Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޑީއެމްއޭ

އުފެދިފައިވާ ކޮޅިގަނޑާއެކު މޫސުން ގޯސްވެ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އިރުދެކުނާއި އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުތަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެތީ، ފެންބޮޑުވެދާނެ ހާލަތްތަކަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ. އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، މުދަލާއި ކަރަންޓު ސާމާނު ރައްކާތެރި ކުރުމުގެ އިތުރުން، ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އެދޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 މެއި 2026 | ހޮނިހިރު 16:38
މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ

މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ | ރާއްޖެއެމްވީ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގަދަ ވައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެންޑީއެމްއޭ އިން ބުނީ މިހާރު ރާއްޖޭގެ އިރު ދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯ ޓްރަފްގެ ސަބަބުން މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާ ކޮށްފައިވާ ކަމަށެވެ. 

އެންޑީއެމްއޭ އިން ބުނީ މޫސުން ގޯސްވެ ލިބިދާނެ  ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހޭ މުހިއްމު ކަންކަން އެ އޮތޯރިޓީ އިން ވަނީ ހިއްސާ ކޮށްފަ އެވެ. 

އެގޮތުން ވާރޭވެހި، ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލަސއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެ، ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުން ކޮށްގެން ފުރާޅު ހައްޔަރު ކުރުމާއި، ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުމާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން ފަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެންޑީއެމްއޭ އިން ވަނީ ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީން ކުރުމަށް އިލްތިމާސް ކުރާ ކަމަށާއި، ކާޑުގެ ބާވަތްތަކާ ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމް ކުރުމަށް ވެސް އެދޭ ކަމަށެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލައިލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ހާދިސާތައް ވެސް ހިނގާ މިންވަރު އިތުރުވެ އެވެ.

އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާމޫސުންއެންޑީއެމްއޭ

އިތުރަށް ކިޔާލަން

04 މެއި 2026

މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

04 މެއި 2026
މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
29 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!

29 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!
16 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

16 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!
15 އެޕްރީލު 2026

މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

15 އެޕްރީލު 2026
މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
13 އެޕްރީލު 2026

ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

13 އެޕްރީލު 2026
ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު