Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ. މިލަންދޫ

ރައީސް މުއިއްޒު ގެ ދަތުރުފުޅާ ދިމާކޮށް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، އެތަނުގައި އަޅާ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ހުއްޓިފައި: މިލަންދޫ ކައުންސިލް

29 ޖެނުއަރީ 2026 | ބުރާސްފަތި 14:50

ށ. ފޯކައިދޫ ގައި ވެސް މީހުން ނަމާދުކުރަމުން ދިޔަ މިސްކިތެއް ވަނީ ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަވަސްއަރުވާއިގެން ތަޅާލުމަށްފަހު އެތަނުގައި އިސްލާމިކް ސެންޓަރެއްގެ ބިންގާ އަޅާފައި ނަމަވެސް އެ މަސައްކަތް ވެސް ވަނީ ހުއްޓިފައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 29 ޖެނުއަރީ 2026 | ބުރާސްފަތި 14:50
ށ. މިލަންދޫ އިސްލާމިކް ސެންޓަރު ގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމުގެ ކަންބޮޑުވުން އެރަށު ރައްޔިތުން ފާހަގަ ކުރޭ.

ށ. މިލަންދޫ އިސްލާމިކް ސެންޓަރު ގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމުގެ ކަންބޮޑުވުން އެރަށު ރައްޔިތުން ފާހަގަ ކުރޭ. | ރާއްޖެ އެމްވީ

ރައީސް މުއިއްޒު ށ. މިލަންދޫ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ށ. މިލަންދޫ ގައި އެއާކޮންޑިޝަން ކޮށް ހަދާފައިވާ މިސްކިތް އަވަސް އަރުވާލައިގެން ތަޅާލުމަށްފަހު، ބިންގާ އެޅި އިސްލާމިކް ސެންޓަރުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިޔަށް ނުދާ ކަމަށާއި މަސައްކަތް ގާތް ގަނޑަކަށް ހުއްޓިފަ ވާކަމަށް މިލަންދޫ ކައުންސިލުން ބުނެފި އެވެ. 

އިސްލާމިކް ސެންޓަރު ގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ބިންގާ އިސްލާމިކް ސެންޓަރު ގެ ބިންގާ އަޅަން ވެގެން ކުރިން ހުރި މިސްކިތް 24 ގަޑި އިރު ތެރޭ ތަޅާލާ ތަން ސާފުކޮށްފައި ވާކަމަށެވެ. ނަމަވެސް އަވަސް އަރުވާލާފަ މިސްކިތް ތަޅާލިޔަސް، މަސައްކަތް ކުރިޔަށް ދާގޮތުން އިސްލާމިކް ސެންޓަރުގެ މސައްކަތް ސަރުކާރުން ބުނާ މުއްދަތުގެ ތެރޭ ނިންމާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

މިލަންދޫ ކައުންސިލް މެމްބަރ އަހްމަދު ޝިޔާމް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ

މިލަންދޫ ކައުންސިލް މެމްބަރ އަހްމަދު ޝިޔާމް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ

މތަން މިހާރު އެމްޓީސީސީ އާއި ހަވާލުކޮށްފަ މި އޮތީ، މިތަނަކީ ކުރިން ނަމާދު ކޮށްކޮށް ހުރި ވަރަށް ރީތި މިސްކިތެއް. މިތަނުގަ ހަމަ ނަމާދުކޮށްކޮށް ހުއްޓަ މިސްކިތް މިވަނީ ތަޅާލާފަ އިސްލާމިކް ސެންޓަރެއް އަޅަންށޭ ކިޔާފަ. ބިންގާ އަޅާ ރަސްމިއްޔާތަށް މުޅި ތަން ސާފުކޮށް ނިންމާފަ. 24 ގަޑި އިރުތެރޭ މުޅި ތަން ސާފު ކޮށްލާފާ އޮތީ، ރީއްޗަށް އޭސީ ކޮށް ހަދާފަ އިން މިސްކިތެއް. ރައީސް ވަޑައިގެން ބިންގާ އަޅުއްވަން ވެގެން ކޮށްފަހުރި މަސައްކަތް މިއީ. މިތަނުގެ މަސައްކަތް ކީކޭ ބުނާނީ. މުޅިން ހުއްޓިފައޭ ބުންޔަސް މައްސަލައެއް ނެތް. މި ފެންނަ މަންޒަރަކުން ހިޔެއް ނުވޭ ސަރުކާރުން އެބުނާ މުއްދަތު ތެރޭ މިތަން ނިމޭނެ ހެނެއް. 
ށ. މިލަންދޫ ކައުންސިލްގެ މެމްބަރު އަޙްމަދު ޝިޔާމް

މިލަންދޫ ގެ އިތުރުން ށ. ފޯކައިދޫ ގައި ވެސް މީހުން ނަމާދު ކުރަމުން ދިޔަ މިސްކިތެއް ވަނީ ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަވަސްއަރުވާއިގެން ތަޅާލުމަށްފަހު އެތަނުގައި އިސްލާމިކް ސެންޓަރެއްގެ ބިންގާ އަޅާފަ އެވެ. މިސްކިތް ތަޅާލުމަށް ފަހު އޭރު އެރަށު ރައްޔިތުން ނަމާދުކަން ވަގުތީގޮތުން  އެރަށު ސްކޫލަށް ވަނީ ބަދަލުކޮށްފަ އެވެ. 

ށ. މިލަންދޫ އިސްލާމިކް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ށ. މިލަންދޫ އިސްލާމިކް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރިތާ 10 މަސް ދުވަސް ވީ އިރުވެސް މަސައްކަތް ކުރިޔަށް ނުދާ ކަން އެރަށު ކައުންސިލުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ރަށްރަށުގައި ތަރައްގީގެ މަޝްރޫޢެއް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ރަށުކައުންސިލުން ދަނީ ފާޅުކުރަމުންނެވެ. 

ށ. މިލަންދޫ އަޙްމަދު ޝިޔާމްމިލަންދޫ އިސްލާމީ މަރުކަޒު

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އަޑިނޭނގޭ ޑީލެއްގެ ދަށުން ކ. މަނިޔަފުށި ދިން ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި!

11 ޖެނުއަރީ 2026
އަޑިނޭނގޭ ޑީލެއްގެ ދަށުން ކ. މަނިޔަފުށި ދިން ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޝިޔާމް އާއި އާމިރު މަންސޫރު ދެއްކެވި ވާހަކަ ދިމަލެއް ނުވި!
04 ޖެނުއަރީ 2026

މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!

04 ޖެނުއަރީ 2026
މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!
16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
13 ޑިސެމްބަރު 2025

މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

13 ޑިސެމްބަރު 2025
މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން
13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
10 ޑިސެމްބަރު 2025

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
31 އޮކްޓޯބަރު 2025

ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި

31 އޮކްޓޯބަރު 2025
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް