Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޔޯމެޓްރިކްސް މައުލޫމާތު ފުރިހަމަކުރުން

ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ފުރިހަމަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިއީ ސިސްޓަމުން މައުލޫމާތު ގެއްލިގެން ކުރާ ކަމެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ. މި މަސައްކަތުގެ ދަށުން 10 އިނގިލީގެ ނިޝާން ފަދަ މައުލޫމާތު މަދުވާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރަމުންދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ކިއޫގައި ތިބި ބިދޭސީންނަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 14:30
ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި | ރާއްޖެއެމްވީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަލުން އެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާ ދިއުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ނެގިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް "ރާއްޖެޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިސްޓަމުން ބައެއް މައުލޫމާތު ގެއްލުމާ ގުޅިގެން، ކުރިން ބަޔޯމެޓްރިކްސް ނަގާފައިވާ ބިދޭސީންގެ މައުލޫމާތު އަލުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދާތާ މިހާރު ތިން ދުވަސް ވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ހެނދުނު ވެސް ބިދޭސީން ކިއޫ ހަދައިގެން ތިބި މަންޒަރު ވަނީ ފެނިފަ އެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މުންދު ވިދާޅުވީ، މައުލޫމާތު ގެއްލިގެން އެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާ ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އެހެންނަމަވެސް، ކަމާބެހޭ ފަރާތްތަކާ ސުވާލު ކުރުމުން، ބައެއް ކޭސްތަކުގައި މައުލޫމާތު ފުރިހަމަ ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް 10 އިނގިލީގެ ފިންގަރ ޕްރިންޓް ނުވަތަ ބަޔޯމެޓްރިކްސް ލިބިފައި ނެތް ފަރާތްތައް ފާހަގަވެގެން އެ މައުލޫމާތު ފުރިހަމަ ކުރުމަށް ގޮވާލަމުންދާ ކަމަށް މުންދު ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ މައުލޫމާތު ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށާއި، ގެއްލިގެން އަލުން ބަލުން މީހެއްގެ މައުލޫމާތު ނަގާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު އޮޅުންފިލުވުމަށްފަހު ޔަގީންކަމާއެކު ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކިއޫގައި ތިބި ހުރިހާ ބިދޭސީންނަކީ ހަމައެކަނި އެކަމަށް އައިސް ތިބި ބައެއް ނޫން ކަމަށާއި، އޭގެ ތެރޭގައި އަމިއްލައަށް އިސްނަގައިގެން އަލަށް މައުލޫމާތު ދޭން އައިސް ތިބި ބަޔަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މުންދު ފާހަގަކުރެއްވި އެވެ.

ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ސަބަބުން ބިދޭސީންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެ އެވެ. ގިނަ އަދަދެއްގެ ބިދޭސީން މެންދަމުން ފެށިގެން ކިއޫ ހަދައިގެން ތޮއްޖެހިފައިވާ ހާލަތެއްގައި ތިބެން ޖެހުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. ސަރުކާރުން ބުނަމުންދަނީ މިއީ ބިދޭސީންގެ މައުލޫމާތު ފުރިހަމަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުބަޔޯމެޓްރިކްސްރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން

އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަން ނިންމި ނިންމުން ސަރުކާރުގެ ތަރުޖަމާނަކަށް ސާފެއް ނޫން

14 މެއި 2026
ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!

14 މެއި 2026
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު