Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މޫސުން

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް!

ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައި. ކުރިއަށް އޮތް ވަގުތުތަކުގައި އެކިހިސާބަށް ވިއްސާރަކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވޭ. މީގެ އިތުރުން ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާ އަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2026 | ބުދަ 08:35
މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ.

މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ. | ރާއްޖެއެމްވީ

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ޅ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އަދި އެލާޓް ފުރަތަމަ ނެރުނީ ބުދަ ދުވަހުގެ ފަތިހު 5:00ން ހެނދުނު 10:00ށެވެ. އޭގެފަހުން ބުދަ ދުވަހުގެ ހަވީރު 5:00ށް އެލާޓް ވަނީ ދިގު ދަންމާލާފަ އެވެ.

Advertisement - newsAdvertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ބުދަ ދުވަހުގެ ހެނދުނު 10:00ން ބުރާސްފަތި ދުވަހުގެ 10:00ށް އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. 

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ބުންޏެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 2 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުންޏެވެ. 

މީގެ އިތުރުން އެ އިދާރާއިން ބުނީ، އަންގާރަ ދުވަހުގެ ހެނދުނު 8:00ން ބުދަ ދުވަހުގެ ހެނދުނު 8:00ށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާ ކަމަށާއި، އެރަށަށް 58.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ދެ ވަނަ އަށް 42.9 މިލިމީޓަރުގެ ވާރޭ އއ.ތޮއްޑޫ އަށް ވެހިފައިވާއިރު، ތިން ވަނަ އަށް ގއ. ކޫއްޑޫއަށް 39.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި މ.މުއްޔަށް 37.8 މިލިމީޓަރުގެ ވާރޭ، ލ.ކައްދޫއަށް 37.0 މިލިމީޓަރުގެ ވާރޭ، ފ.ނިލަންދޫއަށް 34.6 މިލިމީޓަރުގެ ވާރޭ އަދި އދ.މަހިބަދޫ އަށް 34.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާގެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ފަރެސްމާތޮޑާ އަށް.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާހުދު ސަމާލު

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!

16 އެޕްރީލު 2026
މުޅި ރާއްޖޭގެ މޫސުން ގޯސް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް!
15 އެޕްރީލު 2026

މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

15 އެޕްރީލު 2026
މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
03 މާރިޗު 2026

އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!

03 މާރިޗު 2026
އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް!
27 ފެބުރުއަރީ 2026

މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް

27 ފެބުރުއަރީ 2026
މި ފެށޭ މާރިޗު މަހު ވާރޭ ވެހުން މަދުވެ، ހޫނު ގަދަވާނެ: މެޓް އޮފީސް
09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު