Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުނަވަން ޓްރާންސްޕްލާންޓު

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

1 ޖޫން 2026 | ހޯމަ 03:28

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، އެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފި. ރައީސް މިގޮތަށް ނިންމެވީ މަޖިލީހުން ބިލަށް ގެނައި ބަދަލުތަކުގެ ސަބަބުން އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީ. އެހެންކަމުން، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ދަށުން މި ބިލާ މެދު އަލުން ވިސްނުމަށް މަޖިލީހުގައި ވަނީ އެދިވަޑައިގެންފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2026 | ހޯމަ 03:28
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވައިފިއެވެ.

މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، “އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލާ” މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް މިރޭ އަނބުރާ ފޮނުއްވާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޑރ. މުޙައްމަދު މުޢިއްޒުއޯގަން ޓްރާންސްޕްލާންޓްޤާނޫނުއަސާސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
30 މެއި 2026

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި
30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
30 މެއި 2026

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026
ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު
28 މެއި 2026

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި

28 މެއި 2026
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ،  ތަހުނިޔާ ފޮނުއްވައިފި
28 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

28 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި
28 މެއި 2026

ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!

28 މެއި 2026
 ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!
28 މެއި 2026

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

28 މެއި 2026
ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް