Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

މި ސަރުކާރުން ކުރާ ބޭކާރު ހޭދަތަކުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި 90 ބިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ. މި ސަރުކާރުން އާރުލާ މަސައްކަތެއް ނުކޮށް ދަރަނި އިތުރުކުރަމުންދާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ މިވީ ކުރު މުއްދަތުގެ ތެރޭގައި އެކަނިވެސް 60 ބިލިއަނާ ގާތްކުރާ މިންވަރަށް ދަރަނި އުފައްދާފައިވާ ކަމަށް. މީގެ އިތުރުން، އެމްޑީޕީން ވެސް ވަނީ މި ސަރުކާރުން ދަރަނީގެ ހަގީގަތް އޮޅުވާލައި، ރާއްޖޭގެ މާލީ ހާލަތު ގޯސްކުރަމުންދާ ކަމަށް ބުނެ ފާޑުކިޔާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 10:12
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނިމެން އަދި ބާކީ ދެ އަހަރު އެބައޮތް ކަމަށާ މި ދެ އަހަރުގެ ތެރޭގައި އެމަނިކުފާނު ވެރިކަމުގައި ހުންނަވައިފި ނަމަ، ރާއްޖޭގެ ދަރަނި 90 ބިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. 

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ދަނީ ގިނަ ހޭދަތަކެއް ކުރަމުން ކަމަށެވެ. ނަމަވެސް ރަނގަޅު ނަތީޖާއެއް ނުވަތަ ރައްޔިތުންނަށް ފައިދާ ވާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ކަންކަން މިހެން ދާނަމަ ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު ރައީސް މުއިއްޒުގެ މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަރަނި 80 ނުވަތަ 90 ބިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

އަދި ކުރިއަށް އެބައޮތް ދެ އަހަރު. [ރައީސް މުއިއްޒު ވެރިކަމުގައި] ހުންނަވައިފި ނަމަ މި އަދަދު ހަމަ އެކަށީގެންވޭ 80 ނޫނީ 90 ހާސް މިލިއަނަށް ވެގެންދިއުން. މި ސަރުކާރުން ކުރާކަމަކީ ހޭދަ. އެކި ނަންނަމުގައި ހޭދަކުރަނީ. އޭގެން އޮއްޓަރު ހުރި އާރުލާ އެއްވެސް ނަތީޖާއެއް ލިބޭ މަސައްކަތެއް ނުކުރޭ،
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުތަކޭ ކިޔައިގެން ރައީސް މުއިއްޒާ މި ސަރުކާރަށް ދަރަނީގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. ސަބަބަކީ މި ސަރުކާރަށް މި ވީ ދެ އަހަރާ ބައިގެ ތެރޭގައި އެކަނިވެސް 60 ބިލިއަން ރުފިޔާ އާ ގާތްކުރާ މިންވަރަކަށް ދަރަނި އުފައްދާފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު ރައީސް މުއިއްޒުގެ ސަރުކާރުގެ ދެ އަހަރުގެ ދަރަނި އެކަނިވެސް 38.1 ބިލިއަން ރުފިޔާއަށް އަރާކަން މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ވަނީ ހާމަ ވެފަ އެވެ. 

ދަރަނީގައި ހަގީގަތް އޮޅުވާލުމަށް މިސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް އެންމެ ބާރު ހަލުވި ދުވެލީގައި ދަރަނި ކުރިއަރުވަނީ މި ސަރުކާރުން ކަމަށް އިދިކޮޅު އެމްޑީޕީ އިން ވެސް ދަނީ ތަކުރާރު ކޮށް ބުނަމުންނެވެ. މިކަމުގެ ތަފްސީލް ހިއްސާކޮށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު، ދައުލަތުގެ ދަރަނި ހުރީ 122 ބިލިއަން ރުފިޔާގައި ކަމަށާއި، ނަމަވެސް މިހާރު އެ ދަރަނީ 160 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. 

ޑރ. މުޙައްމަދު މުޢިއްޒުރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްޕީޕަލްސް ނެޝަނަލް ފްރޮންޓްއަހްމަދު ޝަމްހީދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

07 ޖޫން 2026
އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

07 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު