Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅަނގު މޫސުން

މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް!

10 މެއި 2026 | އާދީއްތަ 14:22

މި އަހަރުގެ ހުޅަނގު މޫސުން މި މަހުގެ 8 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ފެށިފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑައަޅާފަ. މޫސުން ފެށުނުކަން ކަނޑައެޅީ ވާރޭވެހުމާއި ވައިގެ މިސްރާބަށް އައި ބަދަލުތަކަށް ބެލުމަށް ފަހު ކަމަށްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރޭ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 މެއި 2026 | އާދީއްތަ 14:22
މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައި

މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައި | ރާއްޖެއެމްވީ ގްރެފިކްސް

މި އަހަރުގެ ހުޅަނގު މޫސުން ރާއްޖެ އަށް ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. 

މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ހިނގަނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށެވެ. ހުޅަނގު މޫސުން ކުރިއަދަނީ ގާތްގަނޑަކަށް މޭމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަން ފާހަގަ ކޮށް އެ އިދާރާ އިން ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެށޭ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށިގެން ދާ ކަމަށެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ.  

އެ އިދާރާ އިން ވަނީ ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތައް ވެސް ހާމަ ކޮށްފަ އެވެ. އެގޮތުން މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނަށް 2.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހެން ޖެހޭ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހެން ޖެހޭނެ ކަން މެޓް އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ހުޅަނގު މޫސުން ފެށިފައިވާއިރު މިހާރު ރާއްޖޭގެ އިރު ދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯ ޓްރަފްގެ ސަބަބުން މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފަ އެވެ. 

ހުޅަނގު މޫސުންމޫސުމާބެހޭ ގައުމީ އިދާރާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 މެއި 2026

އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

09 މެއި 2026
އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
04 މެއި 2026

މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

04 މެއި 2026
މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
29 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!

29 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!
16 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

16 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!
15 އެޕްރީލު 2026

މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

15 އެޕްރީލު 2026
މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
03 މާރިޗު 2026

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!
27 ފެބުރުއަރީ 2026

މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް

27 ފެބުރުއަރީ 2026
މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް
09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
16 ޖުލައި 2025

މާދަމާއިން ފެށިގެން 4 ދުވަހު ހުޅަނގު މޫސުމުގައި ބާރުގަދަވެ މޫސުން ގޯސްވާނެ

16 ޖުލައި 2025
މާދަމާއިން ފެށިގެން 4 ދުވަހު ހުޅަނގު މޫސުމުގައި ބާރުގަދަވެ މޫސުން ގޯސްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް