Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމާބެހޭ ގައުމީ އިދާރާ

ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. މަޑަވެއްޔާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، އެމްއެންޑީއެފުން ފެންހިންދުމުގެ މަސައްކަތް ވަނީ ކޮށްފައި. މި ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫގެ ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ލިބިފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ. ގަމަށް. ކުރިއަށް އޮތް 24 ގަޑިއިރުވެސް ބައެއް ރަށްތަކަށް ގުގުރުމާއެކު ވާރޭވެހި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނޭ. އަދި ޖޫން-ޖުލައިގެ ވިއްސާރައާ ގުޅޭގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މެއި މަހަށްވުރެ، ޖޫން މަހު ވާރޭ ވެހޭ މިންވަރު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ޖުލައި މަހު ވާރޭ ވެހުން އިތުރުވާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2026 | އާދީއްތަ 08:26
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ. | އެމްއެންޑީއެފް

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތައް ފެން ބޮޑުވެ، ގެއްލުން ވެއްޖެ އެވެ. 

އާދިއްތަ ދުވަހު އެމްއެންޑީއެފުން ބުނީ، ގދ. މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތެރިވެފައިވާ ކަމަށެވެ.

ފެން ހިންދުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ރޭ 01:35 ހާއިރު ފެށިއިރު، އާއްމު ހާލަތަށް ގެނެވުނީ އާދިއްތަ ދުވަހުގެ ހެނދުނު 9:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

މީގެ އިތުރުން އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވެ އެވެ. 

ފެން ހިންދުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ފެށިއިރު، ރަށުތެރެ އާއްމު ހާލަތަށް ގެނެވުނީ އާދިއްތަ ދުވަހުގެ ހެނދުނު 10:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އައްޑޫ ސިޓީ ހިތަދޫގެ ބައެއް ގެތަކުގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ގެއްލުން ވަމުންދާއިރު، ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން އާދިއްތަ ދުވަހު ހެނދުނު 8:00ށް އެންމެ ގިނައިން ވާރޭ ވެފައިވަނީ ސ.ގަމަށް ކަމަށެވެ.  އެރަށަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.  ދެ ވަނަ އަށް 102.7 މިލިމީޓަރުގެ ވާރޭ ގދ.ކާނޑެއްދޫ އަށް ވެހިފައިވާއިރު، ތިން ވަނަ އަށް ހދ.ހަނިމާދޫ 68.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ސ.ހިތަދޫ 64.9 މިލިމީޓަރުގެ ވާރޭ، ގއ.ގެމަނަފުށި 63.6 މިލިމީޓަރުގެ ވާރޭ، ސހުޅުމީދޫ 46.5 މިލިމީޓަރުގެ ވާރޭ، ގދ.ތިނަދޫ 37.1 މިލިމީޓަރުގެ ވާރޭ، ގއ.ކޫއްޑޫ 26.0 މިލިމީޓަރުގެ ވާރޭ، މ.މުލި 20.0 މީޓަރުގެ ވާރޭ، ރ.އަލިފުށި 20.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. 

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތާއި ގުޅޭގޮތުން އެއިދާރާއިން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެން ވާ ކަމަށާއި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

ޖޫން-ޖުލައިގެ ވިއްސާރައާ ގުޅޭގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މެއި މަހަށްވުރެ، ޖޫން މަހު ވާރޭ ވެހޭ މިންވަރު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ޖުލައި މަހު ވާރޭ ވެހުން އިތުރުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ ހަވާލާދީ، އަންނަ މަހަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް ވިއްސާރަ ކުރާ މިންވަރު ކުޑަކޮށް ދަށްވާނެ ކަމަށެވެ. ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 

އެމްއެންޑީއެފްގދ.މަޑަވެއްލިއައްްޑޫ ސިޓީމޫސުމާބެހޭ ގައުމީ އިދާރާ

އިތުރަށް ކިޔާލަން

28 މެއި 2026

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟
24 މެއި 2026

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ
23 މެއި 2026

މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!

23 މެއި 2026
މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!
22 މެއި 2026

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

22 މެއި 2026
އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ
22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު