Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުވުން

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ށ. މިލަންދޫ، އަހުމަދު ނަބުހާން (23އ) މިއަދު ހެނދުނު ވަނީ ނިޔާވެފައި. މިލަންދޫ ސިއްހީ މަރުކަޒާއި ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އޭނާ މާލެ ގެނެސް ވެންޓިލޭޓަރަށް ލާފައިވަނީ އިއްޔެގެ ވަގުތެއްގައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 07:21
އައިޖީއެމްއެޗް. މި ޒުވާނާގެ ހާލު ސިރިއަސްވުމާ ގުޅިގެން މާލެއަށް ގެނައީ އާދިއްތަ ދުވަހުގެ ވަގުތެއްގައި.

އައިޖީއެމްއެޗް. މި ޒުވާނާގެ ހާލު ސިރިއަސްވުމާ ގުޅިގެން މާލެއަށް ގެނައީ އާދިއްތަ ދުވަހުގެ ވަގުތެއްގައި. | ރާއްޖެއެމްވީ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ އެވެ.

ހޯމަ ދުވަހު ނިޔާވީ، ށ. މިލަންދޫއަށް އުފަން 23 އަހަރުގެ އަހުމަދު ނަބުހާން އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. އޭގެފަހުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލު ކުރި ކަމަށާއި، އިތުރަށް ހާލު ސިރިއަސް ވުމުން އާދިއްތަ ދުވަހު މާލެއަށް ގެނައީ ކަމަށެވެ.

ނަބުހާން އައިޖީއެމްއެޗްއަށް ގެނައި ގޮތަށް ހާލު ސިރިއަސްވުމުން ފުރަތަމަ ވެސް ފަރުވާދޭން ފަށާފައި ވަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ނިޔާވީ ފަރުވާ ދެމުންދަނިކޮށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މި ދުވަސްވަރު މުޅި ރާއްޖޭގައި ޑެންގީ ޖެހިގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިލަންދޫ ގައި ވެސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ޑެންގީ ހުން ޖެހިގެން 30 މީހަކަށް ފަރުވާ ދީފައިވެ އެވެ. 

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން އާދިއްތަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، މިއަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، މިއަހަރު މާރިޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ. 

އެގޮތުން ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މާރިޗް މަހު 535 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ، ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު އިތުރުވި ނަމަވެސް އެހެނިހެން ރޯގާ ޖެހޭ މިންވަރު މަދުވެފައިވާ ކަމަށެވެ. 

އެގޮތުން ފެބްރުއަރީ މަހު އަރިދަފުސް ރޯގާގެ 25010 ކޭސް ރިޕޯޓު ކުރި ނަމަވެސް މާރިޗް މަހު ރިޕޯޓު ކޮށްފައިވަނީ 20761 ކޭސް އެވެ.  އަދި ފެބްރުއަރީ މަހު ބޭރަށް ހިންގުމުގެ 8629 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި، މާރިޗް މަހު 4441 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އިންފްލުއެންޒާ އަށް މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 1030 މީހުންގެ ތެރެއިން 112  މީހުން ޕޮޒިޓިވްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އަހުމަދު ނަބުހާންށ. މިލަންދޫ ޑެންގީ އައިޖީއެމްއެޗްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

12 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވުމުން: ޖަވާބުދާރީ ވުމުގެ ބަދަލުގަ ސަރުކާރުން ކަމުން ރެކެނީ

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ވެއްޓުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި

10 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު