Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ލިންކް ރޯޑު

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު: އިތުރު 6 މަސް ފަހުން މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އާރްޑީސީ އިން ފަށައިފި

އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، މަގު ފުޅާކުރުމަށްޓަކައި ގަސްތައް ނެގުމުގެ މަސައްކަތް އާރްޑީސީން މިހާރު ވަނީ ފަށާފަ. މި މަޝްރޫއުގެ ދަށުން 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، އައްޑޫގެ އެކި މަގުތަކުގައި ޖުމްލަ 67.58 ކިލޯމީޓަރުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފަ. މަސައްކަތް ލަސްވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި މަޝްރޫއު އެއްކޮށް ނިންމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 މެއި 2026 | ހޯމަ 06:40
އައްޑޫ ސިޓީ ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.

އައްޑޫ ސިޓީ ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. | އާރްޑީސީ

މިދިޔަ 2025 ވަނަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރި އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އޭގެ 7 މަސް ފަހުން ނޮވެމްބަރުގައި ފަށާފައިވާ ކަމަށް އިއުލާނު ކުރުމަށް ފަހު އޭގެ އިތުރު 6 މަސް ފަހުން މަޝްރޫއު ގެ ބޭނުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވާފައިވާއިރު 2 އަހަރު ފާއިތުވެގެން ދިޔައިރު ވެސް މަގުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މިނިސްޓަރު މުއްތަލިބާ އެ ސުވާލު ކުރެވުނު ނަމަވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެކިފަހަރުމަތިން ތަކުރާރުކޮށް އެ ސުވާލު މެންބަރުން ކުރެއްވި އިރު މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. 

މި މަސައްކަތް ނުފަށާ އެތައް ދުވަހެއް ފާއިތުވެފައިވާއިރު ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދު ތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް މިހާރު ގެންގޮސްފައިވާ ކަމަށް އާރްޑީސީ ވަނީ އިން ދައުލަތުގެ މީޑިއާގައި ބުނެފަ އެވެ. 

ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.

2028 ގެ ކުރިން، މި މަޝްރޫއު ނިންމަން އަމާޒު ހިފާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މިމަގު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިވެފަ އެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ.

އައްޑޫ ލިންކް ރޯޑުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންޑރ. އަބްދުﷲ މުއުޠްޠަލިބު

އިތުރަށް ކިޔާލަން

04 މެއި 2026

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

04 މެއި 2026
ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
23 އެޕްރީލު 2026

18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

23 އެޕްރީލު 2026
 18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
15 އެޕްރީލު 2026

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު