Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން

ކުރިއަށް 24 ގަޑިއިރު މޫސުން ގޯސް، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ވަރަށް ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

ރާއްޖޭގެ އެކިހިސާބަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުގެ ރާޅުތައް 7 ފޫޓަށް އުފުލޭނެ ކަމަށް ބެލެވޭއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގއ. ގެމަނަފުއްޓަށް. މޫސުން ގޯސްވުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖޫން 2026 | ހުކުރު 09:09
މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ.

މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ. | ރާއްޖެއެމްވީ

ރާއްޖޭގެ މޫސުން ގޯސްވެ، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10:00ން ހޮނިހިރު ދުވަހުގެ 10:00ށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި،  ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. 

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4 ނުވަތަ 7 ފޫޓު ހުންނާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ރާޅުގެ އުސްމިނުގައި 3 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ގެއްލުން ވަމުންދާއިރު، ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ން ހުކުރު ދުވަހު ހެނދުނު 8:00ށް އެންމެ ގިނައިން ވާރޭ ވެފައިވަނީ ގއ. ގަމަނަފުއްޓަށް ކަމަށެވެ. އެރަށަށް 115 މިލިމީޓަރުގެ ވާރޭ ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ގދ.ފަރެސްމާތޮޑާ އަށް 27.7 މިލިމީޓަރުގެ ވާރޭ، އއ.ތޮއްޑޫ އަށް 25.9 މިލިމީޓަރުގެ ވާރޭ، ކ.ގާފަރަށް 20.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 

މީގެ އިތުރުން ހުކުރު ދުވަހު މާލެސިޓީ އަށް ބޯކޮށް ވާރޭ ވެހުމާއެކު، މާލެ ފެން ބޮޑުވެފައިވެ އެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވެ އެވެ. 

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާމޫސުން

އިތުރަށް ކިޔާލަން

31 މެއި 2026

ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!

31 މެއި 2026
ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!
24 މެއި 2026

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ
13 މެއި 2026

މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ!

13 މެއި 2026
މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް، ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ!
10 މެއި 2026

މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!

10 މެއި 2026
މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!
09 މެއި 2026

އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

09 މެއި 2026
އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު