Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން ޖަލަށް ލުން

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު މިނިވަންވެއްޖެ. ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރި މައްސަލައިގައި ޝަހުޒާންގެ އިތުރުން އެ ނޫހުގެ ލީވާން އަލީ ނާސިރު ވެސް ޖަލަށްލުމާ ގުޅިގެން، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. މި ދެ ނޫސްވެރިން ވެސް މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 މެއި 2026 | ބުދަ 09:02
ޝަހުޒާން މިނިވަންކުރި ވަގުތު މަރުހާބާ ކިޔުމަށް ޝަހުޒާންގެ އާއިލާ އަދި ނޫސްވެރިން އެ ސަރަހައްދަށް ޖަމާވެ ތިބި

ޝަހުޒާން މިނިވަންކުރި ވަގުތު މަރުހާބާ ކިޔުމަށް ޝަހުޒާންގެ އާއިލާ އަދި ނޫސްވެރިން އެ ސަރަހައްދަށް ޖަމާވެ ތިބި | މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި 15 ދުވަހަށް ޖަލަށް ލި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންކޮށްފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާ ކޯޓަށް ހާޒިރު ކުރުމަށް އަންގާ ބުނެފައި ވަނީ  "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" ނެރެފައިވަނިކޮށް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާދިއްތަ ދުވަހު ސިޓީ އިން އެ ކޯޓުގެ ސަމާލުކަމަށް ގެނެސްދީފައިވާތީ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ސ) ގެ ދަށުން، ކޯޓު ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި ކޯޓަށް ހާޒިރު ކުރާ ކަމަށެވެ. 

15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޝަހުޒާން ޒޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުގަ އެވެ. 

ޝަހުޒާން އޭނާ އަށް ކުރި ޖަލު ހުކުމް ތަންފީޒު ކޮށްފައިވަނީ މާފުށި ޖަލުގަ އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކޮށްފައި ވަނީ، ހުޅުމާލެ ޖަލުންނެވެ.

ޝަހުޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ވަނީ މީގެ ކުރިން ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައެވެ. ކްރިމިނަލް ކޯޓުން ލީވާން ޖަލަށްލުމަށް ހުކުމްކުރީ 10 ދުވަހުގެ މުއްދަތަށެވެ.

މި ދެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ ގިނަ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުންގެ އިތުރުން ކުރީގެ ރައީސުންނާއި، ސިޔާސީ އިސް ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ މިކަމުގެ ކަންބޮޑުވުންފާޅު ކޮށް އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް މިސަރުކާރުން ދިން ވަރަށް ވަރުގަދަ ހަމަލާއެއް ކަމަށާއި، ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ޝަހުޒާންއަދަދު ނޫސްކްރިމިނަލް ކޯޓްލީވާން އަލީ ނާސިރުކ.މާފުށީ ޖަލު

އިތުރަށް ކިޔާލަން

26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި
25 މެއި 2026

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި

25 މެއި 2026
ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި
24 މެއި 2026

ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ މި ސަރުކާރަކީ ބީރު ސަރުކާރަކަށް ވީމަ: އަހުމަދު ޝާޒް

24 މެއި 2026
ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ މި ސަރުކާރަކީ ބީރު ސަރުކާރަކަށް ވީމަ: އަހުމަދު ޝާޒް
24 މެއި 2026

"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"

24 މެއި 2026
"ކޯޓުން ބޭރުގައި ހިނގާ ކަމަކަށް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަމުރެއް ނެރެވިދާނެ ކަަމަށް ގަބޫލު ނުކުރެވޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު