Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ފެނަކައިގެ 2024 ވަނަ އަހަރުގެ މާލީ ބަޔާނުގައި ބޮޑެތި މައްސަލަތަކެއް، ރައުޔެއް ދެވެން ނެތްކަމަށް ކަނޑައަޅައި އޮޑިޓް ރިޕޯޓު ނެރެފި!

11 ނޮވެމްބަރު 2026 | ބުދަ 16:54

ފެނަކައިގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން، އެ ކުންފުނީގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކާ މެދު ރައުޔެއް ފާޅުކުރެވެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ކަނޑައަޅުއްވާފައި. ކުންފުނީގެ ދަރަނި 3.9 ބިލިއަން ރުފިޔާއަށް އަރައި ހިންގުމުގެ ގާބިލުކަމާ މެދު ސުވާލު އުފެދިފައިވާއިރު، މުދަލާއި އިންވެންޓްރީ ބެލެހެއްޓުމުގައި ވެސް ބޮޑެތި އިހުމާލުތަކެއް ހުރިކަން އޮޑިޓުން ވަނީ ހާމަވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 11 ނޮވެމްބަރު 2026 | ބުދަ 16:54
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް | ކޯޕަރޭޓް މޯލްޑިވެސް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓަރ ޖެނެރަލްގެ ރައުޔެއް ދެވެން ނެތް ކަމަށް ކަނޑައަޅައި އޮޑިޓް ރިޕޯޓް ނެރެފި އެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނޮވެމްބަރު 1، 2026 ގައި ނެރުއްވި މި ރިޕޯޓުގައި ބުނެފައިވަނީ، ކުންފުނީގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ބޭނުންވާ އެކަށީގެންވާ ހެކި ލިބިފައި ނުވާތީ، އެ ބަޔާންތަކާމެދު ވަކިގޮތަކަށް ރައުޔެއް ފާޅުކުރެވެން ނެތް ކަމަށެވެ. މިއީ ކުންފުނީގެ މާލީ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމަވާ ކަމެކެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ 2024 ވަނަ އަހަރުގެ ފެށޭ ބެލެންސްތަކާއި 2023 ވަނަ އަހަރުގެ އަޅާކިޔާ ހިސާބުތަކުގެ ސައްހަކަން ކަށަވަރު ނުވުމެވެ. މީގެ ކުރީގެ އަހަރުތަކުގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓްތަކަށް ރައުޔެއް ދެވެން ނެތް ކަމަށް ނިންމާފައިވާތީ، މާލީ ބަޔާންތަކުގައި ހިމެނޭ ހިސާބުތަކަކީ އިތުބާރު ހުރި ހިސާބުތަކެއް ކަމަށް ބެލެވެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ޖާނަލް އެންޓްރީތަކުގެ ފުރިހަމަ ތަފްސީލު އޮޑިޓަށް ފޯރުކޮށްދީފައި ނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުންފުނީގެ އާމްދަނީއާއި ޚަރަދުތަކާ ގުޅޭގޮތުން ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އޮޑިޓް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ސަބްކޮންޓްރެކްޓް މަޝްރޫއުތަކުން ލިބުނު 36.8 މިލިއަން ރުފިޔާގެ އާމްދަނީއާއި އެ މަޝްރޫއުތަކަށް ހިނގި 357.9 މިލިއަން ރުފިޔާގެ ޚަރަދު ހިސާބުކުރުމުގައި އެކަށީގެންވާ ނިޒާމެއް ނެތްކަން ވަނީ ފާހަގަވެފަ އެވެ. އަދި ސަރުކާރުންދޭ ސަބްސިޑީގެ ގޮތުގައި ހިމަނާފައިވާ 789 މިލިއަން ރުފިޔާގެ ތެރެއިން މިސްކިތްތަކުގެ ޓެރިފްގެ ގޮތުގައި ހިމެނޭ 20.5 މިލިއަން ރުފިޔާއާ ގުޅޭ ރަސްމީ އެއްބަސްވުމެއް ނެތްކަން ވެސް އޮޑިޓުން ވަނީ ދައްކާފަ އެވެ.

ފެނަކައިގެ މުދަލާއި އިންވެންޓްރީ ބެލެހެއްޓުމުގައި ވެސް ބޮޑެތި އުނި ކަންތައްތަކެއް ހުރިކަން ރިޕޯޓުން ހާމަވެ އެވެ. ކުންފުނީގެ ފިކްސްޑް އެސެޓް ރަޖިސްޓްރީއާއި މާލީ ބަޔާނާ ދެމެދު 147.5 މިލިއަން ރުފިޔާގެ ފަރަގެއް ހުރި އިރު، 1.6 ބިލިއަން ރުފިޔާގެ ކެޕިޓަލް ވޯކް އިން ޕްރޮގްރެސްގެ ސައްހަކަން ވެސް ކަށަވަރުކުރެވިފައެއް ނުވެ އެވެ. މީގެ އިތުރުން، 530 މިލިއަން ރުފިޔާގެ އިންވެންޓްރީ ހުރި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން 444.5 މިލިއަން ރުފިޔާއަކީ ނެގެޓިވް ބެލެންސްގެ ގޮތުގައި ހުރި ހިސާބުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މާލީ ހާލަތަށް ބަލާއިރު، 2024 ވަނަ އަހަރު ނިމުނުއިރު ފެނަކައަށް ވަނީ 547 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފަ އެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 811 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު ކުޑަ އަދަދެއް ނަމަވެސް، ކުންފުނީގެ ދަރަނި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ކުންފުނީގެ ކަރަންޓް ލައިބިލިޓީސް ނުވަތަ ކުރު މުއްދަތުގެ ދަރަނި 3.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުންފުނީގެ މިލްކިއްޔާތަށްވުރެ 2.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ސަބަބުތަކާ ހުރެ ކުންފުނި ހިންގުމުގެ ގާބިލުކަމާ މެދު އޮޑިޓަރ ޖެނެރަލް ވަނީ ސުވާލު އުފައްދަވާފަ އެވެ.

ކުންފުނީގެ އިދާރީ ހިންގުމަށް ބަލާއިރު، 1.4 ބިލިއަން ރުފިޔާ އިދާރީ ޚަރަދުގެ ގޮތުގައި ހިނގާފައިވާއިރު، އޭގެ ތެރެއިން 398.4 މިލިއަން ރުފިޔާގެ ޚަރަދަށް ބޭނުންވާ އެކަށީގެންވާ ލިޔެކިޔުން ފޯރުކޮށްދެވިފައެއް ނުވެ އެވެ. އަދި ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ 3.5 ބިލިއަން ރުފިޔާގެ ޓްރޭޑް ޕޭއަބަލްސްގެ ސައްހަކަން ވެސް ކަށަވަރުކުރެވިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ކުންފުނީގެ ހިއްސާގެ ރައުސްމާލުގެ ގޮތުގައި ބަޔާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ 750 މިލިއަން ރުފިޔާއާ ދެމެދު ބޮޑު ފަރަގެއް ހުރިކަން ވެސް ވަނީ ހާމަވެފަ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ކުންފުނީގެ ބައެއް އޮޕަރޭޝަންތައް ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބައެއް ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް ބޯޑުން ނިންމާފައިވާއިރު، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން މާލީ ގޮތުން ކުރާނެ އަސަރު އަދި އަންދާޒާ ކުރެވިފައިނުވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންއޮޑިޓަރ ޖެނެރަލްއޮޑިޓް ރިޕޯޓު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާ ދައްކާނެ ގޮތެއް ވެސް ހުށަހެޅިފައިވާ ބަޖެޓުން އެނގޭކަށް ނެތް: ނިޔާޒީ

11 ނޮވެމްބަރު 2026
ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާ ދައްކާނެ ގޮތެއް ވެސް ހުށަހެޅިފައިވާ ބަޖެޓުން އެނގޭކަށް ނެތް: ނިޔާޒީ
10 ނޮވެމްބަރު 2026

ޓެކްސްގެ ގޮތުގައި ނުލިބި 22 ބިލިއަންއެއްހާ ރުފިޔާ އެބައޮތް، ޓެކްސް ނުދެއްކުން އިތުރުވާ އެއް ސަބަބަކީ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުން: ނިޔާޒީ

10 ނޮވެމްބަރު 2026
ޓެކްސްގެ ގޮތުގައި ނުލިބި 22 ބިލިއަންއެއްހާ ރުފިޔާ އެބައޮތް، ޓެކްސް ނުދެއްކުން އިތުރުވާ އެއް ސަބަބަކީ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުން: ނިޔާޒީ
09 ނޮވެމްބަރު 2026

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

09 ނޮވެމްބަރު 2026
އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟
31 އޮކްޓޯބަރު 2026

ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން

31 އޮކްޓޯބަރު 2026
ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން
27 އޮކްޓޯބަރު 2026

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

27 އޮކްޓޯބަރު 2026
ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!
24 އޮކްޓޯބަރު 2026

ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

24 އޮކްޓޯބަރު 2026
ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ
23 އޮކްޓޯބަރު 2026

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

23 އޮކްޓޯބަރު 2026
އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟
15 އޮކްޓޯބަރު 2026

އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަގާމުން އަފީފު ވަކިކޮށްފި

15 އޮކްޓޯބަރު 2026
އުވާލަން ނިންމާފައިވާ ފެނަކައިގެ އެމްޑީގެ މަގާމުން އަފީފު ވަކިކޮށްފި
05 އޮކްޓޯބަރު 2026

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

05 އޮކްޓޯބަރު 2026
ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި
04 އޮކްޓޯބަރު 2026

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

04 އޮކްޓޯބަރު 2026
ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް