Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދ.ކުޑަހުވަދޫ

ކުޑަހުވަދޫގެ ތަރައްގީ ވަނީ ހުއްޓިފައި، 2024 ވަނަ އަހަރު ބިންގާ އެޅި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ: ޝާތިރު

ކުޑަހުވަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް 2024 ވަނަ އަހަރު ބިންގާ އެޅި ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ޝާތިރު ވަނީ ކަންބޮޑުވުންފާޅު ކޮށްފައި. ހޮސްޕިޓަލުގެ އިތުރުން ބަނދަރު އަޕްގްރޭޑް ކުރުމާއި މަގު ހެދުމުގެ މަޝްރޫއުތައް ވެސް ހުއްޓިފައިވާކަން ފާހަގަކުރައްވައި ޝާތިރު ވިދާޅުވީ މި ސަރުކާރުން ވައުދުތައް ފުއްދާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް. މި މަޝްރޫއުތަކަކީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ކަމުގައިވީ ނަމަވެސް، މިހާރު ފެންނަނީ މަސައްކަތްތައް މުޅިން މަޑުޖެހިފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 08:57
ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ.

ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދ. ކުޑަހުވަދޫގެ ރައްޔިތުން އެންމެ އެދޭ އެއްކަމަކީ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެރަށުގައި ގާއިމްވެގެން ދިއުން ކަމަށާއި، ނަމަވެސް މިސަރުކާރުގައި މިކަން ކުރެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ޝާތިރު ވަނީ ކުޑަހުވަދޫގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި، މިފަހުން ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކުޑަހުވަދޫގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ ރަނގަޅު ސިއްހީ ޚިދުމަތް ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމަށާއި، 50 އެނދުގެ ޒާމާނީ ހޮސްޕިޓަލެއް ގާއިމް ކުރަން ބޭނުންވާ ކަމަށެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހޮސްޕިޓަލުގެ ބިންގާ އެޅި ނަމަވެސް މިއަދާ ހަމައަށް މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަރުކާރުގައި މި ހޮސްޕިޓަލް އެޅޭނެ ކަމާމެދު އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. 

ކުޑަހުވަދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްކަމަކީ އެމްޑީޕީ ސަރުކާރުގައި ވެސް މަސައްކަތް ކުރަމުން އައި އެކި ގޮތްގަތަށް މަސައްކަތް ކުރަމުން އައި 50 އެނދުގެ ހޮސްޕިޓަލެއް ހުޑަހުވަދޫގައި އިމާރާތް ކުރުމަށް. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެ ހޮސްޕިޓަލް ގެ ބިންގާ އެޅި ރައީސް މުއިއްޒު ވަޑައިގެން. އެއީ ބިންގާ އަޅާފައި އެ ދުވަހު އެރޭގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކޮށް ވިދާޅުވި ވާހަކަ މުހުސިން ބައްލަވާ ރައީސް އޮފީހުގެ ވެބްސައިޓްގައި ހުންނާނެ. އިރާދަކުރެއްވިއްޔާ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް މިފެށުނީއޭ. ބާރު ސްޕީޑްގައި ގޮސް ހޮސްޕިޓަލް ނިންމާލަދޭނަމޭ. އެއީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަސް. 
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ކުޑަހުވަދޫ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށާއި، ޑައަލިސިސް ޚިދުމަތާއެކު، ޚިދުމަތްތައް އިތުރުކުރާނެ ކަމަށެވެ. އަދި ހޮސްޕިޓަލް އާ އިމާރާތް ވެސް އަޅާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. 

މީގެ އިތުރުން ޝާތިރު ވަނީ އެރަށުގައި ހިނގާ އެހެން މަޝްރޫއުތަކަށް ވެސް އަލިއަޅުއްވާލަފަ އެވެ. 

ޝާތިރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ކަމަށާއި، މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލިސް އިންތިޚާބާއި، މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކަމަށެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފޭސް-2 ގެ މަޝްރޫއު 2024 ވަނަ އަހަރު ސޮއި ކުރި ނަމަވެސް މިއަދާ ހަމައަށް އެންމެ މަގެއް ހެދުމުގެ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ޝާތިރު ވިދާޅުވީ ރަށުގެ ތަރައްގީ ހުއްޓިފައި އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވައުދުފުޅަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށާއި، ވައުދު ފުއްދާނެ ބޭފުޅެއް ނޫންކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ.

ޝާތިރު އަބްދުއްރަހްމާންދ.ކުޑަހުވަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

31 ޖެނުއަރީ 2026
ނިލަންދެއަތޮޅު ދެކުނުބުރީ ''ވައްލަ'' އަކީ އެއަތޮޅުގެ ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ނިލަންދެއަތޮޅު ދެކުނުބުރީ ''ވައްލަ'' އަކީ އެއަތޮޅުގެ ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

21 އޯގަސްޓު 2025
ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު ޢިމާރާތާއި، މާއެނބޫދޫ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު ޢިމާރާތާއި، މާއެނބޫދޫ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

08 އޯގަސްޓު 2023
އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްފި

އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްފި

07 އޯގަސްޓު 2023
ރައީސް، ކުޑަހުވަދޫ ރައްޔިތުންނަށް ދެއްވީ މަޑުޖެހި ހުއްޓިފައިހުރި މަސައްކަތްތަކާއެކު އައު ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން

ރައީސް، ކުޑަހުވަދޫ ރައްޔިތުންނަށް ދެއްވީ މަޑުޖެހި ހުއްޓިފައިހުރި މަސައްކަތްތަކާއެކު އައު ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން

07 އޯގަސްޓު 2023

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު