Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވިން ހާދިސާ

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

ވ. އަތޮޅު ހޮހަޅައަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އެ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ވަނީ ނިންމާފަ. މި ހާދިސާގެ ތަހުގީގު ދެ ގައުމުން ކުރިއަށްގެންދާއިރު، ޑައިވް ކޮމްޕިއުޓަރުތަކާއި ކެމެރާތަކުން ލިބޭ މައުލޫމާތުން މި ހާދިސާ ހިނގި ގޮތް ސާފުވާނެ ކަމަށް ބެލެވޭ. މި މީހުން ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ސިފައިގެ ބޭކަލަކު ވެސް ވަނީ ނިޔާވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 18:00
ވ. އަތޮޅުގެ ކަނޑުއަޑީގައި އޮންނަ ހޮހަޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ހަތަރު ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ފެށުން. މި މަސައްކަތް ކުރިއަށްދިޔައީ 2026 މެއި 19 ވީ އަންގާރަ ދުވަހު.

ވ. އަތޮޅުގެ ކަނޑުއަޑީގައި އޮންނަ ހޮހަޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ހަތަރު ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ފެށުން. މި މަސައްކަތް ކުރިއަށްދިޔައީ 2026 މެއި 19 ވީ އަންގާރަ ދުވަހު. | ރައީސް އޮފީސް

މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ "ދެވަނަ ކަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދުގެ ހޮހަޅައަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލުމަށް ނިންމައިފި އެވެ. 

މޭ މަހުގެ 14 ވަނަ ދުވަހު ފީނަން ގޮސް ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މޮނިކާ މޮންޓެފަލްކޯންގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް އާއި، ރިސާޗަރު މުރިއަލް އޮޑެނީނޯ އާއި، ރިސާޗް އެސިސްޓަންޓް ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އެވެ.

Advertisement - newsAdvertisement

މި މީހުން ހޯދުމަށް ކުރި ފުރަތަމަ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ރެސްކިއު ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ. މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް މިރޭ ފަތިހު އިޓަލީ އަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ އެ ގައުމުގައި ވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ތަހުގީގުގެ ތެރެއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ޓީމާއި ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެ އިން ވެސް މި މައްސަލަ ތަހުގީގުކުރާތީ ދެ ގައުމުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. 

މަރުވި މީހުންގެ ހަށިގަނޑާ އެކު ފެނުނު ގޯޕްރޯ ކެމެރާތަކާއި، ޑައިވް ކޮމްޕިއުޓަރުތަކާއި އެހެނިހެން ސާމާނުތައް ބެލުމުގެ ހުއްދައަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. މި ތަކެތި މިހާރު ހުރީ މާލޭގައި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައެވެ.

މި އާލާތްތަކުގެ އެހީގައި، އެމީހުން ފީނި ފުންމިނާއި، ހޭދަވި ވަގުތާއި، ބޭނުންކުރި ގޭހުގެ މިންވަރުގެ އިތުރުން، ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖް ލިބުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން އެމީހުން ހޮހަޅައަށް ވަނީ އަމިއްލައަށްތޯ ނުވަތަ ބާރުގަދަ އޮއިވަރެއްގައި ޖެހިގެންތޯ ކުރެވޭ ބަހުސްތަކަށް ނިމުމެއް އަންނާނެއެވެ.

މަރުވި މީހުންގެ ހަށިތައް އިޓަލީއަށް ގެންދިއުމާއެކު އޮޓޯޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ގޯޕްރޯ ކެމެރާތަކުން ލިބޭ މައުލޫމާތުން، މި ހިތާމަވެރި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަަސްވީރެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

އިޓަލީޑައިވިން ހާދިސާރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

22 މެއި 2026
އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން

އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން

22 މެއި 2026
ކަނޑުއަޑީގެ ހޮހޮޅައިގައި ތިބި ހަށިތައް ނެގުމުގައި ފިންލޭންޑްގެ ޑައިވަރުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ހާމަ ކޮށްފި

ކަނޑުއަޑީގެ ހޮހޮޅައިގައި ތިބި ހަށިތައް ނެގުމުގައި ފިންލޭންޑްގެ ޑައިވަރުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ހާމަ ކޮށްފި

20 މެއި 2026
ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

ހޮހަޅައިން އިޓަލީގެ ދެ މީހެއްގެ ހަށިގަނޑު ނަގައިފި

19 މެއި 2026
ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހޮޅައިގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަވެއްޖެ!

ފަސް ފަތުރުވެރިއަކު މަރުވި ހާދިސާ ހިނގި ކަނޑުއަޑީގެ ހޮހޮޅައިގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ހާމަވެއްޖެ!

18 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު