Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުވެއިތު ޓީވީ ޕްރެޒެންޓަރު އީރާނަށް ތާއީދުކުރުމުން ޖަލަށް

އީރާނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރި މައްސަލައިގައި ކުވެއިތުގެ ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ޒައިނަބް ދަޝްތީ ތިން އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓް އޮފް އެޕީލްއިން ވަނީ ހުކުމްކޮށްފައި. މި މައްސަލައަކީ ކުވެއިތުގެ މީޑިއާގެ މިނިވަންކަމާ މެދު ބަހުސްތަކެއް އުފެދިފައިވާ ކަމަކަށްވާއިރު، މީގެ ކުރިން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދެ ފަރާތުގެ މެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގާފައިވޭ. މި ހަމަލާތައް ހުއްޓާލުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، އެމެރިކާއާއި އިޒްރޭލުން އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 09:52
ކުވައިތަށް އުފަން ޓީވީ ޕްރެޒެންޓަރު ޒައިނަބް ދަޝްތީ.

ކުވައިތަށް އުފަން ޓީވީ ޕްރެޒެންޓަރު ޒައިނަބް ދަޝްތީ. | ޕްރެސްޓީވީ

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ބަދަލުހިފުމުގެ ގޮތުން ހިންގި އަސްކަރީ ހަރަކާތްތަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރި ކުވެއިތުގެ ދައުލަތުގެ ޓީވީ ޕްރެޒެންޓަރަކު ތިން އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހުކުމްކޮށްފިއެވެ.

ކުވެއިތަށް އުފަން ޒައިނަބް ދަޝްތީގެ މައްޗަށް މި ހުކުމް އައީ، އޭނާ އިންޓަނެޓުގައި ޝާއިއުކުރި ލިޔުންތަކަކީ އީރާނަށް ތާއީދުކޮށް ލިޔެފައިވާ ލިޔުންތަކެއް ކަމަށް ކުވެއިތުގެ އޮފިޝަލުން ކަނޑައެޅުމާ ގުޅިގެންނެވެ.

ކުވެއިތުގެ ކޯޓް އޮފް އެޕީލްއިން ވަނީ ދަށު ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ މި ހުކުމަށް ދާދިފަހުން ތާއީދުކޮށްފައެވެ.

ޒައިނަބް ދަޝްތީގެ މައްސަލައަކީ ފާއިތުވި މަސްތަކުގެ ތެރޭގައި ކުވެއިތުގެ މީޑިއާ ދާއިރާގައި އެންމެ ބޮޑަށް ބަހުސްކުރެވުނު އެއް މައްސަލައެވެ.

ކުވެއިތުގައި ނޫސްވެރިންނާއި ސިޔާސީ ހަރަކާތްތެރިންނަށް އޮތް ހުރަސްތަކާއި، އެމީހުންނާ ދެކޮޅަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި މައްސަލައަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ޑިމޮކްރަސީއަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން ވަނީ އެއްވެސް އުދުވާނަކާ ނުލައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ މަތީ ފަންތީގެ ކޮމާންޑަރުންތަކެއް އަވަހާރަކޮށްލާފައެވެ.

މީގެ ރައްދުގައި، އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ 40 ދުވަހުގެ ތެރޭގައި 100 ފަހަރަށްވުރެ ގިނައިން ބަދަލުހިފުމުގެ ހަމަލާތައް ދީފައެވެ. ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު އިރު، އެމެރިކާއާއި އިސްރާއީލުން އެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވި ނަމަވެސް، މިހާތަނަށް އެ އެއްބަސްވުން ދެމިއޮތެވެ.

އެމެރިކާ-އިޒްރޭލް-އިރާންޒައިނަބް ދަޝްތީކުވައިތުއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

04 ޖޫން 2026
ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

30 މެއި 2026
ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

28 މެއި 2026
'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި

'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި

28 މެއި 2026
އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް

އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް

22 މެއި 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު