Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން

އޭސީސީގެ ފަސް މެންބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރަކު ބެހެއްޓުމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ލަފާދެއްވީ މިހާރު އޮތް ނިޒާމުން ކޮރަޕްޝަން ހުއްޓުވުމުގައި ނަތީޖާ ނުނެރެވޭތީ. މިކަމާ ގުޅިގެން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، މަޖިލީހުން ކޮމިޝަނަރުން އައްޔަންކުރާ ނަމަ އެއީ ސަރުކާރުން ބޭނުންވާ މީހަކަށް ވާނެތީ، އެ މަގާމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ހަދަންޖެހޭ ކަމަށް. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއަށް ބަލައި، ކޮރަޕްޝަނާ ދެކޮޅަށް މާނަހުރި މަސައްކަތެއް ކުރެވޭނީ މިފަދަ ބަދަލުތަކެއް ނިޒާމަށް ގެނެސްގެން ކަމަށް ޝަމީމް ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 މެއި 2026 | އަންގާރަ 08:38
ގާނޫނީ ވަކީލު އަލީ ހުސައިން

ގާނޫނީ ވަކީލު އަލީ ހުސައިން | ރާއްޖެ އެމްވީ

އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ރަނގަޅެއް ނުވާނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސައިން މިހެން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެފައިވާ ކަމަށާއި، ކޮމިޝަން އުވާލައި، އެންމެ ކޮމިޝަނަރެއް ބަހައްޓަން ފެނިލައްވާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ޕޯސްޓެއް ހިއްސާ ކުރެއްވުމަށްފަހުގަ އެވެ.

އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާއެއް ނުނެރެވޭކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، މިހާރު ކޮމިޝަނުގެ ރައީސަކަށް ހުންނެވީވެސް އެ އިރެއްގައި އޮންނަ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭނެ މީހެއް ކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުން ޝަމީމް ވަނީ ނިޒާމުން ބޭރުން، އެއްވެސް ހަމައެއް ލަމައެއް ނެތި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އޭސީސީއިން އަދާކުރި ދައުރަށް އަލިއަޅުވާލައްވާފައެވެ. 

އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަންގައި 5 މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުން މާ ރަނގަޅުވާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ ކޮމިޝަނަރަކީ ރައްޔިތުންގެ މަޖިލީހުން ހޮވާ މީހެއްގެ ގޮތުގައި އޮތަސް އަންނާނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހާ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖްލިސް ފެންނަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޝަމީމްގެ ބްލޮގްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ މިނިވަން މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުން، ޙައްޤުން ކަމަކާ ނުލައި ވަކިކުރުމުގެ ސަގާފަތަށް ވެސް މި ނިޒާމުގެ ތެރެއިން ބަދަލު އަންނާނެ އެވެ. އަދި  ކޮމިޝަނަރު ވަކި ކުރެވޭނީ، އޭނާ އިންޓަވިއުގައި ހުށަހެޅި ޕްރޮޕޯޒަލުގައި ހުރި ކަންތައްތަކުގެ ތެރެއިން ނުކޮށް ދޫކޮށްލި، ނުވަތަ ކާމިޔާބު ނުކުރެވުނު ވަކި ކަމެއް ދެއްކުމަށް ފަހު، އެކަމާބެހޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު ކަމަށް ވާންވާނެކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. 

ޝަމީމް ވަނީ  މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާން ބޭނުންނަމަ އަދި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުން ނަތީޖާ ނެރެން ބޭނުންނަމަ، ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާގެ އަލީގައި، މަތީގައި އޮތް ގޮތަށް ނިޒާމު ބަދަލުކޮށްގެން ނަތީޖާ ނެރެވިދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއަލީ ހުސައިންހުސެން ޝަމީމްކަރަޕްޝަން

އިތުރަށް ކިޔާލަން

25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
21 މެއި 2026

ޝަމްއާނަށް ޙުކުމް ކުރުމުގެ އަޑުއެހުން ދިފާއުން އެދިގެން ކެންސަލްކޮށްފި

21 މެއި 2026
ޝަމްއާނަށް ޙުކުމް ކުރުމުގެ އަޑުއެހުން ދިފާއުން އެދިގެން ކެންސަލްކޮށްފި
19 މެއި 2026

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!

19 މެއި 2026
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
16 މެއި 2026

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު