Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. އިހަވަންދޫ

އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

ފަވާޒު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ ދީފައިވާ ކަމަށް. ނަމަވެސް، ސަރުކާރުގެ މި ނުފޫޒުތަކާއެކު ވެސް އިހަވަންދޫގެ ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެ، އިންތިޚާބުތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފައި. މި ނަތީޖާއަކީ ރަށުގެ ތަރައްގީ ހުއްޓުވައި ރައްޔިތުންނަށް ދަތިކުރުމުގެ ނަތީޖާ ކަމަށް ވެސް ފަވާޒު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 06:55
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ހއ. އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ހއ. އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބާ ގުޅިގެން ހއ. އިހަވަންދޫގައި ވެސް ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، މިހާރު ގާތްގަނޑަކަށް ފެނަކައިގައި 160 މުވައްޒަފުން އެބަތިބި ކަމަށް އެރަށު ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަވާޒު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ތިން އިންތިޚާބު ކާމިޔާބު ކުރުމަށް މުޅި ދައުލަތް ބޭނުންކުރި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ފެނަކަ، އާރްޑީސީ އަދި ވެމްކޯ އަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން އެބަތިބި ކަމަށެވެ. 

ފުރަތަމަ 14 ވަޒީފާއެއް ފެނަކައަށް. އެއަށްފަހު އިތުރުވަމުން އިތުރުވަމުން ގޮސްފައި ފެނަކައަށް ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން 50 މީހުން ފެނަކައަށް އެކަނި އިންތިޚާބާ ގުޅިގެން ވެއްދި. އާރްޑީސީއަށް ވެސް ގާތްގަނޑަކަށް 15 ވަރަކަށް މުވައްޒަފުން ވެއްދި. އަދި ވެމްކޯއަށް ވެސް މީހުން ނެގި. މިއީ ހަމަ ނުފޫޒު. މިހުރިހާ ނުފޫޒެއް އޮތް މި އިންތިޚާބުގައި ވެސް. އަދި އޭގެ އިތުރަށް ރިޝްވަތުގެ ފައިސާ ވެސް ބެހި. ދެން ހަމަ އާސަންދަ އާއި ދެން ހަމަ ދައުލަތުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރި. އެހެންނަމަވެސް ރައްޔިތުން މިއޮތީ ނޫނެކޭ ބުނެފައި. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިހަވަންދޫގެ ގިނަ ރައްޔިތުން ނުރުހޭކަން ފާހަގަކުރައްވައި ފަވާޒު ވިދާޅުވީ، ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އެންމެ ގޮނޑިއެއް ވެސް ސަރުކާރަށް ނުލިބޭ ކަމަށާއި، މެޖޯރިޓީ ލިބުނީ އެމްޑީޕީއަށް ކަމަށެވެ. އަދި ރިފެރެންޑަމް އަށް އެރަށުގެ 75 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަވާޒު ވިދާޅުވީ މިއީ އެރަށުގެ ތަރައްގީ ހުއްޓުވައި، ރައްޔިތުންނަށް ދަތިކުރުމުގެ ނަތީޖާ ކަމަށެވެ. 

އަލީ ފަވާޒުފެނަކައާރްޑީސީވެމްކޯހއ.އިހަވަންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އިހަވަންދޫގެ ތަރައްގީ ހުއްޓި، ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި!

އިހަވަންދޫގެ ތަރައްގީ ހުއްޓި، ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި!

18 އެޕްރީލު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ

މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ

17 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

13 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު