Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދަދު ނޫހަށް އެޅި ފިޔަވަޅު

އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ ކަމަށް ބުނެ "އަދަދު" ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން އެ އޮފީހުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައި. މި ނިންމުމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު ހުސައިން މުހައްމަދު ޝަރީފާ ސުވާލުކުރުމުން، ރައީސް އޮފީހުގެ ބަޔާނުގައިވާ ސަބަބުތަކާއި ތަރުޖަމާނުގެ ވާހަކަފުޅާ ފުށުއެރުންތަކެއް ހުރިކަން ވަނީ ފާހަގަވެފައި. މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ރައީސް އޮފީހުން މި ފިޔަވަޅު އެޅީ އެ ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ކަމަށް ބެލެވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 14:20
 ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) | ސްކްރީން އިމޭޖް

އަދަދު ނޫހާއި އެ ނޫހުގެ ނޫސްވެރިން ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނު ހުސައިން މުހައްމަދު ޝަރީފް (މުންދު) އަކަށް ސާފެއް ނުވި އެވެ. 

ރައީސް އޮފީހުން ވަނީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. 

Advertisement - newsAdvertisement

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް މަޢުލޫމާތު ދެއްވައިފައިވާތީއާއި، އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުން ގެންދަވާކަމަށް އެ އޮފީހަށް މަޢުލޫމާތު ދެއްވައިފައިވާތީ އާއި، 2026 މޭ 11 ވީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި 2026 މޭ 10 ވަނަ ދުވަހު ކޮށްފައިވާ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޢަމަލުކޮށްފައިވާތީ، ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަން ޖެހޭ ހަމަތަކާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް، "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމުގައި ދަންނަވާ ކަމަށެވެ. 

މިކަމާއި ގުޅިގެން ރާއްޖެޓީވީ އިން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނަކަށް މިކަން އޮންނަ ގޮތެއް ވެސް އަދި އަމަލުކުރާގޮތެއް ވެސް ވިދާޅެއް ނުވެވުނެވެ. ރާއްޖެޓީވީގެ ސުވާލުގައި ފާހަގަ ކުރީ ކޯޓު އަމުރެއް ނެރެގެން ރާއްޖޭގައި ވަކި ވާހަކައެއް ދެއްކުން މި ވަގުތު މަނާކޮށްފައި އޮތުމުން  އަދި އޭގެ ދަށުން ދައުލަތުގެ އެކިއެކި އިދާރާތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެސް ހިމެނޭ ގޮތަށް ފިޔަވަޅުތައް މި ވަގުތު ދަނީ އަޅަމުން ކަމަށާއި، ޚާއްޞަކޮށް ނޫސްވެރިންނަށް އަމާޒުކޮށް ކަމަށެވެ. 

ނަމަވެސް ތަރުޖަމާނު ވަނީ ސުވާލުގެ މެދުތެރެއިން ރައީސް އޮފީހުން ފިޔަވަޅެއް ނާޅާ ކަމަށް ވަރަށް ގަޓުގައި ވިދާޅުވެފަ އެވެ. 

މުންދު ވިދާޅުވީ ރައީސް އޮފީހުން ފިޔަވަޅު އެޅީ ކޯޓު އަމުރާ ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ބަޔާނުގައި ވާ ތިންވަނަ ސަބަބުގައި ވަނީ ކޯޓު އަމުރާ އެ ނޫސްވެރިޔާ ކުރި ސުވާލު ޚިލާފުވުމެވެ. ފުރަތަމަ ސަބަބަކަށް އޮތީ، ފުލުހުން ޑޮކިއުމެންޓްރީއެއްގެ މައްސަލަ ބަލަމުންދާކަމެވެ. އަދި ދެ ވަނަ ސަބަބަކަށް އޮތީ، ކޮންޓްރޯލް ކޮމިޝަނުން މައްސަލައެއް ބަލަމުންދާކަމެވެ. އެހެންވީމާ، ތިން ވަނަ ސަބަބަކަށް އޮތީ ހަމަ ކޯޓު އަމުރުގެ ވާހަކަ ކަމުން، ކޯޓު އަމުރަކާ ގުޅިގެނެއް ނޫނޭ މުންދު ވިދާޅުވެފައިވާތީ އެކަން މުންދުއަށް ސާފުކޮށްދޭން މަސައްކަތް ކުރި ނަމަވެސް ރައީސް އޮފީހުން ފިޔަވަޅު އެޅި ސަބަބެއް މުންދުއަކަށް ސާފެއް ނުކޮށްދެވުނެވެ. 

އަދަދު ނޫހަށް އެ އެޅި ފިޔަވަޅަށް ބަލައިލާއިރު، ރައީސް އޮފީހުން ފިޔަވަޅުއަޅާފައި ވަނީ، ސުލޫކީ މިންގަނޑާއި، ހަމައާއި، އެގޮތަށް ހުރި މާއްދާތަކަށް ރިޢާޔަތްކޮށްގެން ނަމަވެސް، އެ ގާނޫނުގެ 65 ވަނަ މާއްދާގައި ޑިއު ޕްރޮސެސް ފުރިހަމަކުރަންޖެހޭނެ ކަމަށް އޮވެ އެވެ. އަދި 67 ވަނަ މާއްދާގައި މީޑިއާތަކާ ފިޔަވަޅުތައް އަޅާއިރު، ޖަވާބުދާރީ ވުމުގެ ފުރުޞަތު ދޭންޖެހޭނެ ކަމަށް އޮވެ އެވެ.  މިސާލަކަށް، ތެދު ނޫން މަޢުލޫމާތެއް ހާމަކުރާނަމަ ވެސް 72 ވަނަ މާއްދާގެ ދަށުން މައާފަށް އެދި ރަނގަޅުކުރަން ފުރުޞަތު ދޭންޖެހެ އެވެ. އެހެންނަމަވެސް، ރައީސް އޮފީހުން ޚިޔާރުކުރީ އެންމެ ހަރުކަށި ގޮތެވެ. ރެގިއުލޭޓްރީ ބޮޑީއަކީ މީޑިއާ ކޮމިޝަނެވެ. އެހެންވީމާ، އެ ކޮމިޝަންގައި އެހެން އޮއްވާ ރައީސް އޮފީހުން ފިޔަވަޅު އެޅީ، އެ ނޫސްވެރިޔާ ކުރި ސުވާލާ ގުޅިގެންނާ މި ސަބަބުތައް ބަޔާންކޮށް، މުޅި ނޫސް ރައީސް އޮފީހުގެ ޕްރެސްތަކުން ބޭންކުރަން ނިންމީ އެވެ. 

މިހާ ސާފުކޮށް ކިޔައިދިނުމުންވެސް މުންދު އަށް އަޑުއިވިވަަޑައިގަތީ މުޅި ނޫސް މީޑިއާ އޭ ނުސްވެރިޔާއަށް ވިދާޅުވެވުނު އަޑެވެ. އަދި އެވާހަކައިގައި ހިފާ އަސްލު ސުވާލުގެ ޖަވާބެއް ނުދެއްވި އެވެ. 

މުންދު ވިދާޅުވީ އަދަދު ނޫހާއި ދޭތެރޭގައި އެޅި އެންމެ ހަރުކަށި ފިޔަވަޅެއް ނޫން ކަމަށެވެ. އަދި އަދަދު ނޫހަށް އެޅި ފިޔަވަޅުތަކުގެ ވާހަކަ ނުދައްކާ މުންދު ދެއްކެވީ ރައީސް އޮފީހުގެ ޕްރެސްތަކުގައި ބައިވެރިވުމުގެ ގަވާއިދުގެ ތެރޭގައި އެތާނގައި ފޯނު ބޭނުންކުރައްވައިގެން ލައިވްކޮށް އެ އެއްޗެހި ފޯނުން ވީޑިއޯ ކުރައްވާ އާއްމު ނުކުރެވޭ ވާހަކައާއި،  އެއާ ޚިލާފުވެވަޑައިގެންނެވި ބޭފުޅުން ތިއްބެވި ވާހަކަ އެވެ.

އަދަދު ނޫސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކްރިމިނަލް ކޯޓްމުޙައްމަދު ޝަހުޒާންމީޑިއާ ކޮމިޝަންރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ކޮމެންޓް

އިތުރަށް ކިޔާލަން

އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި

އަނގަ ބަންދުކުރާ އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން އިސްތިއުނާފުކޮށްފި

14 މެއި 2026
ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026
ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

14 މެއި 2026
ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!

ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު