Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ބަދަލުހިފުމުގެ ރޫހުގައި މަސައްކަތްކުރާނަމަ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ނުވާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ. ޕާޓީގެ ކަންކަން ނިންމުމުގައި އިންތިޚާބު ކުރެވިފައިވާ ގައުމީ މަޖިލީހުގެ ދައުރު ބޮޑުކުރަންޖެހޭކަން ފާހަގަކުރައްވައި، ވަކި ބަޔަކު އިސްކުރުމުގެ ބަދަލުގައި ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި. މޫސަ އިތުރަށް ގޮވާލެއްވީ އެތެރޭގެ ތަޅާފޮޅުންތައް ހުއްޓާލައި، ގުޅިގެން މަސައްކަތް ކުރުމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 މެއި 2026 | ހޯމަ 07:15
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު | ރާއްޖެއެމްވީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި މިހާވަރަށް މަސްލަހަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި މިހާވަރަށް މަސްލަހަތު ގޯސްވެގެންދާ މަންޒަރު މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ދައުލަތާއި ސަރުކާރު ހިންގުމުގައި އިންތިޚާބު ކުރެވިފައި ތިބޭ މީހުން ތިބެންޖެހޭނެ ކަމަށް ވަކާލާތުކުރާ ޕާޓީއަކަށްވާއިރު، ޕާޓީގެ އެތެރޭގެ މަގާމުތަކުގައިވެސް ތިބެންޖެހޭނީ އާންމު މެންބަރުން އިންތިޚާބުކޮށްފައި ތިބޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ލީޑަޝިޕްގެ ތެރެއަށް ވަކި ބަޔަކު ނެގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައިވާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން ބައިތިއްބައިގެން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ކުރީގެ ޗެއާޕާސަނުންނާއި އެކި މީހުން ވަކިވަކިން ނަގާނަމަ، އެންމެންނަށް އެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އަބަދުވެސް ބުނަމުން ގެންދިޔައި ދައުލަތް ހިންގަންވެސް އަދި ސަރުކާރު ހިންގަންވެސް ތިބެންޖެހޭނީ އިންތިޚާބު ކުރެވިފައި ތިބޭ މީހުންނޭ، އެ އަސާސް އެމްޑީޕީން މިއޮއް ހުރިހާ ދުވަހަކު ހިފަހައްޓައިގެން މި އަންނަނީ، އެހެންވީއިރު އެމްޑީޕީގެ އެތެރޭގައިވެސް ހަމަ ތިބެންޖެހޭނީ އިންތިޚާބު ކުރެވިފައި ތިބި މީހުން. ދެން އިންތިޚާބު ކުރުމުގައި އަޅުގަނޑުމެންނަށް މި ފަހުން އައިސް ކުރެވުނު ގޯސް ކަމަކުން ކަންނޭނގެ މި އުޅެނީ މިކަން ދިމާވެގެން، ޕާޓީގެ ޤައުމީ މަޖިލިސް އެއީ އިންތިޚާބު ކޮށްފައި ތިބި މީހުންތަކެއް، އެމީހުންގެ މެދުގައި ވާހަކަ ދެކެވިގެން އެއްބަސްވެގެން ކަންކަން ނުނިންމޭވަރުގެ ބަޔަކު ދެން މިވަރުގެ ޕާޓީއަކާ ޙަވާލުވެގެން ތިބީމާވެސް ކަމަކު ނުދާނެހެން އަޅުގަނޑަށް ހީވަނީ، އެމީހުންނަށް ނުނިންމިގެން އެބަ ނަގާ އަނެއްކާ ލީޑަރުންގެ ބައެއް، މިސާލަކަށް ލީޑަރުންގެ ބަޔަކު ނެގިއިރު ރާއްޖޭގެ ވެރިކަން ކޮށްފައި ތިބީމާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުއާ ރައީސް ނަޝީދުއާ ބަހައްޓައިގެން މަސައްކަތް ކޮށްގެން ތިބުމަކީ އަޅުގަނޑަށްވެސް ރަނގަޅު ކަމެއް، ނަމަވެސް ކުރީގެ ޗެއަރޕަރސަން ކަން ކޮށްފައި ތިބި މީހުންނާ، އެކި މީހުން ނަގަންޏާ އެންމެން ނަގަންވީ.

މޫސަ އިތުރަށް ވިދާޅުވީ މިހާރު ކަންކަން ވަމުންދާ ގޮތުން އެމްޑީޕީއަކީ ވަކި ބައެއްގެ މައްޗަށް އޮންނަ ޕާޓީއެއްގެ ގޮތުގައި އާންމު މެންބަރުންނަށް ސިފަވަމުންދާ ކަމަށެވެ. މިކަމުގެ ހައްލަކީ މިހާރުން މިހާރަށް ޕާޓީގެ ގައުމީ މަޖިލިސް ބާއްވައި، އިންތިޚާބު ކުރެވިފައި ތިބި މެންބަރުންގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމީ މަޖިލީހަކީ އިންތިޚާބުކޮށްފައި ތިބި ބަޔަކަށްވާއިރު، އެ މީހުންނަށް ކަންކަން ނުނިންމިގެން އިތުރު ލީޑަރުންތަކެއް ނަގަންޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ޕާޓީގެ ތެރޭގައި މިހާރު އޮތް ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ، މިހާރު ފެންނަނީ ދެ ފަރާތުންވެސް ބަދަލުހިފުމުގެ ރޫހެއްގައި މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. މިފަދަ ރޫހެއްގައި ޕާޓީގެ ކަންކަން ކުރިއަށްދާނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ އިންޒާރުވެސް މޫސާ މަނިކު ވަނީ ދެއްވާފައެވެ.

 ޕާޓީގެ އާންމު މެމްބަރުންނަށްވެސް މި ދައްކައިދެނީ އެމްޑީޕީއަކީ ވަކި ބައެއްގެ މައްޗަށް އޮންނަ ޕާޓީއެކޭ، އޭގެ ބަދަލުގައި އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ގޮތަކަށް ވާނީ މިހާރުން މިހާރަށް ޤައުމީ މަޖިލިސް ބާއްވާފައި ޤައުމީ މަޖިލީހުން އިންތިޚާބު ކުރެވިފައި ތިބި މީހުން ކަންކަން ކުރުން، ޤައުމީ މަޖިލީހުގައިވެސް ތިބެންޖެހޭނީ އެމްޑީޕީގެ އާންމު މެމްބަރުން އިންތިޚާބު ކޮށްފައި ތިބޭ މީހުންކަމަށް އަޅުގަނޑު ދެކެނީ. މިހާރު މި ފެންނަނީ ދެފަރާތުންވެސް ބަދަލު ހިފުމުގެ ރޫހުގައި އުޅޭތަން، އެހެން އުޅެގެން 2028 ގެ އިންތިޚާބުވެސް ކާމިޔާބެއް ނުވާނެ.

ޖުމުލަ ގޮތެއްގައި މޫސަ ވަނީ އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުމަށް ޖާގަ ނުދީ އެތެރޭގެ އިންތިޚާބުތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފަ. އަދި ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް މޫސަ ވަނީ ފާހަގަ ކުރައްވާފަ.

 

 

އެމްޑީޕީމޫސާ މަނިކުއިބްރާހީމް މުޙައްމަދު ސޯލިޙުކުރީގެ ރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

25 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026
އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި

އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި

23 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު