Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވައިބާ ހެކްކުރުން

ވައިބަރ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލަ - 4 ވަނަ މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން އެ މީހާގެ ނަމުގައި މަކަރާއި ހީލަތުން 150000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނަގާފައިވާ މައްސަލައިގައި ހުސައިން ފާރިޝް ޢުމަރު 22 އަހަރު ހައްޔަރުކޮށްފި އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 15:15
ހ.ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ)

ހ.ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ)

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން އެމީހާގެ ނަން ބޭނުންކޮށްގެން އެކި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ.ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މީހެއް ގެ ވައިބަރ އެކައުންޓް ހެކްކުރުމަށް ފަހު، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާއިި މަކަރާއި ހީލަތުން މުއާމަލާތުކޮށްފައިވާ މައްސަލަ އާއި ގުޅިގެން ކަމަށެވެ. މި މައްސަލައިގައި އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ހޯދި ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ ކަމަށް ވެސް އެ އިދާރާ އިން ހާމަކުރެ އެވެ.

ފާރިޝް ހައްޔަރުކޮށްފައިވަނީ، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 17 ވަނަ ދުވަހު އެވެ. ފާރިޝް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މިއީ މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު ވަނަ މީހާ އެވެ. ކުރިން މި މައްސަލައިގައި ހައްޔަރު ކުރީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި، ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) އާއި، ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް އެ އިދާރާ އިން ބުނެ އވެެ. 

ވައިބާ ހެކްކުރުންއެންޓި ސްކޭމް ސެންޓަރމާލީ މަކަރުސިޔާސަތުތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 3 ސްޕާ އެއް ބަންދު ކޮށްފި

15 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު