަ ޔަގީން ކުރައްވާނީ އެއީ ކޮން ނިޔަތެއްގަ އައި އުޅަނދެއްތޯ ނޫންތޯ. ކިތަންމެ ދުވަހެއް ވިޔަސް ފުރަތަމަ ވަންނަ ސިކުންތުގަ ވެސް ބްރީޗެއް ނޫންތޯ އޭ އެއީ އެބޭފުޅުން ޑިކްލެއަރ ނުކުރައްވާ ފޯލްސް ފްލޭގެއްގައި އެބޭފުޅުން ރާއްޖޭގެ ސަރަހައްދަށް ވަނުމަކީ. އިޓްސް އެގެއިންސްޓް ދަ ލޯ. 
 ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ މި މައްސަލަ މިހާރު ދަނީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށެވެ. އެގޮތުން ފުލުހުންނާ އެމްއެންޑީއެފް އަދި ކަސްޓަމްސް ގުޅިގެން އެ ތަހުގީގު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށާ މިކަމުގެ މައުލޫމާތު ވެސް ހިއްސާ ކުރައްވާނީ އެބޭފުޅުން ކަމަށް މުންދު ވިދާޅުވި އެވެ. 

އިތުރަށް ވާހަކަދައްކަވަމުން މުންދު ވިދާޅުވީ އެކިއެކި ފަރާތްތަކާ ގުޅިގެން، ޚާއްސަ ކޮށް، ޚާރިޖީ ގުޅުންތަކާ އަސްކަރީ ގުޅުންތައް މެދުވެރިކޮށް، ވަސީލަތްތައް އިތުރުކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މި ދެ ބޯޓުގެ މައްސަލަ ސަމާލުކަމަށް އައުމާއެކު، މި މަހުގެ 3 ވަނަ ދުވަހު ކަސްޓަމްސް އާއި އެމްއެންޑީއެފްގެ ޓީމަކުން އެ އުޅަނދުތަކަށް އަރާ ބަލާ ފާސްކޮށްފައިވާރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ. ހުއްދަ ނުނަގާ ނުވަތަ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުޅަނދުތައް ވަންނަ މައްސަލަ ދޭތެރެއަކުން ފެންމަތިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

އެމްއެންޑީއެފްކަސްޓަމްސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

07 މެއި 2026

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

07 މެއި 2026
އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި
30 އެޕްރީލު 2026

ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ

30 އެޕްރީލު 2026
ޖަވާބެއް ނެތް ނޫސްވެރިންގެ ބައްދަލުވުންތައް: މޫނުތަކާއި މަގާމުގެ ނަންތައް ބަދަލުވި ނަމަވެސް، ކަން ހިނގާ ގޮތަކަށް ބަދަލެއް ނާދޭ
30 އެޕްރީލު 2026

އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު

30 އެޕްރީލު 2026
އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު
30 އެޕްރީލު 2026

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު

30 އެޕްރީލު 2026
ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ރާއްޖެއަށްވުރެ ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށްވެސް ވެދާނެ: މުންދު
30 އެޕްރީލު 2026

ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ

30 އެޕްރީލު 2026
ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް ސަރުކާރުން ކުރިއަށްގެންދާ "ސައިޒް ކުޑަކުރުމުގެ" މަސައްކަތް ނިމުމުންކަމަށް މުންދު ވިދާޅުވެއްޖެ
29 އެޕްރީލު 2026

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

29 އެޕްރީލު 2026
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
25 އެޕްރީލު 2026

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026
އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް
18 އެޕްރީލު 2026

500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

18 އެޕްރީލު 2026
 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި
18 އެޕްރީލު 2026

ޅ.އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި

18 އެޕްރީލު 2026
ޅ.އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި
11 އެޕްރީލު 2026

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

11 އެޕްރީލު 2026
ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް