Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުޝްމަނުން މަސައްކަތް ކުރަނީ ބައިބައި ކުރަން، ޤައުމީ އެއްބައިވަންތަކަން އިސް ކުރަން ޖެހޭ: އީރާންގެ ރޫހީ ލީޑަރު

މުޖުތަބާ ޚާމަނާއީ ވަނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަން އިތުރު ކުރުމަށް ގޮވާލައްވައި، ޤައުމުގެ ތަރައްޤީ އަށާއި ސަލާމަތަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން ވެސް އެދިވަޑައިގެންފައި. އަދި ބޭރުގެ ބާރު ތަކުން ކުރާ ސިޔާސީ ޕްރެޝަރާއި، އިޤްތިޞާދީ ހުރަސް ތަކަށް ހަރުދަނާ ރައްދެއް ދިނުމަށް ޤައުމު އެކުވެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖޫން 2026 | ބުރާސްފަތި 08:53
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ.

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ. | ރޮއިޓާސް

އީރާންގެ ދުޝްމަނުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ހިތްވަރު ކުޑަކޮށް، ޤައުމުގެ އެތެރޭގައި ބައިބައިވުން އުފައްދަން ކަމަށާއި، އީރާންގެ ރައްޔިތުން އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް އެ ޤައުމުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ އެވެ. 

އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރު މިހެން ވިދާޅުވެފައި ވަނީ، ޤައުމަށް ދިމާވެފައިވާ ބޭރުގެ ގޮންޖެހުންތަކާއި، ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ގަދަ ކުރުމަށް ގޮވާލައްވައި ދެއްވި ބަޔާނެއްގަ އެވެ. 

މުޖުތަމާ ޚާމަނާއީ ވިދާޅުވީ، އީރާންއާ ދެކޮޅު ބާރު ތަކުން ކުރިން ދީފައިވާ ހަމަލާތައް ނާކާމިޔާބުވެފައި ވާތީ މިހާރު އެބައި މީހުން ބޭނުން ވަނީ އީރާންގެ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ކަމަށެވެ. އެހެންކަމުން މިފަދަ ބޭރުގެ ހުރަސްތަކާ ކުރިމަތިލުމަށް ޤައުމީ އެއްބައިވަންތަކަން މުހިންމު ކަމަށް ރޫހީ ލީޑަރު ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން މުޖުތަބާ ޚާމަނާއީ ވަނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަން އިތުރު ކުރުމަށް ގޮވާލައްވައި، ޤައުމުގެ ތަރައްޤީ އަށާއި ސަލާމަތަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތް ތަކުގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ. އަދި ބޭރުގެ ބާރު ތަކުން ކުރާ ސިޔާސީ ޕްރެޝަރާއި، އިޤްތިޞާދީ ހުރަސް ތަކަށް ހަރުދަނާ ރައްދެއް ދިނުމަށް ޤައުމު އެކުވެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީރާންގެ އެންމެ މަތީ ވެރިޔާ މިފަދަ ބަޔާނެއް ނެރުއްވާފައިވާއިރު، އީރާން އަށް ދިމާވެފައި ވަނީ ބައިނަލްއަޤުވާމޫ މުޖުތަމައުގެ ފަރާތުން އިޤްތިޞާދީ ހުރަސް ތަކެއް ކަމަށާއި، ސަރަހައްދީ ސިޔާސީ ގޮންޖެހުން ވެސް ކުރިމަތި ވަމުން އަންނަ ކަމަށް ބައެއް ފަރާތް ތަކުން ފާހަގަ ކުރެ އެވެ. މިފަދަ ހާލަތް ތަކުގައި ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ އީރާންގެ ސަރުކާރުގެ އިސް އަމާޒު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރު ބޭފުޅުން ބުނެފައިވެ އެވެ.

އީރާންގެ އެންމެ އިސް ލީޑަރު ވަނީ ގައުމުގެ އިސްތިގުލާލާއި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށް، ރައްޔިތުންނާއި ސަރުކާރު އެކުވެރިވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި އެވެ. އަދި ދެކޮޅުވެރިންގެ ބޭނުމަކީ އީރާންގެ ތަރައްގީ ހުއްޓުވުން ކަމަށާއި، އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް މުޖުތަބާ ޚާމަނާއީ ވަނީ ވިދާޅުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

އިތުރަށް ކިޔާލަން

04 ޖޫން 2026

އިޒްރޭލް އާއި ލުބުނާން އިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

04 ޖޫން 2026
އިޒްރޭލް އާއި ލުބުނާން އިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
04 ޖޫން 2026

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް

04 ޖޫން 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް
04 ޖޫން 2026

އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް

04 ޖޫން 2026
އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް
04 ޖޫން 2026

އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި

04 ޖޫން 2026
އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި
03 ޖޫން 2026

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާ އިން ޚިލާފު ވެއްޖެ: އީރާން

03 ޖޫން 2026
ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާ އިން ޚިލާފު ވެއްޖެ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު