Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީމަގު މަރާމާތު ކުރުން

ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އަމީނީ މަގުގައި އަލުން ތާރު އަޅަނީ

އަމީނީމަގުގެ ހުޅަނގު ފަރާތުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރުމަށް އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާތީ އެ ސަރަހައްދު އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފަ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރުގެ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދުމަށް ސަރުކާރުން ނިންމާފައިވާއިރު، މި މަސައްކަތް ކުރިއަށްދާނީ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން. ބަރު އުޅަނދުތައް ގިނައިން ދަތުރުކުރާ މި މަގުގެ ތާރުގަނޑު މީގެ ކުރިން މަރާމާތުކުރި ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 11 އެޕްރީލު 2026 | ހޮނިހިރު 10:57
އަމީނީ މަގުގައި އެެންމެ ފަހުން ތާރު އެޅި ސަރަހައްދު: މި ސަރަހައްދު މިހާރު ވަނީ މަގު ބޭނުންކުރާ ފަރާތްތަކަށް ނުރައްކާވާ މިންވަރަށް ހަލާކުވެފަ

އަމީނީ މަގުގައި އެެންމެ ފަހުން ތާރު އެޅި ސަރަހައްދު: މި ސަރަހައްދު މިހާރު ވަނީ މަގު ބޭނުންކުރާ ފަރާތްތަކަށް ނުރައްކާވާ މިންވަރަށް ހަލާކުވެފަ | އާރްޑީސީ

މާލޭގެ އަމީނީމަގުގެ ހުޅަނގު ފަރާތުގައި އަޅާފައިވާ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެ ސަރަހައްދުގެ ތާރުގަނޑު އެއްކޮށް ނަގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިން ބޭރުން ޚާއްސަ ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޒީމް ވިދާޅުވީ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން އަމީނީ މަގުގެ ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ފެށުމަށްޓަކައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި މުޅި މަގުގެ މަސައްކަތް ނިންމާލާފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84.4 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މަގު ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާރުގަނޑަށް ވަނީ އެކި މައްސަލަތައް ދިމާވާން ފަށާފައެވެ.

ޚާއްސަކޮށް ފުޑްކޯޓުތައް ހުންނަ ސަރަހައްދުގެ ތާރުގަނޑު ރާޅުބާނި ތަކެއްހެން އުފުލުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފަ އެވެ. އެކަން ހައްލުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރުން މަރާމާތުގެ މަސައްކަތްތަކެއް ކުރި ނަމަވެސް، އަނެއްކާވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މަގުގެ ދެ ފަރާތުން ތާރުގަނޑު އެކި ގޮތްގޮތަށް އުފުލިފައި އޮތުމުގެ ސަބަބުން، އެ މަގުން ދަތުރުކުރާ އާންމުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، މިއީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފާނެ ކަމެއްގެ ގޮތުގައި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 އަމީނީ މަގުގެ މަރާމާތުގެ މަސައްކަތް އަލުން ފެށުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އަމީނީ މަގުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިބްރާހިމް ނަޒީމްމާލެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ބަދަލުތަކަކާ އެކު މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

11 އެޕްރީލު 2026
ބަދަލުތަކަކާ އެކު މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ
09 އެޕްރީލު 2026

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

09 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ
07 އެޕްރީލު 2026

ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

07 އެޕްރީލު 2026
ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
06 އެޕްރީލު 2026

އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހު ވަކިކޮށްފި

06 އެޕްރީލު 2026
އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހު ވަކިކޮށްފި
05 އެޕްރީލު 2026

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު