Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަހި ދިރިއުޅުން ކޯޕަރޭޝަން

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ކުނިފުނިތައް ނެގުމަކީ އެފްޑީސީން ކުރަން ޖެހޭ މަސައްކަތެއް ނޫން، ނަމަވެސް ކޮންމެ ދެހަފްތާއިން އެއް ހަފްތާއިން މިދަނީ ކުނި ނަގަމުން: ހަމްދާން

23 އެޕްރީލު 2026 | ބުރާސްފަތި 09:00

ގެދޮރުވެރިޔާ ފްލެޓްތައް ކައިރީގައި ޖަމާވާ ކުނިތައް އުކާލުމަކީ އެފްޑީސީގެ ޒިންމާއެއް ނޫން ނަމަވެސް، އެ ސަރަހައްދު ސާފުކުރުމަށް އެ ކޯޕަރޭޝަނުން މިހާތަނަށް 1،200 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް ހަމްދާން ވިދާޅުވި. ފްލެޓްތަކަށް މީހުން ބަދަލުވުމާ ގުޅިގެން އުފެދޭ ބޮޑެތި ކުނިތައް އުކާލުމުގެ ޒިންމާ އުފުލަންޖެހޭނީ އެތަންތަނުގެ ވެރިން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ފާހަގަކުރެއްވި. އެފްޑީސީން ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ކުނި ނެގުމުގެ މަސައްކަތް ކުރި ނަމަވެސް، ކޮންމެ ދުވަހަކު އެކަން ކުރުމަކީ މާލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2026 | ބުރާސްފަތި 09:00
"ގެދޮރުވެރިޔާ ފްލެޓް" ސަރަހައްދުގައި ހުރި ކުނިފުންޏެއް.

"ގެދޮރުވެރިޔާ ފްލެޓް" ސަރަހައްދުގައި ހުރި ކުނިފުންޏެއް. | އަމްނާ އިމާދު

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ބޮޑެތި ކުނިފުނިތައް ނެގުމަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޒިންމާއެއް ނޫން ކަމަށާއި، ނަމަވެސް ދެ ހަފްތާއިން އެއް ހަފްތާ ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށް އެ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ. 

ގެދޮރުވެރިޔާ ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލުވާން ފެށީއްސުރެ އެސަރަހައްދުގެ ކުނީގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކޮންމެ ޓަވަރެއްގެ ކައިރީގައި ބޮޑު ކުނި ފުންޏެއް އޮވެ އެވެ. މުޅި ސަރަހައްދުން ނުބައި ވަސް ދޮވާއިރު، ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފަ އެވެ. 

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ހަމްދާންއަށް ގުޅުމުން ވިދާޅުވީ، ޓަވަރުތަކުގެ ތިރިއަށް ކުނި އަޅަމުން ދަނީ ފްލެޓުތަކުގައި ދިރިއުޅޭ މީހުން  ކަމަށާއި، އޭސީގެ މަސައްކަތް ނުވަތަ އެހެނިހެން މަސައްކަތްތައް ކުރަން އަންނަ މީހުން ވެސް މަސައްކަތް ކުރުމަށް ފަހު ބޮޑެތި ފޮށިގަނޑުތަކާއި، އެހެނިހެން އާލަތްތައް ޓަވަރުގެ ބޭރަށް އަޅާ ކަމަށެވެ. އަދި އެގޮތަަށް ބޮޑެތި ކުނިފުނިތައް ހެދެނީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމްދާން ވިދާޅުވީ ކުނިނުވާ ޒާތުގެ ކުނި އުކާލުމަކީ އެފްޑީސީގެ ޒިންމާއެއް ނޫން ކަމަށާއި، އެކުނިތައް އުކާލަން ޖެހޭނީ ފްލެޓުގެ ވެރީން ކަމަށެވެ. ނަމަވެސް މިހާރު ވެސް އެފްޑީސީން އެސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރާކަން ފާހަގަކުރައްވައި ހަމްދާން ވިދާޅުވީ ދެ ހަފްތާއިން އެއް ހަފްތާ ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ. 

 ނަމަވެސް ހިތާމައަކީ މި މަސައްކަތްކުރާ ބައެއް ކުންފުނިތަކުން ވެސް އައިސްފައި އޭސީތަކާ އެއްޗެހި ހަރުކޮށްލާފައި ހަމަ ތިރިއަށް ދޫކޮށްލަނީ. އިނގޭތޯ އެހެންވީމަ އެކަމާ ގުޅިގެން އަޅުގަނޑުމެން މިހާތަނަށް ގާތްގަނޑަކަށް 1200 ޓަނުގެ ކުނި މިވަނީ ނައްތާލާފަ މިހާތަނަށް. ކޮންމެ ދެހަފްތާއިން އެއް ހަފްތާ ހުރިހާ 32 ޓަވަރަކުން އެއްކޮށް ކުނި ނަގާ ނައްތާލަން. އެކަމަކު ކޮންޓިނިޔުސްލީ މިދަނީ އަޅަމުން.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ހަމްދާން ވިދާޅުވީ ކޮންމެ ދުވަހަކު އެފްޑީސީން ކުނި ނުނަގާ ކަމަށާއި، އެއީ މާލީ ގޮތުން ބަލާއިރު ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މި މައްސަލައަށް އެންމެން ހޭލުންތެރިވެ، ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަންހަމްދާން ޝަކީލްގެދޮރުވެރިޔާ ޓަވަރުތައްކުނި މެނޭޖްކުރުން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

03 ސެޕްޓެމްބަރު 2026
އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ
02 އޯގަސްޓު 2026

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓު ސަރަހައްދު ސާފުކުރުމަށް ނުވަ މަސް ދުވަހުގެ ތެރޭގައި 13 މިލިއަން ރުފިޔާ!

02 އޯގަސްޓު 2026
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓު ސަރަހައްދު ސާފުކުރުމަށް ނުވަ މަސް ދުވަހުގެ ތެރޭގައި 13 މިލިއަން ރުފިޔާ!
29 ޖުލައި 2026

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026
ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު
28 ޖުލައި 2026

ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

28 ޖުލައި 2026
ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
23 ޖުލައި 2026

ސަރުކާރުގެ އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

23 ޖުލައި 2026
ސަރުކާރުގެ އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
07 ޖުލައި 2026

ރާއްޖޭގައި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި: މިނިސްޓްރީ

07 ޖުލައި 2026
ރާއްޖޭގައި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި: މިނިސްޓްރީ
03 ޖުލައި 2026

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި ކުރާ ހަމައެކަނި މަސައްކަތަކީ، ކޮންމެ ދުވަހަކު "ސަން ނެޓް" ގަ ގޮށެއް ޖަހާލުން: ކައުންސިލް

03 ޖުލައި 2026
ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި ކުރާ ހަމައެކަނި މަސައްކަތަކީ، ކޮންމެ ދުވަހަކު "ސަން ނެޓް" ގަ ގޮށެއް ޖަހާލުން: ކައުންސިލް
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
04 ޖޫން 2026

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

04 ޖޫން 2026
ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް