Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކައުޓް ހަރަކާތް

ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ހަރަކާތެއް: ރައީސް މުއިއްޒު

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ހަރަކާތް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒަންކުރައްވާފަ. ސްކައުޓް ހަރަކާތަކީ އަޚްލާޤީ ގޮތުން ރަނގަޅު، ޒިންމާދާރު ޖީލެއް ބިނާކުރުމަށް އޮތް ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަން ފާހަގަކުރައްވައި، މި ހަރަކާތް ފުޅާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި. މީގެ އިތުރުން، ސްކައުޓުންގެ ފަރާތުން ފެންނަ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ރީތި ނަމޫނާއަކީ މުޖުތަމައުގެ ބަދަހިކަމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް ވެސް ރައީސް ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 މެއި 2026 | ހޮނިހިރު 06:08
ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގަ އެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެ ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރެއްވި އެވެ. އަދި މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަން ރައީސް ފާހަގަކުރެއްވި އެވެ. ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރީތި ނަމޫނާ ސްކައުޓުންގެ ފަރާތުން މިހާތަނަށް ވެސް ފެނިފައިވާ ކަމަށެވެ. މިއީ މުޖުތަމައުގެ ބަދަހިކަމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ސްކައުޓް ހަރަކާތްސްކައުޓް އެސޯސިއޭޝަންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

28 މެއި 2026

ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި

28 މެއި 2026
ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން އުނިކޮށްފި
27 މެއި 2026

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް
26 މެއި 2026

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!
26 މެއި 2026

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް
25 މެއި 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު