Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޫސުން

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މޫސުން އިތުރަށް ގޯސްވާނެތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 14:44
ބޯކޮށް ވާރޭވެހި، ރަށެއްގައި ފެން ބޮޑުވެފައި.

ބޯކޮށް ވާރޭވެހި، ރަށެއްގައި ފެން ބޮޑުވެފައި. | އެމްއެންޑީއެފް

މުޅި ރާއްޖޭގެ މޫސުން ގޯސް ކަމަށާއި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ހުކުރު ދުވަހުގެ ހެނދުނު 10:00ށް ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކާށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

Advertisement - newsAdvertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. 

މީގެ އިތުރުން އެ އިދާރާއިން ބުނީ، ބުދަ ދުވަހުގެ ހެނދުނު 8:00ން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ށް ދިއްފުއްޓަށް 26.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި، ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 22.5 މިލިމީޓަރުގެ ވާރޭ އެވެ. އަދި ރ. އަލިފުއްޓަށް 19.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 11.4 މިލިމީޓަރުގެ ވާރޭ، ކ. ގާފަރަށް 7.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

 

ރާއްޖޭގެ މޫސުން ގޯސްވެ، އެންމެ ގިނައިން ބޯކޮށް، ވާރޭވެހިފައިވާ ރަށްތައް.
ރާއްޖޭގެ މޫސުން ގޯސްވެ، އެންމެ ގިނައިން ބޯކޮށް، ވާރޭވެހިފައިވާ ރަށްތައް.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން  މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާމޫސުން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

15 އެޕްރީލު 2026
އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް

މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް

27 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު