Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ވުޒާރާ

އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ

މީގެ ކުރިން ވަޒީރު ރާފިއު ވެސް ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ މަޝްވަރާގެ މަތިން، އެލްއޯސީގެ ދަށުން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް. އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވެފައި ވަނީ، ހުޅުމާލެ އަށް ސްޓޭޑިއަމް ބަދަލު ކުރީ އިންޑިއާ ސަރުކާރުގެ މަޝްވަރާ އާއެކު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 06:11
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު | ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރާއްޖޭގައި ރަސްމީ ދަނޑުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ގަލޮޅު ދަނޑުގެ ބަދަލުގައި، އައު ސްޓޭޑިއަމެއް އެޅުމަށް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އިން ބަޖެޓު ހަމަޖައްސާފައި ވަނިކޮށް، ގަލޮޅު ދަނޑު މަރާމާތު ކުރުމުގެ މަސައްކަތަށް ބަޖެޓު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ އިން ވަނީ ރާއްޖެ އަށް 40 މިލިއަން ޑޮލަރުގެ އެލްއޯސީއެއް ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން ގަލޮޅު ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ 25 މިލިއަން ޑޮލަރު ވެސް އޭރު އޮތީ ހަމަޖައްސައިފަ އެވެ. އެއާ އެކު އޭރު ވަނީ ދަނޑުގެ ކުރެހުން ނިންމައި، ބިޑުގެ މަރުޙަލާ ވެސް ނިންމައިފަ އެވެ. 

ރައީސް ސޯލިހުގެ ސަރުކާރު ބަދަލުވީއިރު އެ މަސައްކަތް އޮތީ ބަޔަކާ ހަވާލު ކުރުމާ ހަމައަށް ގެންގޮސްފަ އެވެ. ނަމަވެސް، އެ މަސައްކަތް އޭރު މަޑު ޖައްސާލާފައި އޮތީ ސަރުކާރު ބަދަލުވުމަށް ގާތް ގަނޑަކަށް މަސް ދުވަހަށް ވެފައި އޮތުމުންނެވެ. ނަމަވެސް، އައު ސަރުކާރާ އެކު އެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭ ވަރަށް ކަންކަން އޮތީ ނިންމައިފަ އެވެ.

ދާދި ފަހުން ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިޔުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، ސްޓޭޑިއަމެއް ހެދުމަކީ ވަރަށް ބޮޑު ބަޖެޓެއް ބޭނުންވާ ކަމެއް ކަމަށެވެ. މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ގަލޮޅު ދަނޑު މިހާރު ހުރި ތަނުގެ ބަދަލުގައި، ހުޅުމާލެ އަށް ބަދަލު ކުރުމަށެވެ. އެގޮތުން އައު ސްޓޭޑިއަމް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް އެކެއްގަ އެވެ.

ވަޒީރު ވިދާޅުވީ އައު ސްޓޭޑިއަމެއް ޤާއިމު ކުރުމަށްޓަކައި ފަންޑެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޗައިނާ އާއި ސައުދީ އަރަބިއްޔާ އިން ވެސް ގްރާންޓެއް ހޯދައިގެން އެކަން ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެއާ އެކު ވަޒީރު ވިދާޅުވީ ކޮންމެ ވެސް ތަނަކުން ފަންޑިން ހަމަ ޖެހޭނެ ކަމަށާއި، އެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. 

މީގެ ކުރިން ވަޒީރު ރާފިއު ވެސް ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ މަޝްވަރާގެ މަތިން، އެލްއޯސީގެ ދަށުން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވެފައި ވަނީ، ހުޅުމާލެ އަށް ސްޓޭޑިއަމް ބަދަލު ކުރީ އިންޑިއާ ސަރުކާރުގެ މަޝްވަރާ އާއެކު ކަމަށެވެ. 

އެ ދުވަހު ވަޒީރު ވިދާޅުވެފައި ވަނީ އެ ޕްރޮޖެކްޓާ އެކު ހަތަރު ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އަޅާނެ ކަމަށެވެ. އަދި ޓޭބަލް ޓެނިސް (ޓީޓީ) އިންޑޯ ހޯލަކާއި، ބާސްކެޓު އިންޑޯ ހޯލެއް އަދި އިތުރު ވޮލީ ކޯޓެއް ވެސް އަޅާނެ ކަމަށް ވަޒީރު އެ ދުވަހު ވިދާޅުވެފައިވެ އެވެ. 

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)ގަލޮޅު ނެޝަނަލް ސްޓޭޑިއަމް

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު

2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު

22 ޖެނުއަރީ 2026
މޯލްޑިވްސް 2.0 ގެ ކަންކަން ތަންފީޒު ކުރަން އައު އިދާރާއެއް އުފައްދައިފި

މޯލްޑިވްސް 2.0 ގެ ކަންކަން ތަންފީޒު ކުރަން އައު އިދާރާއެއް އުފައްދައިފި

16 ޖެނުއަރީ 2026
17 ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ހިންގަން ހަވާލު ކުރީ ސިފައިންގެ ކުންފުނި ސިވެކްއާ

17 ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ހިންގަން ހަވާލު ކުރީ ސިފައިންގެ ކުންފުނި ސިވެކްއާ

04 ޖެނުއަރީ 2026
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު