Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ސައުދީ އަރަބިއްޔާ

ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި

ހުއްދަނެތް ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށާއި ހުރިހާ މުޢާމަލާތްތައް ރަސްމީ ޕްލެޓްފޯމް މެދުވެރިކޮށް ކުރުމަށް މިނިސްޓްރީން އިލްތިމާސްކުރޭ.

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 05:59
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ތެރެއިން މާތްވެގެންވާ ގެފުޅުގެ ވަށައިގެން މުސްލިމުން ތަވާފް ކުރަނީ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ތެރެއިން މާތްވެގެންވާ ގެފުޅުގެ ވަށައިގެން މުސްލިމުން ތަވާފް ކުރަނީ | ގެޓީ އިމޭޖަސް

ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން، 2026 ވަނަ އަހަރުގެ ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ "ނުސުކް ހައްޖު" (Nusuk Hajj) ޕްލެޓްފޯމް މެދުވެރިކޮށެވެ. މި މަރުހަލާގައި، ޝަރުތުހަމަވާ ޤައުމުތަކުގެ ހައްޖާޖީންނަށް އެކި ފެންވަރުގެ ޕެކޭޖުތަކާއި، އޭގައި ހިމެނޭ ޚިދުމަތްތަކާއި އަގުތައް އަޅާކިޔައި، އެންމެ ބޭނުންވާ ފަސް ޕެކޭޖެއް އިސްކަންދޭ ތަރުތީބުން އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފިޔަވަޅުގެ މަޤްޞަދަކީ ރަސްމީކޮށް ބުކިންގް ހެދުމުގެ މަރުހަލާ ފެށުމުގެ ކުރިން، ހައްޖާޖީންނަށް މަޢުލޫމާތު ފުރިހަމަ އަށް އެނގި ތިބެ ގޮތް ނިންމުމަށް އެހީތެރިވުމާއި، ޚިދުމަތް ދޭ ފަރާތްތަކަށް ކުރިއަށް އޮތް މޫސުމަށް ތައްޔާރުވުމަށް ބޭނުންވާ މަޢުލޫމާތު ކުރިއާލައި ފޯރުކޮށްދިނުމެވެ.

މި ޕްލެޓްފޯމުގައި ހިމެނޭ ޑިޖިޓަލް ވަސީލަތްތަކުގެ ތެރޭގައި ޕެކޭޖުތައް އަޅާކިޔުމާއި، ޑިމާންޑް ހުރި ގޮތް ބަލާލުމާއި، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އިތުރުން، ރަސްމީކޮށް ހުއްދަދީފައިވާ ޚިދުމަތްދޭ ފަރާތްތަކުގެ ލިސްޓު ބަލާލުމުގެ ފުރުސަތު ތަނަވަސް ކުރުމެވެ.

ހައްޖަށް ދާން އެދޭ ފަރާތްތަކުން ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށާއި، އަމިއްލަ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި އާއިލާގެ މެންބަރުންނާއެކު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން އެއް އެޕްލިކޭޝަނެއްގެ ދަށުން އެ މެންބަރުން އިތުރުކުރުމުން، މަޢުލޫމާތު ކަށަވަރުކުރުމާއި ހުއްދަ ދިނުމުގެ ކަންކަން އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން އަލުން ހަނދާންކޮށްދީފައިވާ ގޮތުގައި، "ނުސުކް ހައްޖު" އަކީ ޑައިރެކްޓް ހައްޖު ޕްރޮގްރާމްގެ ދަށުން ހިމެނޭ ޤައުމުތަކަށް ހައްޖުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ހަމައެކަނި ރަސްމީ އަދި ހުއްދަދެވިފައިވާ ޕްލެޓްފޯމެވެ. އެހެންކަމުން، ހުއްދަ ނެތް ނުވަތަ އެކްރެޑިޓް ކޮށްފައި ނުވާ އެއްވެސް ފަރާތަކާއެކު މުޢާމަލާތް ނުކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

ހައްޖާޖީންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ކަންކަން ރަނގަޅު ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ފައިސާގެ މުޢާމަލާތްތަކާއި ބުކިންގްތައް ނިންމަންވާނީ ހަމައެކަނި މި ޕްލެޓްފޯމް މެދުވެރިކޮށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި ނިންމުމަކީ ހަމައެކަނި "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގައި ހިމެނޭ ޤައުމުތަކަށް އަމާޒުކޮށްފައިވާ ނިންމުމެކެވެ. އެހެން ޤައުމުތަކުގައި ހައްޖުގެ ކަންކަން ކުރިއަށްދާނީ އެ ޤައުމެއްގެ ކަނޑައެޅިފައިވާ ރަސްމީ އުސޫލުތަކާއި ޤަވާއިދުތަކުގެ ތެރެއިންނެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް Nusuk.sa އަށް ޒިޔާރަތްކުރެއްވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރަޖިސްޓްރީވުމާއި މަޢުލޫމާތު އަދާހަމަކުރުމަށް Hajj.nusuk.sa ބޭނުންކުރެވޭނެ އެވެ.

ސަޢޫދީ ޙައްޖު މިނިސްޓްރީޑައިރެކްޓް ހައްޖު ޕްރޮގްރާމްނުސުކް ހައްޖުހައްޖު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު