Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުން

މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ، ގުގުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ބޭނުންކުރުމުން ދުރުހެލިވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައި. ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ. އެހެންކަމުން ފެންބޮޑުވުމާއި ގަދަ ވަޔާއެކު ލިބިދާނެ ގެއްލުންތަކަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އެދިފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 07:39
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ.

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ. | ރާއްޖެއެމްވީ ގްރެފިކްސް

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ ހެނދުނު 10:00ށް ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

Advertisement - newsAdvertisement

އެ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، 2026 ޖޫން އިން ސެޕްޓެންބަރުގެ ނިޔަލަށް ލަފާކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރު އާއްމުކޮށް މިދުވަސްވަރު ވެހޭވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާއްމުކޮށް ހުންނަވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، އާދިއްތަ ދުވަހުގެ ހެނދުނު 8:00ން ހޯމަ ދުވަހުގެ ހެނދުނު 8:00ށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫ އަށެވެ. އެ ރަށަށް 46.1 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ސ. ހުޅުމީދޫ އަށް 32.4 މިލިމީޓަރުގެ ވާރޭ، ފ. ބިލެއްދޫ އަށް 33.0 މިލިމީޓަރުގެ ވާރޭ، ކ. ދިއްފުއްޓަށް 26.5 މިލިމީޓަރުގެ ވާރޭ، މ. މުއްޔަށް 22.6 މިލިމީޓަރުގެ ވާރޭ އަދި ޏ. ފުވައްމުލަކަށް 19.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މީގެ އިތުރުން މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ގުގުރަމުންދާތީ، އެންޑީއެމްއޭއިން ވަނީ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. 

އެ އޮތޯރިޓީން ބުނީ، ހާމަ ތަންތަނާއި، ޓެރަސް ފަދަ އުސް ތަންތަނުން ދުރުހެލިވާން ޖެހޭ ކަމަށާއި، އިމާރާތް ތެރޭގައި ތިބެން ޖެހޭ ކަމަށެވެ. ބޭރުގައި ނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސްދަށުގައި ނުތިބުމަށް އެދިފައިވެ އެވެ. އަދި އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި، އެތަކެތި ބޭނުން ކުރުމުން ދުރިހެލިވާން ޖެހޭ ކަމަށާއި، ފެން ބޮޑުވެފައިވާ ސަރަހައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި، ދަގަނޑު ތަކެތިން ދުރުހިލިވާން ޖެހޭ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.

އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީމޫސުމާބެހޭ ގައުމީ އިދާރާހުޅަނގު މޫސުންމޫސުން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!

29 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

16 އެޕްރީލު 2026
މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

15 އެޕްރީލު 2026
އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

02 މާރިޗު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު