Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްޓާފް ސާޖަންޓު މަހުދީ

މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!

ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ގެއްލުނު ގޮތާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު ކުރިން ދެއްވި މައުލޫމާތަކީ ކަށަވަރުނުކޮށް ދެއްވި މައުލޫމާތުކަން ހާމަވެއްޖެ. މަހުދީގެ ހަށިގަނޑު ފެނުނުއިރުވެސް މަރުވެފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނި ނަމަވެސް، ސިފައިން ކުރިން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހާލު ދެރަވެގެން ކަމަށް. މި ހާދިސާގައި އުފެދިފައިވާ ގިނަ ސުވާލުތަކަށް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ސާފު ޖަވާބެއް ދީފައެއް ނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 14:33
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރައީސް އޮފީސް

 

ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އޭނާގެ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ކުރިން ވިދާޅުވިނަމަ ވެސް، އެއީ އެންމެ ރަނގަޅަށް ކަށަވަރު ނުކޮށް ވިދާޅުވި މައުލޫމާތުކަން ހާމަވެއްޖެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ބޭރުގެ އެކި މީޑިއާތަކަށް ކޮމެންޓު ދެއްވާފައެވެ. އެގޮތުން އެ ޙާދިސާ ހިނގި ދުވަހު ބީބީސީއާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވެފައިވަނީ، ރެސްކިއު ޑައިވަރުންގެ 8 ޑައިވަރުން ފީނަން ފޭބި ކަމަށާއި، އެމީހުން މައްޗަށް އެރިއިރު މަހުދީ ނެތްކަން އެނގުނު ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލަށް އެދި ރާއްޖެއެމްވީން އެ ދުވަހު ސުވާލު ކުރުމުން މުންދު ވިދާޅުވީ، އޭނާއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މަހުދީ އޭނާގެ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އަރާ ހިސާބުން ކަމަށެވެ. އެހެންނަމަވެސް، އެ ދުވަހު ކަން ހިނގާފައިވަނީ އެގޮތަށް ނޫންކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދިން ގޮތުގައި މަހުދީގެ ހަށިގަނޑު ފެނިފައިވަނީ މެރިން ޕޮލިހުންނަށެވެ. އެމީހުންނަށް ހަށިގަނޑު ފެނުނުއިރުވެސް މަހުދީ އޮތީ މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސިފައިން އޭރު ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ މަހުދީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ ހާލު ދެރަވެގެން ކަމަށެވެ.

ނުވިތާކަށް، މައްޗަށް އަރަނިކޮށް ގެއްލުނު މީހެއްގެ ހަށިގަނޑު ހޮހަޅައިގެ އެހާ ފުނުން ފެނުނީ ކީއްވެތޯވެސް ގިނަ ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.

އެހެންވެ އެކަމާ ގުޅޭގޮތުން މުންދުއާ ސުވާލު ކުރުމުން މުންދު ވިދާޅުވީ، އެއީ އޭރު އޭނާއަށް ލިބިފައިވާ މައުލޫމާތު ކަމަށާއި، އެކަންކަން މިހާރު ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާކަމަށެވެ. އެހެންކަމުން އެކަމުގެ އިތުރު މައުލޫމާތު ދެން ހިއްސާކުރާނީ އެ ފަރާތްތަކުންކަމަށް މުންދު ވިދާޅުވިއެވެ.

މި މައްސަލައިގައި ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެމްއެންޑީއެފުގެ މީޑިއާ ގްރޫޕުގައިވެސް އެތައް ނޫސްވެރިންނެއް ގެންދަނީ އެކިއެކި ސުވާލުތައް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ސުވާލުތަކަށް ޖަވާބެއް ދީފައިނުވާއިރު، ފުލުފުލުގައި ނޫސްވެރިން އަދިވެސް ގެންދަނީ ފުލުހުންނާއި ސިފައިންނަށް ވެސް ގިނަ ސުވާލުތައް ކުރަމުންނެވެ.

މުޙައްމަދު މަހުދީމުޙައްމަދު ޙުސެއިން (ވަލޭ)ބީބީސީއެމްއެންޑީއެފްމެރިން ޕޮލިހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ފަރުބަދަމަތީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކެއްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

ހުޅުމާލެ ފަޅުތެރެއަށް ފޭބިތަނުން ގެއްލުނު މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

22 މެއި 2026
ސްޓާފް ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!

ސްޓާފް ސާޖަންޓު މަހުދީ ނިޔާވުން: އެ ދުވަހު ކަން ހިނގި ގޮތުގެ ހަގީގީ ވާހަކަތައް!

21 މެއި 2026
މަހުދީ ނިޔާވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި

މަހުދީ ނިޔާވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި

20 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު