Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުއިއްޒުގެ ވެރިކަން

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަނީ އެހެން ފަރާތްތަކުގެ ބަސް ނާހައި ޚުދުމުހުތާރުކޮށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ތުހުމަތު ކުރައްވައިފި. މައުރޫފް ވިދާޅުވީ މި ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ބާރުތައް ހިފަހައްޓައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ތެރެއިންނާއި ބޭރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 04:36
ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރް

ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރް | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްކަމަށާއި، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.  

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރައީސް މުއިއްޒު އަކީ އެއްވެސް ވަރަކަށް އެހެން ބޭފުޅުން ދައްކަވާ ވާހަކަ އަޑު އައްސަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެހެނިހެން އިދާރާތަކާއި މިނިވަން މުއައްސަސާތަކަކަކީ އެ ތަންތަނަށް ލިބިގެންވާ ވަކި ބާރުތަކެއް ހުރި ތަންތަން ކަން ޤަބޫލުކޮށް ބާރުތައް ދޫކޮށްލުމަކީ ރައީސް މުއިއްޒު އަށް ކުރެވޭ ކަަމަކަށް ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. ވުޒާރާތައް ވެސް ހިންގަވަމުން ގެންދަވަނީ ޚުދުމުހުތާރުކަމާއި އެކު އެވަގުތަކު ރައީސް ބޭނުންފުޅުވާ ގޮތަކަށް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"ކެބިނެޓަށް ގެންނެވި ބަދަލު. ވަރަށް ބޮޑަށް ރައްޔިތުންގެ ބަސް އަހާ ބަދަލުތަކެއް ގެނައި ކަމަށް ދައްކަން ކުރި ކަމެއް. ކާކު ބުނެގެން ކާކު  ބޭނުން ވެގެން ގެނައި ބަދަލެއްތޯ އެއީ؟" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ވާދަވެރިންނާއި، ޚިޔާލުފާޅުކުރުން ވެސް އެއްކޮށް ނައްތާލަން ކަމަށެވެ. ޚިޔާލުފާޅުކުރުމުން އަދަބު ދެވޭ ގޮތަށް ޤާނޫނުތައް ހަދައިގެން އާއްމުން ފިއްތުމަށް މަސައްކަތް ކުރަނީ އެހެންވެގެން ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. 

އިތުރަށް ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ސަރުކާރުން ކުރަމުންދާ ނެއެއްގާނީ ކަންކަމާއި މެދު ޖަވާބުދާރީކުރުވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި ބޮޑު އެއްވުމެއް ބޭއްވުމަކީ މި ސަރުކާރު ބަލި ކުރެވިދާނެ ކަމަށް އާއްމުންނަށް ބޮޑު އުންމީދެއް ލިބިގެން ދިޔަ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. މީގެ އިތުރުން ނިމިދިޔަ ކައުންސިލް އިންތިޚާބާއި ދިމާކޮށް ވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

އަދި ރައްޔިތުން ތިބީ މި ސަރުކާރާއި އެކު ނޫންކަން ވޯޓު ކަރުދާސް ލިބޭ ކޮންމެ ފަހަރަކު އާއްމުން އަންގަމުންދާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރު20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު